ޚަބަރު

ޘަޤާފީ ކުޅިވަރު ދިރުވާއާލާކުރުމުގެ ޙަރަކާތެއް ކެލާ ޔޫތު ފޯރަމުން ފައްޓައިގެން ކުރިޔަށް ދަނީ

ޘަޤާގީ ކުޅިވަރު ދިރުވާއާލާކުރުމުގެ ޙަރަކާތެއް ކެލާ ޔޫތު ފޯރަމުން ފައްޓައިގެން ކުރިޔަށް ގެންދާ ކަމުގައި އެ ޖަމްޢިއްޔާއިން މަޢުލޫމާތުދެއްވައިފިއެވެ.

ކެލާގެ ޘަޤާފަތުގެ ދިރުން ކަމުގައިވާ މަލިކުދަނޑި ވެސް ހިމެނޭހެން ފެށި މި ޙަރަކާތުގެ މައިގަނޑު އަމާޒަކީ އިހު ދިވެހިންގެ އެވޭލާ ކުޅިވަރުތައް އަދުގެ ޅަ ޖީލަށް ދަސްކޮށްދީ އެ ފަދަ ކުޅިވަރުތަކަށް ޝައުޤުވެރި އަދި އަހުލުވެރި ޖީލެއް ބިނާކުރުމެވެ.

ރަށު ފަތުރުވެރިކަން ފަތުއަޑުކިޔައިފަ ފެތުރިގެން އަންނަ އިރު ޘަޤާފަތުން ނަފާ ލިބޭނެ ގޮތްތައް ޒުވާނުންނަށް ފަހިކޮށްދިނުމަކީ ވެސް މި ޙަރަކާތުގެ މުހިންމު މަޤުޞަދެއް ކަމުގައި ކެލާ ޔޫތު ފޯރަމްގެ ރައީސް އިބްރާހީމް ޢާމިރު ޢުޘްމާން (ޢާމިރުސަރ) ވިދާޅުވިއެވެ.

މި ފެށުނު ޙަރަކާތުގެ ބޮޑު މަންޒަރުގައި ބޮޑު ތިލަދުންމަތިން މިހާރު ނުފެންނަ ޘަޤާފީ ބައެއް ޙަރަކާތްތައް ބޮޑު ތިލަދުންމައްޗަށް ތަޢާރަފުކުރުން ވެސް ހިމެނޭ ކަމުގައި ޢާމިރުސަރ ވިދާޅުވިއެވެ.

މި ޙަރަކާތް ކުރިއަށް ގެންދިޔުމުގައި ރަށުގެ ޒުވާނުންގެ ފަރާތުން ދެއްވާ އެއްބާރުލެއްވުމަށް ނުހަނު އިޚްލާޞްތެރިކަމާއެކު ޢާމިރުސަރ ޝުކުރުދެންނެވިއެވެ.

ކެލާ ވަޙީދު

ތަޢުލީމީ ދާއިރާގެ ޚިދުމަތުގެ ދަތުރު ވަޙީދު ފެއްޓެވީ 1988 ވަނަ އަހަރު ޕްރައިމަރީ ޓީޗަރެއްގެ ގޮތުގައި ހއ. އަތޮޅު ތަޢުލީމީ މަރުކަޒުންނެވެ. އޭގެ ފަހުން އެ މަރުކަޒުގެ އެސިސްޓެންޓް ސްޕަވައިޒަރުކަމާއި، އެސިސްޓެންޓް ހެޑްމާސްޓަރުކަން ކުރެއްވިއެވެ. 11 އަހަރުގެ ޚިދުމަތަށް ފަހު އެ މަރުކަޒު ދޫކުރައްވާ 1999 ގައި އަމިއްލަ ރަށް ކަމުގައިވާ ކެލާ، ޝައިޚް އިބްރާހީމް ސުކޫލުގެ އެސިސްޓެންޓް ހެޑްމާސްޓަރުކަމަށް ބަދަލުވެ، ފަހުން އެ ސުކޫލުގެ ޑެޕިޔުޓީ ޕްރިންސިޕަލުކަން ވެސް ކުރެއްވިއެވެ. 2012 ވަނަ އަހަރު ކެލާ ސުކޫލުގެ ވަޒީފާއިން ވަކިވެ 7 އަހަރަށް ވުރެ ގިނަ ދުވަހު ޣިޔާޘުއްދީން އިންޓަރނޭޝަލް ސުކޫލުގެ ދިވެހި މުދައްރިސެއްގެ ގޮތުގައި މަސައްކަތްކުރެއްވިއެވެ. އެއަށް ފަހު ތަޢުލީމީ ދާއިރާ ދޫކުރެއްވީ ގާތް ގަނޑަކަށް 4 އަހަރު ދިވެހި މުދައްރިސެއްގެ ގޮތުގައި ކަލާފާނު ސުކޫލުގައި މަސައްކަތް ކުރެއްވުމަށް ފަހުގައެވެ. ޖުމުލަ 36 އަހަރު ތަޢުލީމީ ދާއިރާގައި ވަޙީދު ވަނީ މަސައްކަތް ކުރައްވާފައެވެ.

އިތުރު ލިޔުން

ކޮމެންޓްކުރުމަށް

ތިބޭފުޅާގެ އީމެއިލްއެޑްރެސް ޕަބްލިޝެއް ނުކުރާނެ Required fields are marked *

Back to top button