كتاب الصيام (ރޯދަޔާއި ބެހޭ ފޮތް)
بسم الله الرحمان الرحيم.الحمد الله رب العالمين. والصلاة والسلام على نبينا محمد وعلى آله وصحبه وسلم.
126 ވަނަ ފިލާވަޅު : ރޯދައިގެ ތަޢުރީފާއި ރޯދަބެހޭ ބައިތައް
♢ ބަހުގެ ގޮތުން ރޯދައަކީ : ހިފެހެއްޓުމެވެ
♢ އިޞްޠިލާޙީ ގޮތުން ރޯދައަކީ : ﷲ އަށް އަޅުކަންކުރުމަށްޓަކައި، ފަޖުރުއްސުރެން އިރުއޮއްސެންދެން، ކެއުމާއި ބުއިމާއި އަދިވެސް އެހެނިހެން ރޯދަ ޤެއްލޭ އެންމެހާ ކަންތައްތައް ދުރުހެލިވެ ހުރުމެވެ.
■ ރޯދަބެހޭ ބައިތައް
ޝަރުޢީ ގޮތުން އަމުރުކުރެއްވިގެންވާ ރޯދަ (ދެބަޔަށް ބެހިގެންވެއެވެ)
ފުރަތަމަ ބަޔަަކީ (1) ވާޖިބު ރޯދަ (ދެ ވައްތަރެއްވެއެވެ)
(1) ޝަރުޢީގޮތުން އޭގެ އަސްލުގައި ވާޖިބު ރޯދަ (މުކައްލަފުގެ އެއްވެސް ސަބަބަކާއި ނުލާ): އެއީ ރަމަޟާންމަހުގެ ރޯދަ
(2) މުކައްލަފުގެ (ޢަމަލުކުރާ ފަރާތުގެ) ސަބަބުން ވާޖިބުވާ ރޯދަ: (1) ނަޛުރު ރޯދަ (2) ކައްފާރާ ރޯދަ (3) ޤަޟާ ރޯދަ
ދެވަނަ ބަޔަކީ (2) ސުންނަތް ރޯދަ (ދެ ވައްތަރެއްވެއެވެ)
(1) މުޠްލަޤުކޮށްވާ (ވަކި ވަޤުތެއް ކަނޑައެޅިފައިނެތް : ބޭނުމިއްޔާ ކުރަން) ސުންނަތް ރޯދަ: އެއީ ނައްޞުގައި (ދަލީލުގައި) ވަކި ވަޤުތެއް ކަނޑައެޅިފައި ނެތް ގޮތުގައި، ހިފުމަށް އައިސްފައިވާ ރޯދަ
(2) މުޤައްޔަދުކޮށް (ވަކި ވަޤުތެއް ކަނޑައެޅިފައިވާ) ސުންނަތް ރޯދަ: އެއީ ނައްޞުގައި(ދަލީލުގައި) ވަކި ވަޤުތެއް ކަނޑައެޅިފައިވާ ގޮތުގައި، ހިފުމަށް އައިސްފައިވާ ރޯދަ: މިސާލު (1) ޝައްވާލުމަހު 6 ދުވަސް ރޯދަހިފުން (2) ހޯމަ އަދި ބުރާސްފަތިދުވަސް ރޯދަހިފުން. (3) ޢަރަފާތްދުވަހު ރޯދަ ހިފުން (4) ޢާޝޫރާ ދުވަސް ( މުޙައްރަމު މަހު 10 ) އަދި މުޙައްރަމު މަހު 9 ވަނަ ދުވަސް ރޯދަހިފުން
□ ޝަރުޢީ ގޮތުން ނަހީކުރެއްވިގެންވާ ރޯދަ ( ދެބަޔަށްބެހިގެންވެއެވެ )
(1) ހިފުން ޙަރާމްވެގެންވާ ރޯދަ: މިސާލު: 2 ޢީދު ދެ ދުވަހު ރޯދަހިފުން
(2) ހިފުން މަކްރޫޙަވެގެންވާ ރޯދަ: މިސާލު: ޙައްޖުވެރިޔާ ޢަރަފާތްދުވަހު ރޯދަހިފުން
(މައުލޫމާތު ނެގިފައިވަނީ ملخص فقه العبادات ، القسم العلمي بمؤسسة الدرر السنية މިފޮތުން)
والله أعلم