މީހުން

ޒުވާން ވިޔަފާރިވެރިޔާ ޢަބްދުﷲ ނިއާމް 

ޒުވާން ވިޔަފާރިވެެރިޔާ  ޢަބްދުﷲ ނިއާމް ޙަސަނަކީ މި ރަށު ނެލިވަރު މަރުޙޫމް ޙަސަން ޙުސައިންމަނިކަށާއި، ޚަދީޖާ އާދަމަށްް ލިބުނު 5 ދަރީންގެ ތެރެއިން އެންމެ ހަގު ދަރިފުޅެވެ. ނިއާމްއަކީ، ޒުވާނުންގެ ޤައުމީ އިނާމް ޙާޞިލްކޮށްފައިވާ ޒުވާން ވިޔަފާރިވެރިއެކެވެ.

ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި 2015 ވަނަ އަހަރު،  ޒުވާނުންގެ ޤައުމީ އިނާމް، ނިއާމް ޙާޞިލްކޮށްފައި ވަނީ ވިޔަފާރިއާއި އަދި އިޤްތިޞާދީ ދާއިރާއިންނެވެ.

މަޑުމައިތިރި މިޒާޖުގެ ނިއާމްއަކީ،  ތިމާގެ ގޯތިގެދޮރާއި މުދާ ރައްކާތެރިކުރުމާއި، ތިމާގެ ބެލެހެއްޓުމުގެ ދަށުގައި ހުންނަ ތަންތަނަށް ވަދެ ނުކުމެ އުޅޭ މީހުން ދެނެގަތުމާއި، އެ ތަންތަނުގެ ސަލާމަތާއި ރައްކާތެރިކަމަށް ޓަކައި ބޭނުންވާ ވަޞީލަތްތައް ބަހައްޓައި، ހަރުކޮށްދީ އެ ފަދަ އާލާތްތައް ވިއްކުމުގެ ވިޔަފާރީގެ އިތުރުން ކޮމްޕިޔުޓަރ ސާވިސްގެ ޚިދުމަތް ދިނުމުގެ މަސައްކަތްކުރައްވާ ޒުވާން ވިޔަފާރި ވެރިއެކެވެ. 

ދިވެހީންގެ އިހު ދިރިއުޅުން އެ ކޮޅުކޮޅުން ޖެހިފައިވާ މި ޒަމާނުގައި މުޅި ގެ ވަށައިގެން މި ވަނީ ސެކިއުރިޓީ ކެމަރާ ބަހައްޓަން ޖެހިފައެވެ. ގޯތި ވަށައި ފާރު މަތީގައި  ފުޅިތޮށި ޖަހައިފައި ހުއްޓަސް، އިނގިލި އޮބައި ނުވަތަ ސެކިއުރިޓީ ކޯޑެއް ޖަހައިގެން ނޫނީ އަމިއްލަ ގޯތިގެދޮރަށް ވެސް މިއީ ނުވަދެވޭ ޒަމާނެވެ. ޓެކްނޮލޮޖީގެ މި ޒަމާނުގައި ޑިޖިޓަލް ވަޞީލަތްތަކުގެ އެހީއާ ނުލައި ދިރިއުޅެވޭކަށް މިއަދު ނެތެވެ.

ޒުވާން ވިޔަފާރި ވެރިޔާ ނިއާމަކީ، ޑިޖިޓަލް  ވަޞީލަތްތައް ކަމުގައިވާ ކެމެރާ ހަރުކޮށްދީ، އެކްސެސް ސިސްޓަމާއި، އެލާމް ސިސްޓަމް  ބަހައްޓައި ދިނުމާއި، އެ ފަދަ ވަޞީލަތްތައް ވިއްކުމުގެ އިތުރުން ކޮމްޕިޔުޓަރ ސަރވިސްދީ، އެ ސަރވިސްއަށް ބޭނުންވާ ބައެއް އާލާތް ވެސް ވިޔަފާރީގެ ތެރޭގައި ގެންގުޅުއްވާ ޒުވާން ވިޔަފާރި ވެރިއެކެވެ.

