ޚަބަރު

ފުރަތަމަ މެޗުން ބަލިވިޔަސް، ކެލާ ޓީމުން ވަނީ ރަނގަޅު ކުޅުމެއް ދައްކައިދީފަ

މިހާރު ހއ. މުރައިދޫގައި ހިނގަމުންދާ ތިލައުތުރު ވޮލީ މުބާރާތް 2024ގެ، ފުރަތަމަ މެޗުން ވަށަފަރާ ވާދަކޮށް، ބަލިވިޔަސް ރަނގަޅު ކުޅުމެއް ކެލާ ޓީމުން ދެއްކިއެވެ.

މި މުބާރާތުގައި  ކެލާ  ކުޅުނު ފުރަތަމަ މެޗުން ވަށަފަރު މޮޅުވީ 3 ސެޓް 1 ސެޓުންނެވެ. ފުރަތަމަ ސެޓް  25 ޕޮއިންޓް 20 ޕޮއިންޓުން ގެންދިޔައީ ވަށަފަރެވެ. ދެ ވަނަ ސެޓް ވަށަފަރުން ކާމިޔާބުކުރީ 25 ޕޮއިންޓް 14 ޕޮއިންޓުންނެވެ. ނަމަވެސް ތިން ވަނަ ސެޓް ކެލާ ޓީމުން ކާމިޔާބުކުރީ 25 ޕޮއިންޓް 23 ޕޮއިންޓުންނެވެ. ހަތަރު ވަނަ ސެޓް 25 ޕޮއިންޓް 23 ޕޮއިންޓުން ކާމިޔާބުކުރީ ވަށަފަރެވެ.

ތިލައުތުރު ވޮލީ މުބާރާތުގައި ކެލާ، ވަށަފަރު ބައްދަލުކުރި މެޗުގެ ކުއީން އޮފް ދަ މެޗަކަށް ހޮވުނީ ވަށަފަރު ޓީމުގެ ޖަރޒީ ނަންބަރު 8 އާމިނަތު ނާއިލާއެވެ.

ކެލާ ޓީމު ކުޅޭ 2 ވަނަ މެޗު މާދަމާ ހަވީރު 4.00 ގައި އޮންނާނެއެވެ. މި މެޗުގައި ކެލާއާ ބައްދަލުކުރާނީ އުތީމު ޓީމެވެ. އުތީމު ޓީމު ވެސް ވަނީ ކުޅުނު ފުރަތަމަ މެޗުން މުރައިދޫޫ އަތުން ސީދާ 3 ސެޓުން ބަލިވެފައެވެ. ތިލައުތުރު ވޮލީ މުބާރާތް 2024 އަކީ ހއ. އަތޮޅު ކައުންސިލުން އިންތިޒާމުކޮށްގެން ކުރިއަށްދާ މުބާރާތެކެވެ. މި މުބާރާތް ހޯސްޓްކުރަނީ މުރައިދޫއިންނެވެ.    

ކެލާ ވަޙީދު

ތަޢުލީމީ ދާއިރާގެ ޚިދުމަތުގެ ދަތުރު ވަޙީދު ފެއްޓެވީ 1988 ވަނަ އަހަރު ޕްރައިމަރީ ޓީޗަރެއްގެ ގޮތުގައި ހއ. އަތޮޅު ތަޢުލީމީ މަރުކަޒުންނެވެ. އޭގެ ފަހުން އެ މަރުކަޒުގެ އެސިސްޓެންޓް ސްޕަވައިޒަރުކަމާއި، އެސިސްޓެންޓް ހެޑްމާސްޓަރުކަން ކުރެއްވިއެވެ. 11 އަހަރުގެ ޚިދުމަތަށް ފަހު އެ މަރުކަޒު ދޫކުރައްވާ 1999 ގައި އަމިއްލަ ރަށް ކަމުގައިވާ ކެލާ، ޝައިޚް އިބްރާހީމް ސުކޫލުގެ އެސިސްޓެންޓް ހެޑްމާސްޓަރުކަމަށް ބަދަލުވެ، ފަހުން އެ ސުކޫލުގެ ޑެޕިޔުޓީ ޕްރިންސިޕަލުކަން ވެސް ކުރެއްވިއެވެ. 2012 ވަނަ އަހަރު ކެލާ ސުކޫލުގެ ވަޒީފާއިން ވަކިވެ 7 އަހަރަށް ވުރެ ގިނަ ދުވަހު ޣިޔާޘުއްދީން އިންޓަރނޭޝަލް ސުކޫލުގެ ދިވެހި މުދައްރިސެއްގެ ގޮތުގައި މަސައްކަތްކުރެއްވިއެވެ. އެއަށް ފަހު ތަޢުލީމީ ދާއިރާ ދޫކުރެއްވީ ގާތް ގަނޑަކަށް 4 އަހަރު ދިވެހި މުދައްރިސެއްގެ ގޮތުގައި ކަލާފާނު ސުކޫލުގައި މަސައްކަތް ކުރެއްވުމަށް ފަހުގައެވެ. ޖުމުލަ 36 އަހަރު ތަޢުލީމީ ދާއިރާގައި ވަޙީދު ވަނީ މަސައްކަތް ކުރައްވާފައެވެ.

އިތުރު ލިޔުން

ކޮމެންޓްކުރުމަށް

ތިބޭފުޅާގެ އީމެއިލްއެޑްރެސް ޕަބްލިޝެއް ނުކުރާނެ Required fields are marked *

Back to top button