129 ވަނަ ފިލާވަޅު :: ރޯދައިގެ ރުކުންތައް
■( ރުކުނަކީ : ރޯދަ ޞައްޙަވުމަށްޓަކައި ކޮންމެހެން ހުންނަންޖެހޭ ކަންތައްތަކެވެ.މިއިންކަމެއްގޮސްފިނަމަ ( ރުކުނެއް ގޮސްފިނަމަ) ރޯދަ ޞައްޙަވެގެންނުވާނެއެވެ. އަލުން އެރޯދަހިފަންޖެހޭނެއެވެ. [ ރުކުން ހިމެނޭނީ އެއަޅުކަމެއްގެ ތެރޭގައެވެ” ]
■□(1 ރުކުނަކީ ) ރޯދަގެއްލޭ އެންމެހާ ކަންތައްތަކުންް ދުރުހެލިވުން
□ރޯދަވެރިޔާއަށް، ރޯދަ ބާޠިލުވާ އެންމެހާ ކަންތައްތަކުން ދުރުހެލިވުން ވާޖިބުވެގެންވެއެވެ.ރޯދަ ބާޠިލުވާ ކަންތައްތަކުގެ ތެރޭގައި : (1) ކެއުން (2) ބުއިން (3) ޖިމާޢުވުން ..ހިމެނެއެވެ. : މުސްލިމުންގެ އިއްތިފާޤު ( އިބްނު ޙަޒުމް، އިބްނު ޢަބްދުލް ބައްރު އަދި އިބްނު ތައިމިއްޔާ ( ރަޙިމަހުމު ﷲ ) ނަޤުލްކުރައްވާ )
■□( 2 ރުކުނަކީ ) ( ރޯދަ ހިފުން ވާޖިބުވާ ) ވަޤުތުގެ ތެރޭގައި ރޯދަގެއްލޭ އެންމެހާ ކަންތައްތަކުން ދުރުހެލިވެގެންހުރުން
■ (1)ރޯދަހިފުން ފެށޭ ވަޤުތު( ރޯދަގެއްލޭ އެންމެހާ ކަންތައްތަކުން ދުރުހެލިވެގެންހުރުން ފެށޭ ވަޤުތު)
□ދެވަނަ ފަޖުރު ވަނުމުން (( އެބަހީ : ފަޖުރުއް ޞާދިޤު ވަނުމުން ( ފަޖުރުއް ޞާދިޤުގައި (1) އަލިހުންނާނީ ފުޅާކޮޅެވެ .ހަމައެކަނި ދިގަށް ލައިނެއްގޮތަށް އަލި ނުހުންނާނެއެވެ.ފަޖުރުލް ކާޒިބުގައި އަލި ހުންނާނީ އެގޮތަށް ދިގަށް ލައިނެއްގޮތަށެެވެ ފަޖުރުލް ކާޒިބު އަންނާނީ ފަޖުރުއް ޞާދިޤުގެ ކުރިންނެވެ.(2) ފަޖުރުއް ޞާދިޤަށްފަހު އަލިދާނީ އިތުރަށް ފެތުރެމުންނެވެ.އެއީ އިރު އެރުމަށްދާންދެނެވެ.އެހެންނަމަވެސް ފަޖުރުލް ކާޒިބުގައި (ފަޖުރުއް ޞާދިޤުގެ ކުރިން އަންނަ ފަޖުރު) އަލިކަމަށްފަހު އަދި އަދިރިކަން އަންނާނެއެވެ.) ) ■■■ ދެވަނަ ފަޖުރުވަނުމުން (އެބަހީ : ފަޖުރުއް ޞާދިޤު ވަނުމުން ( ފަތިސް ބަންޤި ގޮވަންފެށުމުން) ރޯދަވެރިޔާއަށް ރޯދަގެއްލޭ އެންމެހާ ކަންތައްތަކުން ދުރުހެލިވެގެންހުރުން ވާޖިބުވާނެއެވެ.■■■ ގިނަ ޢިލްމުވެރިން
□ފަޖުރުވީއިރު ( ދެވަނަ ފަޖުރު( ފަޖުރުއް ޞާދިޤުވަންއިރު)) އިންސާނާގެ އަގައިގައި ކާއެއްޗެއް އޮވެއްޖެނަމަ ، އެކާއެތި އަނގައިގެ ތެރެއިން ބޭރުކޮށްލަންޖެހޭނެއެވެ.އަދި ރޯދަ ކުރިއަށްގެންދާނީއެވެ.އެހެންނަމަވެސް ފަޖުރުވީއިރު ( ދެވަނަ ފަޖުރު( ފަޖުރުއް ޞާދިޤުވަންފަހުން) ފަތިސް ބަންޤި ގޮވަން ފެށުމުން )އަނގައިގައި އޮތް ކާއެތިކޮޅު ދިރުވާލާފިނަމަ ރޯދަ ބާޠިލުވާނެއެވެ.( އެބަހީ:އޭރުން މިހާލަތުގައި އެރޯދަ އަލުން ހިފަންޖެހޭނެއެވެ.) 4 މަޛްހަބު
(މައުލޫމާތު ނެގިފައިވަނީ ملخص فقه العبادات ، القسم العلمي بمؤسسة الدرر السنية މިފޮތުން)
والله أعلم