ނިއާމްއަކީ، ހިލޭ ސާބަހަށް ވެސް ބައެއް މަސައްކަތްތައް ކޮށްދެއްވާފައިވާ އަދި މިހާރު ވެސް ކޮށްދެއްވަމުން އަންނަ ދަރުމަވެރިއެކެވެ. ބައެއް ތަންތަނުގައި ކެމެރާ ބަހައްޓައިދީ، ކޮމްޕިޔުޓަރ ސަރވިސް ދިނުން ފަދަ ކަންތައް ދަރުމައަށް މިހާރު ވެސް ނިއާމް އަންނަނީ ކޮށްދެއްވަމުންނެވެ.

ޢަބްދުﷲ ނިއާމަކީ، ވަރަށް ކުޑައިރު މާލެއަށް ކިޔަވަން ދުރުވި ގޮތަށް މާލޭގައި ޙަޔާތުގެ ދުވަސްތައް ހޭދަކުރަމުންދާ ބޭފުޅެކެވެ. ރަށާ ދުރުގައި ދިރިއުޅުއްވިއަސް ނިއާމްއާ، އެއް ޢުމުރުގެ ރަށުގެ ބޭފުޅުންނާ ދުރުނޫން ގުޅުމެއް ނިއާމް ބާއްވައެވެ. އެކުގައި ކޮފީ މޭޒުތަކުން އެ ރަޙުމަތްތެރިންނާ ނިއާމް އާންމުކޮށް ބައްދަލުކުރައްވައެވެ.

އަޅުގަނޑުގެ ޢާއިލީގެއާ، ދާދި ކައިރީގައި ނިއާމްމެންގެ މައިންބަފައިންގެ ގެ ރަށުގައި ހުރުމުން އަބަދުވެސް އަޅުގަނޑުގެ ގޮތް ނިއާމަށް އެނގިލައްވައެވެ. ގިނައިން ބައްދަލުވެ ނޫޅެވުނަސް މެއެވެ. އަޅުގަނޑަކީ ޢުމުރުން 18 އަހަރު ވީންސުރެ އިޖުތިމާޢީ ކަންކަމުގައި  އުޅޭ މީހަކަށް ވުމުން، އެ ފަދަ ކަންކަމުގައި އެހެންމީހުންގެ އެހީތެރިކަމަށް އެއް ފަހަރަށް ވުރެ ގިނަ ފަހަރު ވެސް އެދެން ޖެހެއެވެ. 

އިޖުތިމާޢީ ގޮތުން ކުރެވޭ މަސައްކަތްތަކާއި، އެ ކަމުގައި މަސައްކަތްކުރާ މީހުން ނުވަތަ ދަރުމަވެރިން މަދުވެފައިވާ ޒަމާނެއްގައި މަސައްކަތްކުރައްވާ ފަރާތްތަކަށް ރަށުގެ ފޯރުންތެރިންގެ ފަރާތުން އެހީތެރިކަން ލިބުމަކީ ނުހަނު މުހިންމު ކަމެކެވެ.  ވަޠަނީ ކަންކަން ކުރެވޭނީ ނުވަތަ ވަޠަނީ ކަންކަމަށް އެހީތެރިވެވޭނީ ވަޠަން ދެކެ ލޯބިވާ މީހުންނަށެވެ.

