ޚަބަރު

ތިލައުތުރު ފުޓްސެލް މުބާރާތް 2024ގެ ސެމީ ފައިނަލަށް ގްރޫޕް A އިން ބާރަށާއި، ދިއްދޫ އަދި ގްރޫޕް B އިން އިހަވަންދޫއާއި، އުތީމު ޖާގަ ހޯދައިފި

ތިލައުތުރު ފުޓްސެލް މުބާރާތް 2024ގެ 4 ވަނަ ދުވަހުގެ މެޗްތައް ކާމިޔާބުކޮށް ތިލައުތުރު ފުޓްސެލް މުބާރާތް 2024ގެ ސެމީ ފައިނަލަށް ގްރޫޕް A  އިން ބާރަށާއި، ދިއްދޫ އަދި ގްރޫޕް B އިން އިހަވަންދޫއާއި، އުތީމު ޖާގަ ހޯދައިފިއެވެ.  

ދިއްދޫ ސެމީ ފައިނަލުން ޖާގަ ހޯދީ އިއްޔެ ހަވީރު 4.00ގައި ކުޅެވުނު މެޗުގައި މުރައިދުއާ ބައްދަލުކޮށް 2  ލަނޑު 2 ލަނޑުން ދެ ޓީމު އެއްވަރުވެ 6 ޕޮއިންޓާއެކު ގުރޫޕުގެ 2 ވަނަ ހޯދައިގެންނެވެ. މި މެޗުގައި ދިއްދޫން ޖެހި 2 ލަނޑު ޖަހައި ދިނީ ޖަރޒީ ނަންބަރ 10 މުޙައްމަދު ޝަނާއު ނަޞީރާއި، ޖަރޒީ ނަންބަރ 8 މުޙައްމަދު ޒައިން ޙަސަން (މިއީ މުރައިދޫ ކުޅުންތެރިއެއްގެ ގައިގައި ޖެހިފައި ވަން ގޯލެކެވެ) މުރައިދޫ ޓީމުން ލަނޑު ޖެހީ އެ ޓީމުގެ ޖަރޒީ ނަންބަރ 7 މުޙައްމަދު އައުސް އަދި  ޖަރޒީ ނަންބަރ 11 އުފާލް ޢަބްދުﷲއެވެ. މި މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މުރައިދޫ ޓީމުގެ ޖަރޒީ ނަންބަރ 7 މުޙައްމަދު އައުސްއެވެ.

ސެމީ ފައިނަލުން އުތީމު ޖާގަ ހޯދީ އިއްޔެ ހަވީރު 5.00ގައި ކުޅެވުނު މެޗްގައި އުލިގަމާ ވާދަކޮށް  7 ލަނޑު 2 ލަނޑުން މެޗު ކާމިޔާބުކޮށް 9 ޕޮއިންޓާއެކު ގްރޫޕުގެ 2 ވަނަ ޓީމުގެ ގޮތުގައެވެ.  އުތީމު ޓީމުން ލަނޑު ޖަހައިދިނީ ޖަރޒީ ނަންބަރ 5 ޠާހާ މުޙައްމަދާއި، ޖަރޒީ ނަންބަރ 7 މުޙައްމަދު މަޒީނާއ، ޖަރޒީ ނަންބަރ 16 މުޙައްމަދު ނަބީލާއި، ޖަރޒި ނަންބަރ 19 ޢަލީ އިލްޙާމައި އަދި ޖަރޒީ ނަންބަރ 69 މުޙައްމަދު ރުޝްދާނެވެ. މަޒީން އަދި ނަބީލް ވަނީ މި މެޗުގައި ދެ ލަނޑު ޖަހައިދީފައެވެ. އުލިގަމުން ލަނޑު ޖެހީ އެ ޓީމުގެ ޖަރޒީ ނަންބަރ 5 ޔޫސުފް ޝާހިދާއި، ޖަރޒީ ނަންބަރ 9 މުޙައްމަދު ޔާމީނެވެ. މި މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އުތީމު ޓީމުގެ ޖަރޒީ ނަންބަރ 7 މުޙައްމަދު މަޒީނެވެ.

ސެމީ ފައިނަލުން ބާރަށް ޖާގަ ހޯދީ ރޭ 8.00ގައި ކުޅެވުނު މެޗްގައި ފިއްލަދޫއާއި ބައްދަލުކޮށް 3 ލަނޑު 3 ލަނޑުން ދެ ޓީމު އެއްވަރުވެ 8 ޕޮއިންޓާއެކު ގުރޫޕުގެ 1 ވަނަ ޓީމުގެ ގޮތުގައެވެ. ބާރަށު ޓީމުން ޖެހި 3 ލަނޑު ޖެހީ އެ ޓީމުގެ ޖަރޒީ ނަންބަރ 9 މުޙައްމަދު ޝާމިލާއި، ޖަރޒީ ނަންބަރ 17 އަޙްމަދު ޝަޒީމާއި، ޖަރޒީ ނަންބަރ 8 މުޙައްމަދު މާއިސްއެވެ.  ފިއްލަދޫ ޓީމުން ލަނޑުޖެހީ ޖަރޒީ ނަންބަރ 10 މުޙައްމަދު ހުޝާމާއި،  ޖަރޒީ ނަންބަރ 11 އާދަމް ޝާހިދު މުޙައްމަދާއި، ޖަރޒީ ނަންބަރ 15 ޢަލީ އަފްރާޙެވެ. މި މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ބާރަށު ޓީމުގެ ޓީމުގެ ޖަރޒީ ނަންބަރ 9 މުޙައްމަދު ޝަމާއިލެވެ.  

