ދީން

146 ވަނަ ފިލާވަޅު: ރަމަޟާންމަސް ވަދެއްޖެކަން ޘާބިތުކުރުން (ދެވަނަ ބައި) 

■(5)ޤައުމަކަށް (ނުވަތަ ރަށެއްގެ އަހުލުވެރިންނަށް) ހަނދު ފެނިއްޖެނަމަ :: މިހާލަތުގައި އެބައިމީހުންނަށް އެފެނުނު ހަނދަށް ބަލާފައި (ޢިއުތިމާދުވެ) ބާކީ ހުރި ޤައުމުތަކަށް ރޯދަހިފުން ވާޖިބުވެގެންވޭތޯ :: މިމައްސަލާގައި ޢިލްމުވެރިންގެ މެދުގައި ޚިލާފު އުފެދިފައިވެއެވެ. :: 

(1)މިހާލަތުގައި ހުރިހާ (މުސްލިމުން އުޅޭ) ޤައުމުތަކަށް (ނުވަތަ ރަށްތަކަށް) ރޯދަހިފުން ވާޖިބުވެގެންވެއެވެ. ■ ޖުމްހޫރު (ޙަނަފީ، މާލިކީ، ޙަންބަލީ)

(2)ހުރިހާ ޤައުމުތަކަށް (ނުވަތަ ރަށްތަކަށް) ރޯދަހިފުން ވާޖިބުވެގެންނުވެއެވެ.އެހެނީ އެއީ ހަނދު އަރާ ގޮތްތަށް (ތަން)  އެކި ޤައުމުތަކަށްް ތަފާތުވީމައެވެ. އެހެންކަމުން މިހާލަތުގައި ރޯދަ ހިފާނީ ހަމައެކަނި ހަނދު ފެންނަ ޤައުމަކަށެވެ. އަދި އެޤައުމުގެ ޙުކުމީ ގޮތުން އެބައިމީހުންނާއި އެކުގައި ނުވަތަ އެއްކޮށްވާ ބަޔަކަށެވެ. ■ ޝާފިޢީންގެ ބަސްފުޅެއް ، ބައެއް ސަލަފުން ، ޞަންޢާނީ ، އިބްނު ޢުޘައިމީން 

■(6)ސެޓަލައިޓްތަކަށް ބަލައިގެން (އިޢުތިމާދުވެޤެން)  ::: (ހަނދު ޘާބިތުކުރުމަށްޓަކައި)ހަނދު ބެލުން ހުއްދަވެގެންނުވެއެވެ■ އިބްނު ޢުޘައިމީން (ރަޙިމަހު ﷲ) ބަސްފުޅު 

■ (7)ހަނދު ބެލުމަށްޓަކައި ދުރުމު ފަދަ ތަކެތި ބޭނުންކުރުން ހުއްދައެވެ.އެހެނެއްކަމަކު އެތަކެތި ހަނދު ބަލަން ބޭނުންކުރުން ވާޖިބުވެގެންނުވެއެވެ. އެތަކެތި ބޭނުންކޮށްގެން އެފަރާތަކަށް އިތުބާރުކުރެވޭފަދަ ފަރާތަކަށް ހަނދު ފެނިއްޖެނަމަ ، އެކަމަށް ( އެހަނދު ފެނުމަށް)  ޢަމަލުކުރާނެއެވެ.■ އިބްނު ބާޒު ، އިބްނު ޢުޘައިމީން ، ޤަރާރު ޙައިއަތު ކިބާރު ޢުލަމާގެ ފަތުވާ ކޮމެޓީ ، މަޖުމައު ފިޤްހުލް އިސްލާމީގެ ޤަރާރު 

(މައުލޫމާތު ނެގިފައިވަނީ ملخص فقه العبادات ، القسم العلمي بمؤسسة الدرر السنية މިފޮތުން)

والله أعلم

އިތުރު ލިޔުން

ކޮމެންޓްކުރުމަށް

ތިބޭފުޅާގެ އީމެއިލްއެޑްރެސް ޕަބްލިޝެއް ނުކުރާނެ Required fields are marked *

Back to top button