ޚަބަރު

ތިލައުތުރު ވޮލީ މުބާރާތް 2024 ގެ ފައިނަލްގެ ފަހު ޖާގަ މުރައިދޫ ހޯދައިފި

މިހާރު ހއ. މުރައިދޫގައި ހިނގަމުން އަންނަ ތިލައުތުރު ވޮލީ މުބާރާތް 2024 ގެ ފައިނަލްގެ ފަހު ޖާގަ މުރައިދޫ ހޯދައިފިއެވެ.

މުރައިދޫ ޓީމުން މި މުބާރާތުގެ ފައިނަލްގެ ފަހު ޖާގަ ހޯދީ މިއަދު ހަވީރު 4.00 ގައި ކުޅުނު ތިން ވަނަ ސެމީގައި ބާރަށާ ބައްދަލުކޮށް ސީދާ 3 ސެޓުން ބާރަށުގެ މައްޗަށް ކުރި ހޯދައިގެންނެވެ. ފައިނަލްގައި މުރައިދޫ ބައްދަލުކުރާނީ ފުރަތަމަ ސެމީން ފައިނަލްގެ ޖާގަ ކަށަވަރުކުރި އިހަވަންދޫ ޓީމާއެވެ.

މުރައިދޫއާއި، ބާރަށް ބައްދަލުކުރި މެޗްގެ ފުރަތަމަ ސެޓް މުރައިދޫ ކާމިޔާބުކުރީ 25 ޕޮއިންޓް 9 ޕޮއިންޓްންނެވެ. ދެވަނަ ސެޓް މުރައިދޫ ހޯދީ 25 ޕޮއިންޓް 9 ޕޮއިންޓްންނެވެ. އަދި ތިން ވަނަ ސެޓް މުރައިދޫ ކާމިޔާބުކުރީ 25 ޕޮއިންޓް 7 ޕޮއިންޓްންނެވެ. މި މެޗްގެ ކުއީން އޮފް ދަ މެޗަކަށް ހޮވުނީ މުރައިދޫ ޓީމުގެ ޖަރޒީ ނަންބަރ 10 ފާޠިމަތު ނުހާއެވެ.  

މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 20000 ރުފިޔާ ލިބޭ އިރު، މި މުބާރާތުގެ ރަނަރއަޕް ޓީމަށް ކަނޑައަޅައިފައި ވަނީ 10000 ރުފިޔާއެވެ. އަދި ފެއަރ ޕްލޭ ޓީމަށް ދިނުމަށް ހަމަޖެހިފައި ވަނީ 5000 ރުފިޔާއެވެ.

ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ ތިލައުތުރު ވޮލީ މުބާރާތް 2024 ގެ ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައި ވަނީ މާދަމާ ރޭ 8.00 ގައެވެ. މި އަހަރުގެ މުބާރާތް ހޯސްޓްކުރަނީ މުރައިދޫއިންނެވެ.

ކެލާ ވަޙީދު

ތަޢުލީމީ ދާއިރާގެ ޚިދުމަތުގެ ދަތުރު ވަޙީދު ފެއްޓެވީ 1988 ވަނަ އަހަރު ޕްރައިމަރީ ޓީޗަރެއްގެ ގޮތުގައި ހއ. އަތޮޅު ތަޢުލީމީ މަރުކަޒުންނެވެ. އޭގެ ފަހުން އެ މަރުކަޒުގެ އެސިސްޓެންޓް ސްޕަވައިޒަރުކަމާއި، އެސިސްޓެންޓް ހެޑްމާސްޓަރުކަން ކުރެއްވިއެވެ. 11 އަހަރުގެ ޚިދުމަތަށް ފަހު އެ މަރުކަޒު ދޫކުރައްވާ 1999 ގައި އަމިއްލަ ރަށް ކަމުގައިވާ ކެލާ، ޝައިޚް އިބްރާހީމް ސުކޫލުގެ އެސިސްޓެންޓް ހެޑްމާސްޓަރުކަމަށް ބަދަލުވެ، ފަހުން އެ ސުކޫލުގެ ޑެޕިޔުޓީ ޕްރިންސިޕަލުކަން ވެސް ކުރެއްވިއެވެ. 2012 ވަނަ އަހަރު ކެލާ ސުކޫލުގެ ވަޒީފާއިން ވަކިވެ 7 އަހަރަށް ވުރެ ގިނަ ދުވަހު ޣިޔާޘުއްދީން އިންޓަރނޭޝަލް ސުކޫލުގެ ދިވެހި މުދައްރިސެއްގެ ގޮތުގައި މަސައްކަތްކުރެއްވިއެވެ. އެއަށް ފަހު ތަޢުލީމީ ދާއިރާ ދޫކުރެއްވީ ގާތް ގަނޑަކަށް 4 އަހަރު ދިވެހި މުދައްރިސެއްގެ ގޮތުގައި ކަލާފާނު ސުކޫލުގައި މަސައްކަތް ކުރެއްވުމަށް ފަހުގައެވެ. ޖުމުލަ 36 އަހަރު ތަޢުލީމީ ދާއިރާގައި ވަޙީދު ވަނީ މަސައްކަތް ކުރައްވާފައެވެ.

އިތުރު ލިޔުން

ކޮމެންޓްކުރުމަށް

ތިބޭފުޅާގެ އީމެއިލްއެޑްރެސް ޕަބްލިޝެއް ނުކުރާނެ Required fields are marked *

Back to top button