ރޭ 9.00ގައި ކުޅެވުނު މެޗްގައި 1 ލަނޑު 0 ލަނޑުން ކެލާ އަތުން އިހަވަންދޫ ބަލިވިޔަސް ސެމީ ފައިނަލުން  އިހަވަންދޫ ޖާގަ ހޯދީ 9 ޕޮއިންޓް ހޯދާ ފައިދާ ގޯލާއެކު ގުރޫޕުގެ 1 ވަނަ ޓީމުގެ ގޮތުގައެވެ. މި މެޗުގައި ކެލާއިން ލަނޑު ޖަހައިދިނީ ޖަރޒީ ނަންބަރ 11 އަޙްމަދު ވަޙީދެވެ. މި މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ކެލާ ޓީމުގެ ޖަރޒީ ނަންބަރ 11 އަޙްމަދު ވަޙީދެވެ.

މި މުބާރާތުގެ ސެމީ ފައިނަލް މެޗްތައް މިއަދު ކުޅެވޭނެއެވެ. ހަވީރު 4.00 ގައި ކުޅެވޭ ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ގްރޫޕް Aގެ އެއް ވަނަ ޓީމު ކަމުގައިވާ ބާރަށާއި، ގުރޫޕް Bގެ ދެ ވަނަ ޓީމު ކަމުގައިވާ އުތީމެވެ. އުތީމަކީ އެންމެ ފަހުގެ ރަނަރއަޕް ޓީމެވެ. މިރޭ 20.00 ގައި ކުޅެވޭ ސެމީ ފައިނަލްގެ ފަހު މެޗްގައި ބައްދަލުކުރާނީ ގުރޫޕް Bގެ އެއް ވަނަ ޓީމު ކަމުގައިވާ އިހަވަންދޫއާއި، ގުރޫޕް Aގެ ދެ ވަނަ ޓީމު ކަމުގައިވާ ދިއްދޫއެވެ.  

ކެލާ ވަޙީދު

ތަޢުލީމީ ދާއިރާގެ ޚިދުމަތުގެ ދަތުރު ވަޙީދު ފެއްޓެވީ 1988 ވަނަ އަހަރު ޕްރައިމަރީ ޓީޗަރެއްގެ ގޮތުގައި ހއ. އަތޮޅު ތަޢުލީމީ މަރުކަޒުންނެވެ. އޭގެ ފަހުން އެ މަރުކަޒުގެ އެސިސްޓެންޓް ސްޕަވައިޒަރުކަމާއި، އެސިސްޓެންޓް ހެޑްމާސްޓަރުކަން ކުރެއްވިއެވެ. 11 އަހަރުގެ ޚިދުމަތަށް ފަހު އެ މަރުކަޒު ދޫކުރައްވާ 1999 ގައި އަމިއްލަ ރަށް ކަމުގައިވާ ކެލާ، ޝައިޚް އިބްރާހީމް ސުކޫލުގެ އެސިސްޓެންޓް ހެޑްމާސްޓަރުކަމަށް ބަދަލުވެ، ފަހުން އެ ސުކޫލުގެ ޑެޕިޔުޓީ ޕްރިންސިޕަލުކަން ވެސް ކުރެއްވިއެވެ. 2012 ވަނަ އަހަރު ކެލާ ސުކޫލުގެ ވަޒީފާއިން ވަކިވެ 7 އަހަރަށް ވުރެ ގިނަ ދުވަހު ޣިޔާޘުއްދީން އިންޓަރނޭޝަލް ސުކޫލުގެ ދިވެހި މުދައްރިސެއްގެ ގޮތުގައި މަސައްކަތްކުރެއްވިއެވެ. އެއަށް ފަހު ތަޢުލީމީ ދާއިރާ ދޫކުރެއްވީ ގާތް ގަނޑަކަށް 4 އަހަރު ދިވެހި މުދައްރިސެއްގެ ގޮތުގައި ކަލާފާނު ސުކޫލުގައި މަސައްކަތް ކުރެއްވުމަށް ފަހުގައެވެ. ޖުމުލަ 36 އަހަރު ތަޢުލީމީ ދާއިރާގައި ވަޙީދު ވަނީ މަސައްކަތް ކުރައްވާފައެވެ.

އިތުރު ލިޔުން

ކޮމެންޓްކުރުމަށް

ތިބޭފުޅާގެ އީމެއިލްއެޑްރެސް ޕަބްލިޝެއް ނުކުރާނެ Required fields are marked *

Back to top button