ސްޕޯރޓްސް ފިޝިންގއަށް ޚާއްޞަ ކަނދުފަތި އަޅަނީ

ކެލާގެ މަސްވެރި ޒުވާނުން ބޭނުންވާ ސަރަޙައްދުގައި އަޅައިދެއްވާ، ސްޕޯރޓްސް ފިޝިންގއަށް ޚާއްޞަ ކަނދުފަތި އަޅައިދެއްވުމަށް ބޭނުންވާ ސާމާނު ބަރުކޮށް، ދަތުރުކުރާ ދޯނީގެ ދަތުރު ފަށައިފި ކަމަށް އެމްޕީ ޢަބްދުﷲ ޝަރީފު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޢަބްދުﷲ ޝަރީފު މި ކަން ހާމަކުރެއްވީ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައެވެ. މި ޕޯސްޓާއެކު އެމްޕީ ވަނީ ބޮއިއަރުވައިފައިވާ ދޯނީގެ ފޮޓޯތަކެއް ވެސް ހިއްސާކުރައްވައިފައެވެ.

ސްޕޯރޓްސް ފިޝިންގއަށް ޚާއްޞަ ކަނދުފައްޗެއް ކެލައާ 5 މޭލު ބޭރުގައި އަޅައިދެއްވުމަކީ ކެލާ ދާއިރާގެ ޒުވާން މަސްވެރިންނށް ޚާޢްޞާކޮށް ކެލާގެ ޒުވާން މަސްވެރިންނަށް ލިބޭ އުފާވެރި ޚަބަރެކެވެ. ކެލައަކީ މަސްވެރި ރަށަކަށް ނުވިއަސް ކުލައަކީ، ސްޕޯރޓްސް ފިޝިންގއަށް ލޯބިކުރާ ރައްޔިތަކު ދިރިއުޅޭ ރަށެކެވެ.
ޒުވާނުންނަށް ބޭނުންވާ ތަރައްޤީއާ، އެބައިމީހުން އެދޭ ކަންތައް ހަމަޖައްސައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އަންނަނީ ނުހަނު ބޮޑު އިސްކަމެއް ދެއްވަމުންނެވެ. އަތޮޅު ފެންވަރުގައި މި އަހަރުގެ މަސްވެރިންގެ ދުވަސް ކެލާގައި ފާހަގަކުރާ އިރު، މި ފަދަ ކަނދުފައްޗެއް ކެލާ ކައިރީގައި އެޅިގެން ދިޔުމަކީ އިތުރު އުފަލެއް ލިބިގެންދާނެ ކަމެކެވެ.

ތިލައުތުރަށް ލިބިފައިވާ ޚަބަރުތައް ތެދުކަމުގައި ވާނަމަ ށ. މާއުނގޫދޫ ކައިރީގައި އަޅައި ކަނދުފަތި އެޅުމަށް ފަހު، އެ ދޯނި އަނބުރާ މާލެއަންނާނީ ކެލާގެ ޒުވާނުންނަށް އަަޅައިދޭ ކަނދުފަތި އަޅައިދެއްވުމަށް ފަހުގައެވެ.