172ވަނަ ފިލާވަޅު: ރޯދަ ދޫކޮށްލުން ހުއްދަ މީސްތަކުން

(5)ރޯދަ ދޫކޮށްލުން ހުއްދަ އިތުރު އެހެން ސަބަބުތައް
■ (1)ބުރަ ،ވަރުގަދަ ވަޒީފާ އަދާކުރައްވާ ބޭފުޅުން ( ރޯދަ ދޫކޮށްލެވޭނީ ކޮން ހާލަތެއްގައިކަން ތިރީގައި ބަޔާންކުރެވިފައިއެވަނީއެވެ.)
ފާއިދާ: ވަރުގަދަ މަސައްކަތްތައް ކުރައްވާ ބޭފުޅުން ވަންނާނީ މުކައްލަފުންގެ ތެރެއަށެވެ. (އެބަހީ: ރޯދަހިފަންޖެހޭ ބޭފުޅުންގެ ތެރެއަށެެވެ.) ބަލިބޭފުޅުންނާއި ދަތުރުވެރިންގެ ތެރެއަކަށް ނުވަންނާނެއެވެ. އެހެންކަމުން ( ވަރުގަދަ މަސައްކަތްތައް ކުރައްވާ ބޭފުޅުން) ރޯދަޔަށް ނިޔަތް ގަނެގެން ރޯދަހިފަންޖެހޭނެެއެވެ. އެހެންނަމަވެސް (1) މަސައްކަތް ވަރަށް ބުރަ ވަޒީފާއެއްގައި އުޅުއްވާ ބޭފުޅެއް ،● އެބޭފުޅާގެ އެއަމަލު ދޫކޮށްލައިފިނަމަ އެބޭފުޅާއަށް ޤެއްލުންވާ (ޚަރަދުކުރަންޖެހޭ ފަރާތްތަކަށް ޚަރަދުނުކުރެވުން، ކާބޯތަކެތި ނެތުން) ● އަދި ރޯދަޔަށް ހުރުމާއެކު އެބުރަ އަދާކުރާނމަަ އެބޭފުޅާއަށް ޤެއްލުންވާ (ޞިއްޙަތަށް) ނުވަތަ ބޮޑު ޤެއްލުމެއް ލިބުން : ♢މިހާލަތުގައި ފުދޭ މިންވަރަށް ރޯދަ ވީއްލާނީއެވެ. (ކަަައި ބޮއި ހަދާނީއެވެ.) ♢ އެއީ އެޤެއްލުމުން ފުދޭ މިންވަރަށެވެ. ދެން ބާކީބައިގައި ރޯދަ ޤެއްލޭ ކަންތައްތަކަުން ދުރުހެލިވެ ހުންނާނީއެވެ.އަދި މީސްތަކުންނާއި އެކު ރޯދަވީއްލާނީއެވެ.އަދި ފަހުން އެރޯދަ ޤަޟާކުރާނީއެެ.
■ (2)ބަނޑު ހައި ހޫނުކަން ނުވަތަ ކަރުހިއްކުން ވަރަށްބޮޑުވެ : މަރުވެދާނެކަމަށް ނުވަތަ ގުނަވަނެއް ނެތިގެންދާނެކަމަށް ، އަޘަރުކޮށްފާނެެކަމަށް ބިރުވެތިވާނަމަ ، :: ފަހެ މިހާލަތުގައި ރޯދަދޫކޮށްލުން ވާޖިބުވެގެންވެއެވެ. އަދި އެދުވަސްތަކުގެ ބަދަލުގައި އެހެން ދުވަސްތަކެއްގައިވަނީ ޤެއްލުނު ރޯދަތައް ޤަޟާކުރުމެވެ. ■ މިފަދައިން މާލިކީން އަދި ޝާފިޢީން ނައްޞުކުރައްވާފައިވެއެވެ.
■ (3)ރޯދަވެރިޔާއަށް ރޯދަ ދޫކޮށްލުމަށް މަޖުބޫކުރެވުމުން ، ރޯދަ ދޫކޮށްލުން ހުއްދައެވެ . ރޯދަވެރިޔާ ފާފަވެރިނުވާނެއެވެ. އަދި ރޯދަ ޞައްޙަވެގެންވެއެވެ. ފަހުން ޤަޟާކުރާކަށްނުޖެހޭނެއެވެ. އެއީ އެހެންފަރާތެއްގެ ޢަމަލަކުން ވިޔަސް – ރޯދަވެރިޔާގެ ކަރަށް ގަދަކަމުން ފެން އެޅުން މިޘާލަކަށް – ނުވަތަ ރޯދަވެރިޔާ އަމިއްލައަށް މަޖްބޫރުވެގެން ކުރާ ޢަމަލަކުން (އަމިއްލަ އަތުން ފެން ބުއިން) ވިޔަސްމެއެވެ. ■ ޝާފިޢީންގެ ބަސްފުޅު އަދި ޙަންބަލީން
■ (4)ﷲ ގެ މަގުގައި ޖިހާދުކުރާ މުޖާހިދުން ރޯދަދޫކޮށްލުން ހުއްދަވެގެންވެއެވެ. ■ ޙަނަފީންގެ ބަސްފުޅު ، މާލިކީން ، އަޙުމަދުގެ ރިވާޔަތެއް ، ….
(މައުލޫމާތު ނެގިފައިވަނީ ملخص فقه العبادات ، القسم العلمي بمؤسسة الدرر السنية މިފޮތުން)
والله أعلم