ޢަބްދުﷲ ނިއާމްއަކީ، ވަޠަންދެކެ ލޯބިވާ ޒުވާނެކެވެ. ވަޠަނީ ވިންދު ހިތުގައި ޖަހައި ވިޔަފާރި ވެރިއެކެވެ. އަޅުގަނޑަށް އެ ކަން ކަށަވަރުވީ އޭނާގެ ކިބައިން ރަށުގެ ކަމަކަށް އެދުނު ފުރަތަމަ ފަހަރު ވެސް، އެ ކަމަށް ނިއާމް ދެއްވި ސަމާލުކަމުންނެވެ. އެ ކަން ކޮށްދެއްވި ގޮތް ފުރިހަމަ ކަމުންނެވެ. އުންމީދު ކުރި ވަރަށް ވުރެ ވެސް ރަނގަޅަށް ކެލާ ޔޫތު ފޯރަމަށް، އޭނާ އެ ކަން ކޮށްދެއްވިއެވެ.

ޒުވާން ވިޔަފާރި ވެރިޔާ، ޢަބްދުﷲ ނިއާމަކީ މިއަދު 3 ކުދިންގެ ބައްޕައެކެވެ. އަމިއްލަ މަސައްކަތުން ކާމިޔާބު ހޯދަމުން އަންނަ ހަރުދަނާ ޝަޙްޞެކެވެ. ނިއާމްއަކީ 17 އަހަރުވީ، ނައިންޓީ ނައިންގެ ވިޔަފާރީގެ ހިއްސާދާރެވެ. ޒުވާން ވިޔަފާރި ވެރިޔާގެ އެވޯޑް ޙާޞިލް ކުރި ކެލާގެ ޒުވާން ވިޔަފާރި ވެރިޔާއެވެ.

ކެލާ ވަޙީދު

ތަޢުލީމީ ދާއިރާގެ ޚިދުމަތުގެ ދަތުރު ވަޙީދު ފެއްޓެވީ 1988 ވަނަ އަހަރު ޕްރައިމަރީ ޓީޗަރެއްގެ ގޮތުގައި ހއ. އަތޮޅު ތަޢުލީމީ މަރުކަޒުންނެވެ. އޭގެ ފަހުން އެ މަރުކަޒުގެ އެސިސްޓެންޓް ސްޕަވައިޒަރުކަމާއި، އެސިސްޓެންޓް ހެޑްމާސްޓަރުކަން ކުރެއްވިއެވެ. 11 އަހަރުގެ ޚިދުމަތަށް ފަހު އެ މަރުކަޒު ދޫކުރައްވާ 1999 ގައި އަމިއްލަ ރަށް ކަމުގައިވާ ކެލާ، ޝައިޚް އިބްރާހީމް ސުކޫލުގެ އެސިސްޓެންޓް ހެޑްމާސްޓަރުކަމަށް ބަދަލުވެ، ފަހުން އެ ސުކޫލުގެ ޑެޕިޔުޓީ ޕްރިންސިޕަލުކަން ވެސް ކުރެއްވިއެވެ. 2012 ވަނަ އަހަރު ކެލާ ސުކޫލުގެ ވަޒީފާއިން ވަކިވެ 7 އަހަރަށް ވުރެ ގިނަ ދުވަހު ޣިޔާޘުއްދީން އިންޓަރނޭޝަލް ސުކޫލުގެ ދިވެހި މުދައްރިސެއްގެ ގޮތުގައި މަސައްކަތްކުރެއްވިއެވެ. އެއަށް ފަހު ތަޢުލީމީ ދާއިރާ ދޫކުރެއްވީ ގާތް ގަނޑަކަށް 4 އަހަރު ދިވެހި މުދައްރިސެއްގެ ގޮތުގައި ކަލާފާނު ސުކޫލުގައި މަސައްކަތް ކުރެއްވުމަށް ފަހުގައެވެ. ޖުމުލަ 36 އަހަރު ތަޢުލީމީ ދާއިރާގައި ވަޙީދު ވަނީ މަސައްކަތް ކުރައްވާފައެވެ.

އިތުރު ލިޔުން

ކޮމެންޓްކުރުމަށް

ތިބޭފުޅާގެ އީމެއިލްއެޑްރެސް ޕަބްލިޝެއް ނުކުރާނެ Required fields are marked *

Back to top button