154 ވަނަ ފިލާވަޅު : ރޯދަ ޤެއްލޭ އަދި ނުޤެއްލޭ ޒަމާނީ މައްސަލަތައް (ފުރަތަމަ ބައި)

(1)ދަލީލުގެ ގޮތުން ބަލާއިރު ހަށިގަނޑުގެ ތަންތަނަށް (ސަރަހައްދުތަކަށް) ދާ ކާތަކެތީގެ ތެރެއިން ރޯދަ ޤެއްލޭނީ ހަމައެކަނި މައިދާއަށް (ބަނޑަށް) ދާ ތަކެތީގެ ސަބަބުންނެވެ. ހަށިގަނޑުގެ އެހެން ތަނަކަށް (މައިދާ (ބަނޑު) ނޫން) ދިއުމުން ރޯދަ ނުޤެއްލޭނެއެވެ.
(2)އަސްތަމާ އިންހެލާ ( Asthama inhaler ) ނޭވާ އުދަނޤޫ ކުރާތީ ބޭނުންކުރާ އެއްޗެއް ރަމަޟާންމަހު ދުވާލުގެ ވަޤުތުގައި ބޭނުންކޮށްފިނަމަވެސް ރޯދައެއް ނުޤެއްލޭނެ :
(3) nuދިރުވާ ދުލުގެ ދަށަށް ލާފައިވާ ބޭސްގުޅަތައް ( ) އެބޭސްތައް ވަރަށް އަވަހަށް ވިރިގެންދެއެވެ. މީގެ ސަބަބުން ރޯދަ ނުޤެއްލޭނެއެވެ..އޭގެ ސަބަބުން އެގުޅަތަކުގެ އަޘަރު ލެޔަށް ގޮސް ، މީގެ ސަބަބުން ހާރޓް އެޓޭކް ފަދަ ކަންތައްތަކުން ސަލާމަތްވުމަށް އެހީތެރިވޭ ( ﷲ ގެ ތައުފީޤާއިއެކު ) ..އެ ބޭސްތަކުގެ އަޘަރު ބަނޑަށް ވާސިލެއްނުވާނެއެވެ. (ޝަރުޠަކީ ކަރުގެ ތެރެއަށް އެތަކެތި ދުރުވައިނުލުމެވެ.)
(4) އާއްމުކޮށް ކައިނުބޮއި ނަހަދާ ތަކެތި (މީޝާލު : ދަގަނޑުކޮޅެއް ، ގާކޮޅެއް ،…) ބަނޑަށް ވާޞިލްވެއްޖެނަމަ ރޯދަ ޤެއްލޭނެތޯ ޚިލާފު އުފެދިފައެވެ… ■ ޤާތް ގޮތަކީ ރޯދަ ޤެއްލޭނީ ހަމައެކަނި ކައިބޮއި ތަކެތި ބަނޑަށް ވާޞިލުވުމުންނެވެ .. (އެހެންނަމަވެސް އެންމެ ރައްކާތެރި ގޮތަކީ ފުރަތަމަ ބަސްފުޅެވެ :: އާއްމުކޮށް ކައިބޮއި ނަހަދާ ތަކެތި ބަނޑަށް ވާޞިލުވިޔަސް ރޯދަ ޤެއްލުމެވެ.)
(5)ބަނޑުގެ އެތެރެ ބެލުމަށްޓަކައި ކެމެރާ ބަނޑުތެރެއަށް ވާޞިލުކުރުމުން ( Endoscopy ) ރޯދަ ޤެއްލޭނެތޯ :: މިޒަމާނުގެ ޢިލްމުވެރިންގެ މެދުގައި ޚިލާފު އުފެދިފައިވެއެވެ■ ގާތް ގޮތަކީ ހަމައެކަނި ރޯދަ ޤެއްލޭނީ ހަމައެކަނި އާއްމުކޮށް ކައިބޮއި ތަކެތި ބަނޑަށް ވާޞިކުރުމުންނެވެ. (އެހެންކަމުން ޤާތް ގޮތަކީ ދަލީލުގެ ގޮތުން މިހާލަތުގައި ރޯދަ ނުޤެއްލުމެވެ.) އެހެންނަމަވެސް އެންމެ ރައްކާތެރި ގޮތަކީ ފުރަތަމަ ބަސްފުޅެވެ :: އާއްމުކޮށް ކައިބޮއި ނަހަދާ ތަކެތި ބަނޑަށް ވާޞިލުވިޔަސް ރޯދަ ޤެއްލުމެވެ.) : މިހާލަތުގައި ރޯދަ ޤެއްލުމެވެ)
(6)ނޭފަތަށް ޖަހާ ބޭސްތިކީގެ ( Nose drops) ސަބަބުން ރޯދަ ޤެއްލޭނެތޯ މިޒަމާނުގެ ޢިލްމުވެރިންގެ މެދުގައި ޚިލާފު އުފެދިފައިވެއެވެ. (1) ގިނަ ފިޤްހު ޢިލްމިވެރިން ދެކެލައްވާ ގޮތުގައި ރޯދަ ޤެއްލޭނެއެވެ. އަދި (2) ބައެއް ފިޤްހު ޢިލްވެރިން ދެކެލައްވާގޮތުގައި ރޯދަ ނުޤެއްލޭނެއެވެ. ■ ތިމަންނަަައަށް ( މުއައްލިފު) ފާޅުވާ ގޮތަކީ ރޯދަ ނުޤެއްލޭނެކަމެވެ.
(7)އޮކްސިޖަން (ނޭވާލަން އުނދަަޤޫވީމައި އޮކްސިޖަން ބޭނުންކޮށްގެން ނޭވާލުން) މީގެ ސަބަބުން ރޯދައެއް ނުޤެއްލޭނެއެވެ. އެހެނީ އިންސާނާ ނޭވާ ލަނީއެވެ. ރޯދަ ޤެއްލޭ ސަބަބެއް ނެތެވެ.
(8)ނޭފަތަށް ޖަހާ ސުޕްރޭ ( Nasal sprays) (ބޮލާއި މޫނުގެ ކަށިތަކުގެ ތެރޭގައި ހެދިފައިވާ ހޮއިގެ އެތެރޭ ދުލިފަށް ދުޅަވެ ދަވަހެދޭ ހެދުމުން ސަލާމަތްކުރުމަށް ނުވަތަ ނޭފަތަށް ފަރުވާކުރުމަށް) ނޭފަތަށް ޖެހުމުން ރޯދައެއް ނުޤެއްލޭނެ.
(މައުލޫމާތު ނެޤިފައިވަނީ : المفطرات الصيام المعاصرة ( މިޒަަމާނުގެ ރޯދަ ޤެއްލޭ ކަންތައްތައް ) ، އުސްތާޛު .ޑރ އަޙުމަދު ބުން މުޙަަައްމަދުލް ޚަލީލު)
والله أعلم