ޚަބަރު

ކުލަ ގަދަކޮށް ރަށު ފެންވަރުގައި ކެލާގައި ޢީދު ފާހަގަކުރަނީ

މި އަހަރުގެ އުފާވެރި އަޟުޙާ ޢީދު ނުވަތަ ބޮޑު ޢީދު ރަށު ފެންވަރުގައި ކުލަ ގަދަކޮށް ފާހަގަކުރުމަށް މަސައްކަތްތަކެއް ކުރައްވަމުން އެބަދެއެވެ. އެ ގޮތުނަް ދުވާލުގެ މަގުމަތި ކުޅިވަރުތައް ފަރިތަކުރުމުގެ މަސައްކަތް އަންހެނުންގެ ތަރައްްްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ބެލުމުގެ ދަށުން ކުރިޔަށް އެބަދެއެވެ.

ޢީދު ޙަރަކާތްތަކުގެ ތެރޭގައި ބޮޑެތި އިނާމުތަކާއެކު ވަރަށް ޚާއްޞަ މުބާރާތްތަކެއް ހިމަނާ، ޓީމުތައް ބައިވެރިވުމުގެ ފުރުޞަތު ކައުންސިލުން މިހާރު ވަނީ ހުޅުވައިލައިފައެވެ. މުބާރާތްތަކުގެ ތެރޭގައި ބޯޓު ތައްޔާރުކުރުމާއި، ވާދެމުމުގެ މުބާރާތް ފަދަ ފޯރި ގަދަ އެތައް މުބާރާތެއް ހިމެއެވެ.

ކައުންސިލުގެ ފޭސް ބުކް ޕޯސްޓެއްގައި ހާމަކޮށްފައިވާ، ބޯޓުބުރުގެ މުބާރާތުގެ 1 ވަނައަށްދާ ފަރާތަކަށް 10،000 ރުފިޔާ ދެއްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. ވާދެމުމުގެ މުބާތުގެ ޗެމްޕިޔަން ޓީމަށް 5000 ރުފިޔާ ދެއްވާނެ ކަމަށް ބުނެފައި ވެއެވެ.

މަލިކު ދަނޑީގެ ކުޅިވަރުން ޢީދު ޙަރަކާތްތަކުގެ ފޯރި އިތުރުކޮށް، ރޭގަނޑުގެ ސްޓޭޖު ކުޅިވަރުތައް މަޝްހޫރު ބޭންޑަކާއެކު ގެނެސްދެވޭތޯ ބަލަމުން އަންނަ ކަމުގައި “ތިލައުތުރު” އަށް ވަނީ މަޢުލޫމާތު ލިބިފައެވެ.

2015 ވަނަ އަހަރު ހއ. ކެލާގައި ފާހަގަ ކުރެވުނު ޢީދުގެ ތެރެއިން

ކެލާ ވަޙީދު

ތަޢުލީމީ ދާއިރާގެ ޚިދުމަތުގެ ދަތުރު ވަޙީދު ފެއްޓެވީ 1988 ވަނަ އަހަރު ޕްރައިމަރީ ޓީޗަރެއްގެ ގޮތުގައި ހއ. އަތޮޅު ތަޢުލީމީ މަރުކަޒުންނެވެ. އޭގެ ފަހުން އެ މަރުކަޒުގެ އެސިސްޓެންޓް ސްޕަވައިޒަރުކަމާއި، އެސިސްޓެންޓް ހެޑްމާސްޓަރުކަން ކުރެއްވިއެވެ. 11 އަހަރުގެ ޚިދުމަތަށް ފަހު އެ މަރުކަޒު ދޫކުރައްވާ 1999 ގައި އަމިއްލަ ރަށް ކަމުގައިވާ ކެލާ، ޝައިޚް އިބްރާހީމް ސުކޫލުގެ އެސިސްޓެންޓް ހެޑްމާސްޓަރުކަމަށް ބަދަލުވެ، ފަހުން އެ ސުކޫލުގެ ޑެޕިޔުޓީ ޕްރިންސިޕަލުކަން ވެސް ކުރެއްވިއެވެ. 2012 ވަނަ އަހަރު ކެލާ ސުކޫލުގެ ވަޒީފާއިން ވަކިވެ 7 އަހަރަށް ވުރެ ގިނަ ދުވަހު ޣިޔާޘުއްދީން އިންޓަރނޭޝަލް ސުކޫލުގެ ދިވެހި މުދައްރިސެއްގެ ގޮތުގައި މަސައްކަތްކުރެއްވިއެވެ. އެއަށް ފަހު ތަޢުލީމީ ދާއިރާ ދޫކުރެއްވީ ގާތް ގަނޑަކަށް 4 އަހަރު ދިވެހި މުދައްރިސެއްގެ ގޮތުގައި ކަލާފާނު ސުކޫލުގައި މަސައްކަތް ކުރެއްވުމަށް ފަހުގައެވެ. ޖުމުލަ 36 އަހަރު ތަޢުލީމީ ދާއިރާގައި ވަޙީދު ވަނީ މަސައްކަތް ކުރައްވާފައެވެ.

އިތުރު ލިޔުން

ކޮމެންޓްކުރުމަށް

ތިބޭފުޅާގެ އީމެއިލްއެޑްރެސް ޕަބްލިޝެއް ނުކުރާނެ Required fields are marked *

Back to top button