141 ވަނަ ފިލާވަޅު ■ ރޯދަ ފާސިދުވާ ކަންތައްތައް (ރޯދަ ބާޠިލްވާ ކަންތައްތައް)
((2))ޤަސްދުގައި ރަމަޟާންމަހުގެ ދުވާލު ވަޤުތު ޖިމާޢުވުން
■(1)ރަމަޟާންމަހުގެ ދުވާލުގެ ވަޤުތުގައި ޤަސްދުގައި ޖިމާޢުވެއްޖެނަމަ (އެއްދާންކޮށްފިނަމަ) އެރޯދަ ފަސާދަވެގެންވެއެވެ. ■ މުސްލިމުންގެ އިއްތިފާޤު
(2)ރަމަޟާންމަހުގެ ދުވާލުގެ ވަޤުތުގައި ޤަސްދުގައި ޖިމާޢުވެއްޖެނަމަ (އެއްދާންކޮށްފިނަމަ) އެއިންސާނާއަށް އަންނަނިވި ކަންތައްތައް ތަރުތީބުވެގެންވެއެވެ.
■ކައްފާރާ ވާޖިބުވެގެންވެއެވެ.● 4 މަޛްހަބު
■ކައްފާރާ ތަރުތީބުންވުން ■ (1) އަޅަކު މިނިވަންކުރުން ■(2) ނުލިބިއްޖެ ނަމަ ޖެހިޖެހިގެން 2 މަސްދުވަހު ރޯދަ ހިފުން (މުސްކުޅިވުމުގެ ސަބަބުން ނުކުޅެދުން ، ރޯދަ ހިފައިފިނަމަ ބަލި އިތުރުވެދާނެކަމަށް ބިރުހީވުން، ރޯދަހިފައިފިނަމަ ޝިފާލިބުން ލަސްވުން، ޝިފާލިބޭ ފަދަ ބައްްޔެއްވިޔަސް ރޯދަހިފުމަށް ނުކުޅެދުން، ޝަހްވަތުގެ ވަރުގަދަކަމުގެ ސަބަބުން ޖިމާޢުނުވެ ހުރުމަށަ ކެތްތެރިނުވެވުން) ■ (3) ކުޅަދާނަވެގެންނުވާނަމަ 60 މިސްކީނުންނަށް ކާންދިނުން (1.5ކިލޯ ޤުރާމް : އާއްމުކޮށް އެރަށެއްގައި ކައި އުޅޭ ތަކެތި ، އިތުބަރުކުރެވޭ ޖަމްޢިއްޔާއަކާއި އެމިންވަރަށް ލާރިވެސް ހަވާލުކުރެވިދާނެ މީސްކީނުންނަތް އެތަކެތިން ކާތަކެތި ދިނުމަށް : ނެރެންޖެހޭނީ ކާއެއްޗެހިންނެވެ.އެއަށްވާ ފައިސާއެއްނޫނެވެ… ވަކިވަކިން 60 މިސްކީނުންނަށް ކާންދިނުން، 1 މިސްކީނަށް ހުރިހަ ތަކެތި ދިނުމުން ނުފުދޭނެ އެއްވަޤުތެއްގައި އެއްކޮށް 60 މިސްކީނުންނަށް ދިނުން ވަޖިބެއްނޫން ވަކިވަކިންވެސްދެވިދާނެ…ދޭއިރު ގޮދަން ނުވަތަ ހަނޑުލާއި އެއްކޮށް ރިހަ އަދި މަސް ދިނުން ރަނގަޅެވެ..) ●■ ޖުމްހޫރު
■އެހެންދުވަހެއްްގައި އެރޯދަ ޤަޟާކުރުން ● 4 މަޛްހަބު
(3)ޖިމާޢުވިއިރުަ (އެއްދާންކުރިއިރު) އަންހެނާ އެކަމަށް ކިޔަމަންތެރިވެ ކުރިނަމަ ؛ އަންހެނާގެ މައްޗަށް (1) އެހެންދުވަހެއްްގައި އެރޯދަ ޤަޟާކުރަންޖެހޭނެއެވެ. އަދި (2) ކައްފާރާ ދޭންޖެހޭނެ ● ޖުމްހޫރު
(ފިރިމީހާ އަންހެނާއަށް ޖިމާވިއިރު ، އަންހެނާއަށް (1) މަޖުބޫރު ހާލަތުގައި ނުވަތަ (2) ހަނދާންނެތިގެން .ނުވަތަ (3) ރަމަޟާންމަހު ޖިމާޢުވުން ޙަރާމްކަމެއްކަން ނޭނގޭ ހާލު ޖިމާޢުވެއްޖެނަމަ : މިހާލަތުގައި އަންހެނާ އެދުވަހުގެ ބަދަލުގައި އެހެންދުވަހެއްގައި (1) އެރޯދަ ޤަޟާކުރާކަށް ނުޖެހޭނެއެވެ. (2) އަދި ކައްފާރާ ދޭކަށްވެސް ނުޖެހޭނެއެވެ. ) (އިސްލާމް.ކިއު.އޭ)
