ވަށަފަރާއި، ދިއްދޫ ފައިނަލަށް

މިހާރު ހިނގަމުންދާ ގޯލްޑަން ފުޓްސަލް 2025 ގެ ފައިނަލަށް ހއ. އަތޮޅުގެ ފައިނަލަށް ވަށަފަރާއި، ދިއްދޫ ހިނގައްޖެއެވެ.

ވަށަފަރާއި، ދިއްދޫ ފައިނަލަށް ދިޔައީ ފޯރި ގަދަ ސެމީ ފައިނަލް މެޗު ކާމިޔާބުކޮށެވެ. ވަށަފަށް ފައިނަލަށް ދިޔައީ ވަރުގަދަ ކެލާ 4 ލަނޑު 3 ލަނޑުން ބަލިކޮށްފައެވެ. ދިއްދޫ ފައިނަލަށް ދިޔައީ އޭ ގުރޫޕުގެ 1 ވަނަ ޓީމުގެ ގޮތުގައި ސެމީފައިނަލަށް ދަތުރުކުރި މާރަންދޫ 3 ލަނޑު 1 ލަނޑުން ބަލިކޮށްފައެވެ.
ވަށަފަރު ޓީމަށް ލަނޑު ޖަހައިދިނީ އިބްރާހީމް އަޠީޤް ޙަސަނާއި، އިބްރާހީމް ސަނޫނާއި، އަޙްމަދު މާއިޝް ރަޝީދެވެ. އަޠީޤް ވަނީ ދެ ލަނޑު ޖަހައިދީފައެވެ. ކެލާ ޓީމަށް ޖަހައިދިނީ އަޙްމަދު ޝަފަޤާއި، މަމްދޫޙް ޢަބްދުލް ޤާދިރެވެ. މަމްދޫޙް ވަނީ ދެ ލަނޑު ޖަހައިދީފައެވެ. ސެމީ ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވަށަފަރު ޓީމުގެ ޖަރޒީ ނަންބަރ 17 އިބްރާހީމް ސަނޫނެވެ.

ދިއްދޫ ޓީމަށް ލަނޑު ޖަހައިދިނީ ހުސައިން ޝިފާހްއާއި، ހައިޝަމް ރަޝީދެވެ. ޝިފާހް ވަނީ ދެ ލަނޑު ޖަހައި ދީފައެވެ. މާރަންދޫ ޓީމުން ހަމައެކަނި ޖެހި ލަނޑު ޖަހައިދިނީ ސަމްހާން ޢަބްދުއް ރަޙްމާނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ދިއްދޫ ޓީމުގެ ޖަރޒީ ނަންބަރު 47 ޙުސައިން ޝިފާހެވެ.

ހއ. އަތޮޅު ފައިނަލްގެ ޖާގަ ހޯދި ދިއްދޫއާއި، ވަށަފަރަށް ތިލައުތުރުން ހޫނު މަރުޙަބާ ދަންނަވަމެވެ. ދެ ޓީމަށް ވެސް ކާމިޔާބަށް އެދެމެވެ.