130 ވަނަ ފިލާވަޅު (2) ރޯދަހިފުން ނިމޭ ވަޤުތާއި އެ ކަމާއި ގުޅުން ހުރި ޙުކުމްތައް
(1)ރޯދަވެރިޔާއަށް، ރޯދަ ބާޠިލުވާ އެންމެހާ ކަންތައްތަކުން ދުރުހެލިވުން ވާޖިބުވެގެންވަނީ :: އިރުއޮއްސެންދެންނެވެ.(އިރު އެއްކޮށް އޮއްސި ގެއްލުމުންނެވެ.) ■■ : މުސްލިމުންގެ އިއްތިފާޤު
(2)އިރުއޮއްސުމުން (ރަށުގައިހުރި) ރޯދަވެރިޔާ ރޯދަވީއްލުމަށްފަހު، ދެން އެއަށްފަހު މަތިންދާބޯޓަށް އަރާ ނައްޓާލުމަށްފަހު މަތިންދާބޯޓު މައްޗަށް އެރުމުން، އިރު އޮއްސިފައިނުވާތަން ފެނެއެވެ. މިހާލަތުގައި ރޯދަ ގެއްލޭ ކަންތައްތަކުން(ބާޠިލުވާ ކަންތައްތަކުން) ދުރުހެލިވެ ހުންނާކަން ނުޖެހޭނެއެވެ. އޭނާ ހިފި ރޯދައަކީ ޞައްޙަ ރޯދައެކެވެ. :■■ (ޢަބްދުއް ރައްޒާޤު ޢަފީފީ، އިބްނު ބާޒު، އިބްނު ޢުޘައިމީން (ރަޙިމަހުމު ﷲ) މިފަދައިން ފަތުވާ ދެއްވާފައިވޭ)
(3)ރޯދަވެރިޔާ މަތިންދާބޯޓުގައި ދަތުރުކޮށްފައިދަނިކޮށް ، އެރަށުން ދަތުރުކޮށްފައި އައި ރަށް ނުވަތަ އެރަށާ ކައިރި ރަށަށް ރޯދަ ވީއްލުމުގެ ވަޤުތު ވަދެއްޖެކަން (1) ގަނޑިން ނުވަތަ (2) ޓީވީން ނުވަަަތަ (3) އެހެންވެސް ވަޞީލަތަކުންއެނގިއްޖެއެވެ. އެހެންނަމަވެސް މިހާރު މަތީންދާ ބޯޓު މަތީގައިވުމުން ފެންނަނީ އިރުނުުިއޮއްސިވާތަނެވެ. އެހެންކަމުން މިހާލަތުގައި ރޯދަވެރިޔާ ރޯދައެއް ނުވީއްލޭނެއެވެ. ރޯދަވީއްލޭނޭ ރޯދަވެރިޔާއަށް އިރުއޮއްސުމުންނެވެ. : ■■ (ޢަބްދުއް ރައްޒާޤު ޢަފީފީ، އިބްނު ބާޒު، އިބްނު ޢުޘައިމީން (ރަޙިމަހުމު ﷲ) މިފަދައިން ފަތުވާ ދެއްވާފައިވޭ)
(4)ކޮންމެ ތާކު (ޤައުމެއްގައި) ހުއްޓަށް ފަޖުރު ވަނުމުން ރޯދަވެރިޔާއަށް ރޯދަ ހިފަންފެށުން ވާޖިބުވެގެންވެއެވެ.އަދި ރޯދަ ހިފުން ނިމޭނީ އިރުއޮއްސުމުންނެވެ. އެއީ ދުވާލު ދިގުވިޔަސް ނުވަތަ ކުރުވިކަމުގައިވިޔަސް 24 ގަޑިއިރު ތެރޭގައި ރޭގަނޑާއި ދުވާލު އަންނަކަމުގައިވާނަމަ ރޯދަހިފަންޖެހޭނެއެވެ.● އެހެންނަމަވެސް ދުވާލު ދިގުވުމުގެ ސަބަބުން ރޯދަހިފުން ތަޙައްމަލުނުކުރެވޭ އުނދަގޫކަމެއްގައިވާނަމަ އަދި (ދުވާލު ދިގުވުމުގެ ސަބަބުން) ޤެއްލުމެއް (ހަށިގަނޑަށް) ލިބިދާނެކަމަށް ބިރުގަންނަ ކަމުގައިވާނަމަ ނުވަތަ ބައްޔެއް ވެދާނެކަމަށް ބިރުގަންނަނަނަމަ :: މިހާލަތުގައި ރޯދަ ދޫކޮށްލެވިދާނެއެވެ. އަދި ޤަޟާކުރުން ކުޅަދާނަވެގެންވާ އެހެން ދުވަސްތަކެއްގައި (ގެއްލުނު ރޯދަތަކުގެ ބަދަލުގައި) ރޯދަ ހިފާނީއެވެ.■■ އިބްނު ބާޒު، އިބްނު ޢުޘައިމީން (ރަޙިމަހުމު ﷲ) މިފަދައިން ފަތުވާ ދެއްވާފައިވޭ) އަދި އަލް މަޖްމަޢިލް ފިޤްހުލް އިސްލާމީގެ ޤަރާރު މިފަދައިންވޭ
(5)މީހަކު ހުރި ރަށަކީ ނުވަތަ ޤައުމަކީ 24 ގަޑިއިރު ތެރޭގައި ރޭގަނޑާއި ދުވާލު ނާންނަ ތަނެއް ކަމުގައިވާ ނަމަ : މިޝާލު : އެޤައުމަކީ ނުވަތަ ރަށަކީ އަބަދު ދުވާލުވެފައި އޮންނަ ތަނެއްކަމުގައިވާނަމަ މިޝާލު : 2 ދުވަސް ނުވަތަ ހަފްތާއެއް ނުވަތަ އެއްމަސް އެއްކޮށް (ރޭގަނޑު ނައިސް) އަބަދު ދުވާލު އޮންނަ ތަނެއްކަމުގައިވާނަމަ ::● މިހާލަތުގައި ދުވާލުގެ މިންވަރަށް (ހޭދަވާނެކަމަށް ބަލާފައި) ވަކި މިންވަރެެއް (ދުވާލަށް) ކަނޑައަޅާނިއެވެ. އަދި ރޭގަނޑުގެ މިންވަރަށް (ހޭދަވާނެކަމަށް ބަލާފައި ) ވަކި މިންވަރެެއް (ރޭގަނޑަށް) ކަނޑައަޅާނިއެވެ. މިގޮތަށް ކަނޑައަޅާނީ 24 ގަނޑިއިރު ތެރޭގައި ރޭގަނޑާއި ދުވާލު ބަދަލުވާ ކައިރި ރަށެެއް ނުވަތަ ޤައުމެެއްވާނަމަ އެތާނގެ ވަޤުތަށް އިޢުތިމާދުވެއެވެ. ■■ އިބްނު ބާޒު ، އިބްނު ޢުޘައިމީން (ރަޙިމަހުމު ﷲ) މިފަދައިން ފަތުވާ ދެއްވާފައިވޭ) އަދި އަލް މަޖްމަޢިލް ފިޤްހުލް އިސްލާމީގެ ޤަރާރު މިފަދައިންވޭ
(މައުލޫމާތު ނެގިފައިވަނީ ملخص فقه العبادات ، القسم العلمي بمؤسسة الدرر السنية މިފޮތުން)
والله أعلم