ހޫނު ޚަބަރުޚަބަރު

މުއައްސަސާތަކުގެ ބައިން ފަޚުރުވެރި 1 ވަނަ ކެލާ ޔޫތު ފޯރަމް ހޯދައިފި

ކީރިތި ޤުރުއާން ކިޔެވުމުގެ 37 ވަނަ ޤައުމީ މުބާރާތުގެ މުއައްސަސާތަަކުގެ ބައިން ބަލައިގެން ކިޔުމުންނާއި، ހިތުން ކިޔެވުމުގެ ބައިން ފަޚުރުވެރި 1 ވަނަ ކެލާ ޔޫތު ފޯރަމް ހޯދައިފިއެވެ.

ހުސްވި ސެޕްޓެންބަރު މަހު ބޭއްވި މި މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް މިއަދު އިސްލާމީ މަރުކަޒުގައި ބޭއްވި ޖަލްސާގައި ކެލާ ޔޫތު ފޯރަމަށް އިނާމާއި، ސެޓްފިކެޓާއި އަދި ޓްރޮފީ ޙަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޝަރަފުވެރިކޮށްދެއްވި މި ޖަލްސާގައި ވަނަވަނައަށް ދިޔަ ދަރިވަރުންނަށް ވެސް އިނާމާއި، ސެޓްފިކެޓާއި އަދި ޓްރޮފީ ޙަވާލުކޮށްދެއްވާފައި ވެއެވެ. ޤުރުއާން ކިޔެވުމުގެ 37 ވަނަ ޤައުމީ މުބާރާތުގައި ކެލާ ޔޫތު ފޯރަމްގެ ފަރާތުން ވާދަކުރި 9 ދަރިވަރުންގެ ތެރެއިން 6 ދަރިވަރުން ފަަަަަަޚުރުވެރި ވަނަތައް ޙާޞިލްކޮށްފައި ވެއެވެ.

ހިތުން ކިޔެވުމުގެ ބައި

6 ފޮތުން 1 ވަނަ: ޒައިނަބު ބިންތު މުޙައްމަދު އިބްރާހީމް ކެލާ ޔޫތު ފޯރަމް

10 ފޮތުން 1 ވަނަ: އުވައިސް ބިން އިނާޒު ކެލާ ޔޫތު ފޯރަމް

20 ފޮތުން 1 ވަނަ: ޢަބްދުﷲ ޢައްޔާޝް އިބްރާހީމް ޝާހް ކެލާ ޔޫތު ފޯރަމް

ބަލައިގެން ކިޔެވުމުގެ ބައި

30 ފޮތުން 3 ވަނަ: ޢާއިޝަތު ލީސް އައުރަފް ފާރޫޤް ކެލާ ޔޫތު ފޯރަމް  

10 ފޮތުން 1 ވަނަ: އާކިފް ބިން އިބްރާހީމް ކެލާ ޔޫތު ފޯރަމް

20 ފޮތުން 1 ވަނަ: ސަނީމް މުޙައްމަދު ޝިނާން މުނީރު ކެލާ ޔޫތު ފޯރަމް  

މުޅި މުބާރާތުން

ބަލައިގެން ކިޔެވުމުން 3 ވަނަ: އާކިފް ބިން އިބްރާހީމް ކެލާ ޔޫތު ފޯރަމް  

ޖުމްލަ 1023 ދަރިވަރުން ވާދަކުރި މި މުބާރާތުން ކެލާ ޔޫތު ފޯރަމް ހޯދި ކާމިޔާބަށް ޓަކައި، ތިލައުތުރު ނޫހުގެ ފަރާތުން ތަހުނިޔާކިޔަމެވެ. މިއީ 2000 ވަނަ އަހަރުން ފެށިިގެން ކީރިތި ޤުރުއާނުގެ ޢިލްމަށް އެ ޖަމްޢިއްޔާއިން ކުރަމުން އަންނަ މަސައްކަތަށް ލިބުނު އިތުރު ހިތްވަރެކެވެ.

ކެލާ ވަޙީދު

ތަޢުލީމީ ދާއިރާގެ ޚިދުމަތުގެ ދަތުރު ވަޙީދު ފެއްޓެވީ 1988 ވަނަ އަހަރު ޕްރައިމަރީ ޓީޗަރެއްގެ ގޮތުގައި ހއ. އަތޮޅު ތަޢުލީމީ މަރުކަޒުންނެވެ. އޭގެ ފަހުން އެ މަރުކަޒުގެ އެސިސްޓެންޓް ސްޕަވައިޒަރުކަމާއި، އެސިސްޓެންޓް ހެޑްމާސްޓަރުކަން ކުރެއްވިއެވެ. 11 އަހަރުގެ ޚިދުމަތަށް ފަހު އެ މަރުކަޒު ދޫކުރައްވާ 1999 ގައި އަމިއްލަ ރަށް ކަމުގައިވާ ކެލާ، ޝައިޚް އިބްރާހީމް ސުކޫލުގެ އެސިސްޓެންޓް ހެޑްމާސްޓަރުކަމަށް ބަދަލުވެ، ފަހުން އެ ސުކޫލުގެ ޑެޕިޔުޓީ ޕްރިންސިޕަލުކަން ވެސް ކުރެއްވިއެވެ. 2012 ވަނަ އަހަރު ކެލާ ސުކޫލުގެ ވަޒީފާއިން ވަކިވެ 7 އަހަރަށް ވުރެ ގިނަ ދުވަހު ޣިޔާޘުއްދީން އިންޓަރނޭޝަލް ސުކޫލުގެ ދިވެހި މުދައްރިސެއްގެ ގޮތުގައި މަސައްކަތްކުރެއްވިއެވެ. އެއަށް ފަހު ތަޢުލީމީ ދާއިރާ ދޫކުރެއްވީ ގާތް ގަނޑަކަށް 4 އަހަރު ދިވެހި މުދައްރިސެއްގެ ގޮތުގައި ކަލާފާނު ސުކޫލުގައި މަސައްކަތް ކުރެއްވުމަށް ފަހުގައެވެ. ޖުމުލަ 36 އަހަރު ތަޢުލީމީ ދާއިރާގައި ވަޙީދު ވަނީ މަސައްކަތް ކުރައްވާފައެވެ.

އިތުރު ލިޔުން

ކޮމެންޓްކުރުމަށް

ތިބޭފުޅާގެ އީމެއިލްއެޑްރެސް ޕަބްލިޝެއް ނުކުރާނެ Required fields are marked *

Back to top button