ދީން

150 ވަނަ ފިލާވަޅު: ރަމަޟާންމަހު ރޯދަ ހިފުމުގެ ޙުކުމް އަދި ރޯދަނުހިފައި ދޫކޮށްލުމުގެ ޙުކުމް 

(1)ރަމަޟާންމަހު ރޯދަ ހިފުމަކީ ފަރުޟެކެވެ. އަދި އިސްލާމްދީނުގެ ރުކުންތަކުގެ ތެރެއިން ރުކުނެކެވެ.

(ރަމަޟާންމަހު ރޯދަ ހިފުމަކީ ފަރުޟެއްކަމަށް މުސްލިމުންގެ އިއްތިފާޤު ނަޤުލްކުރެވިފައިވެއެވެ.)

(2)ރަމަޟާންމަހު ރޯދަ ހިފުމަކީ ފަރުޟެއްކަމަށް އިންކާރުކުރާނަމަ ، އެއީ ކުފުރުގެ ޢަމަލެކެވެ. (އިންސާނާ އިސްލާމްދީނުން ބޭރުވާފަދަ ޢަމަލެކެވެ.): މުސްލިމުންގެ އިއްތިފާޤު. :: އަލް ކަސާނީ ނަޤުލްކުރައްވާފައިވެއެވެ.

(3)ޤަސްދުގައި ، ފަރުވާކުޑަކަމުގެ ސަބަބުން ރަމަޟާންމަހުގެ ރޯދައެއް ދޫކޮށްލައިފިނަމަ ،ފަހެ ހަމަކަށަވަރުން (1)އެއިންސާނާ ބޮޑެތި ފާފަތަކުގެ ތެރެއިން ފާފައަކަށް އަރައިގަނެވިއްޖެއެވެ. (ތައުބާވާން ޖެހޭނެއެވެ.) (2)އެއިންސާނާއަށްވަނީ ފަހުން ޤަޟާކުރުމެވެ ■ 4 މަޛްހަބު

(މައުލޫމާތު ނެގިފައިވަނީ ملخص فقه العبادات ، القسم العلمي بمؤسسة الدرر السنية މިފޮތުން)

والله أعلم

އިތުރު ލިޔުން

ކޮމެންޓްކުރުމަށް

ތިބޭފުޅާގެ އީމެއިލްއެޑްރެސް ޕަބްލިޝެއް ނުކުރާނެ Required fields are marked *

Back to top button