(ޤާއިދާ : އެކަމެއް ކުރުން ޙަރާމްކަމެއްކަން އެނގި ، އެކަމެއްގެ ސަބަބުން ލިބޭ ޢުޤޫބާތް ނޭނގުނުކަމުގައިވިޔަސް ފަހެ އެއިންސާނާއަށް އުޛުރުލިބިގެންނުވެއެވެ.( އެބަހީ : އެކަމުގެ ޢުޤޫބާތް މިހާލަތުގައި ލިބޭނެއެވެ.)( މިޘާލު ؛ (1) ޒިނޭއަކީ ޙަރާމްކަމެއްކަން އެނގި އެކަމުން ލިބޭ ޢުޤޫބާތް ނޭނގުނަސް ( 100 ފަހަރުން ހައްދުޖެހުން އަދި އަރުވާލުން ނުވަތަ ރަޖަމުކުރުން) މިހާލަތުގައި އެއިންސާނާ ޒިނޭ ޙަރާމްކަމެއްކަން އެނގިހުރެ ކޮށްފިނަމަ އެކަމުގެ ޢުޤޫބާތް ލިބޭނެއެވެ.● ހަމައެފަދައިން ރަމަޟާންމަހު ދުވާލުގެ ވަޤުތު ޖިމާޢުވުން ޙަރާމްކަން އެނގި އެކަމުގެ ކައްފާރާ ނޭނގުނަސް މިހަލާތުގައި ޖިމާޢުވެއްޖެނަމަ ކައްފާރާ ދޭންޖެހޭނެއެވެ.އެއީ ޙަަރާމްކަމެއްކަން އެނގިފައިވާތީއެވެ. (2) އެހެންނަމަވެސް މީހަކު މިޘާލަކަށް ޒިނޭކުރެވުނީ އެއީ ޙަރާމްކަމެެއްކަން ނޭނގި (●އިސްލާމްނޫން ޤައުމެއްގައި އުޅުމުގެ ސަބަބުން ،● އަލަށް އިސްލާމްވުމުގެ ސަބަބުން ، ●ި އުޅުނު ރަށް ޢިލްމާއި ދުރު ރަށެއްގެ ސަބަބުން ޒިނޭކުރުން ޙަރާމްކަން ނޭނގުން ) މިހާލަތުގައި އެއިންސާނާއަށް ހައްދެއްނުވެއެވެ.އެއީ ހަރާމްކަމެއްކަން ނޭނގުނީމައެވެ. (އިސްލާމް.ކިއު.އޭ)
■(4)ރަމަޟާންމަހުގެ ދުވާލުގެ ވަޤުތުގައި ހަނދާންނެތިގެން ޖިމާޢުވެއްޖެނަމަ ( އެއްދާންކޮށްފިނަމަ) ފަހެ (1) އެއިންސާނާގެ ރޯދަ ޞައްޙަވެގެންވެއެވެ. (2) އަދި އެއްވެސް އެއްޗެއް މިހާލަތުގައި ވާޖިބުވެގެންނުވެެއެވެ ■ ޙަނަފީން ، ޝާފިޢީން ، ސަލަފުންގެ ބައެއް ބޭކަލުން ، އިބްނު ތައިމިއްޔާ ، އިބްނު ޤައްޔިމް ، ޞަންޢާނީ ، ޝައުކާނީ ، އިބްނު ޢުޘައިމީން
” (1)ރަމަޟާންމަހު ދުވާލު ވަޤުތު (2) ފިރިހެނެއްގެ ކުރިމަތި ފަރާތް ( ޛަކަރު ) ، ފިރިހެނާގެ ހަޝަފާގެ މިންވަރު( ޚިތާނުކުރުމުން ފާޅުވާން އިންނަ މިންވަރު ) ، ● އަންހެނާގެ ކުރިމަތިފަރާތަށް ( ފަރުޖަށް.) ( އަނބިމީހޤ ނުވަތަ ހިލޭ އަންހެނެއްގެ ( ޒިނޭ)) ނުވަތަ ފުރަގަސްފަރާތަށް (އަންހެނުން ނުވަތަ ހިލޭ އަންހެނެއްގެ) ● އިންސާނެއްގެ ( ފިރިހެނެއްގެ ފުރަޤަސްފަރާތަށް (ލިވާތު) ނުވަތަ އިންސާނެއްނޫންނަމަވެސް ( ޖަނަވާރު،..) ● ދިރިހުރި ނުވަތަ މަރުވެފައިވީ ނަމަވެސް ● މަނި ބޭރުވިޔަސް ނުވަތަ މަނިބޭރުނުވިޔަސް :::: 《《ފިރިހެނެއްގެ ކުރިމަތި ފަރާތް ( ޛަކަރު ) ، ފިރިހެނާގެ ހަޝަފާގެ މިންވަރު( ޚިތާނުކުރުމުން ފާޅުވާން އިންނަ މިންވަރު )》》 ވަދެއްޖެނަމަ ( މަތީގައި ބަޔާންކުރެވިފައިވާ ހާލަތްތަކަށް ) (1) އެދުވަހުގެ ބަދަލުގައި އެހެން ދުވަހެެއްގައި އެރޯދަ އިންސާނާ ޤަޟާކުރަންޖެހޭނެއެވެ.( 2 ފަރާތަށްވެސް ) (2) ކައްފާރާ ދޭންޖެހޭނެ ( 2 ފަރާތަށްވެސް ) ( އަދި އެފާފައިން ތައުބާވާންވެސް ޖެހޭނެއެވެ.) ” ■ (އަލް އިޤްނާ) (އިސްލާމް .ކިއު.އޭ )
(މައުލޫމާތު ނެގިފައިވަނީ ملخص فقه العبادات ، القسم العلمي بمؤسسة الدرر السنية މިފޮތުން)
والله أعلم