ޝައިޚް އިބްރާހީމް ސުކޫލުގެ ޤުރުއާން މުބާރާތް 2024 ފައްޓައިފި
އަހަރަކު އެއް ފަހަރު ބާއްވަމުން އަންނަ ޝައިޚް އިބްރާހީމް ސުކޫލުގެ ޤުރުއާން މުބާރާތް 2024 މިއަދު ފައްޓައިފިއެވެ.
ހިތުން ކިޔެވުމުގެ ގޮތްޕާއި، ބަލައިގެން ކިޔެވުމުގެ ގޮފީގައި ޖުމްލަ 87 ދަރިވަރުން ވާދަކުރާ މި މުބާރަތަކީ ސުކޫލުގައި ބާއްވާ އެންމެ ވާދަވެރި އެއް މުބާރާތެވެ.
މި އަހަރުގެ މުބާރާތަށް އިންޞާފުކޮށްދެއްވަނީ ތިރީގައި މި ދަންނަވައި ތިން ފަނޑިޔާރުންނެވެ.
1. ޢަބްދުﷲ ސަޢީދު ވެނީލާގެ ހއ. ކެލާ
2. ޢަޒުރާ ޢަލީ އެތެންސް ހއ. ކެލާ
3. އާމިނަތު ޢާޠިފާ ހީނާއާގެ ހއ. ވަށަފަރު
ޝައިޚް އިބްރާހީމް ސުކޫލުގެ ހޯލުގައި ކުރިއަށްދާ މި މުބާރާތުގެ ކިޔެވުން މާދަމާރޭގެ ނިޔަލަށް ކުރިޔަށް ދާނެއެވެ.
ކީރިތި ޤުރުއާން ކިޔެވުމުން ޝަައިޚް އިބްރާހީމް ސުކޫލުގެ ދަރިވަރުން އަންނަނީ ރީތި ނަން ރަަށާއި، އަތޮޅަށް ހޯދައި ދެމުންނެވެ. އެ ގޮތުން ޤުރުއާން ކިޔެވުމުގެ 37 ވަނަ ޤައުމީ މުބާރާތަށް އަތޮޅު ތަމްސީލުކުރަން ކަނޑައެޅި ދަރިވަރުންގެ ތެރޭގައި ވެސް ޝައިޚް އިބްރާހީމް ސުކޫލުގެ 3 ދަރިވަރަކުު ހިމެނިފައި ވާކަން އުފަލާއެކު ފާހަގަ ކުރަމެވެ.