ހޫނު ޚަބަރު

ޤުރުއާން ކިޔެވުމުގެ 37 ވަނަ ޤައުމީ މުބާރާތުގައި ހއ. ތަމްސީލުކުރާ ޓީމުގައި ޝައިޚް އިބްރާހީމް ސުކޫލުގެ 4 ދަރިވަރުން

1037 ދަރިވަރުނާއެކު މިރޭ ފަށާ ޤުރުއާން ކިޔެވުމުގެ 37 ވަނަ ޤައުމީ މުބާރާތުގައި ހއ. އަތޮޅު ތަމްސީލުކުރާ ޓީމުގައި ކެލާ, ޝައިޚް އިބްރާހީމް ސުކޫލުގެ 4 ދަރިވަރަކު ހިމެނިއްޖެއެވެ.

ހއ.  އަތޮޅު ތަމްސީލުކުރާ ޓީމުގެ 25 އިންސައްތަ ހިއްސާކުރަނީ ކެލައެވެ. އެންމެ ގިނަ ދަރިވަރުން ހިމެނިފައި ވަނީ އަތޮޅުގެ މައި ރަށުންނެވެ. އިންސައްތައަކީ 38 އެވެ. 3 ވަނަ އަށް އެންމެ ގިނަ ދަރިވަރުން ހިއްސާކުރަނީ ހޯރަފުށިންނެވެ. ހޯރަފުށީގެ އިންސައްތައަކީ 19 އެވެ. 

ޖުމްލަ 16 ދަރިވަރުން ތަމްސީލު ހއ. އަތޮޅު ޓީމުގައި ދެން ހިމެނެނީ އިހަވަންދޫ، މާރަންދޫ އަދި ތުރާކުނުން ކުރެ ކޮންމެ ރަށަކުން ދަރިވަރެކެވެ.

ހއ. އަތޮޅު ތަމްސީލުކުރާ ޝައިޚް އިބްރާހީމް ސުުކޫލުގެ ދަރިވަރުން

1. ޢާއިޝަތު ނީޝާން އާދަމް ނާފިޒު

2. ޢަބްދުﷲ ޒަލަފް ޒުހުދު

3. ޢީޝާ އަޙްމަދު ސިޔާމް

4. އާމިނަތު މުފްލިޙާ

ހއ. އަތޮޅު ޓީމަށް ތިލައުތުރު ނޫހުން ކާމިޔާބަށް އެދެމެވެ. ތިޔަ 16 ދަރިވަރުން އަތޮޅަށް ރީތި ނަން ހޯދައިދޭނެ ކަމަށް އުންމީދުކުރަމެވެ.

ކެލާ ވަޙީދު

ތަޢުލީމީ ދާއިރާގެ ޚިދުމަތުގެ ދަތުރު ވަޙީދު ފެއްޓެވީ 1988 ވަނަ އަހަރު ޕްރައިމަރީ ޓީޗަރެއްގެ ގޮތުގައި ހއ. އަތޮޅު ތަޢުލީމީ މަރުކަޒުންނެވެ. އޭގެ ފަހުން އެ މަރުކަޒުގެ އެސިސްޓެންޓް ސްޕަވައިޒަރުކަމާއި، އެސިސްޓެންޓް ހެޑްމާސްޓަރުކަން ކުރެއްވިއެވެ. 11 އަހަރުގެ ޚިދުމަތަށް ފަހު އެ މަރުކަޒު ދޫކުރައްވާ 1999 ގައި އަމިއްލަ ރަށް ކަމުގައިވާ ކެލާ، ޝައިޚް އިބްރާހީމް ސުކޫލުގެ އެސިސްޓެންޓް ހެޑްމާސްޓަރުކަމަށް ބަދަލުވެ، ފަހުން އެ ސުކޫލުގެ ޑެޕިޔުޓީ ޕްރިންސިޕަލުކަން ވެސް ކުރެއްވިއެވެ. 2012 ވަނަ އަހަރު ކެލާ ސުކޫލުގެ ވަޒީފާއިން ވަކިވެ 7 އަހަރަށް ވުރެ ގިނަ ދުވަހު ޣިޔާޘުއްދީން އިންޓަރނޭޝަލް ސުކޫލުގެ ދިވެހި މުދައްރިސެއްގެ ގޮތުގައި މަސައްކަތްކުރެއްވިއެވެ. އެއަށް ފަހު ތަޢުލީމީ ދާއިރާ ދޫކުރެއްވީ ގާތް ގަނޑަކަށް 4 އަހަރު ދިވެހި މުދައްރިސެއްގެ ގޮތުގައި ކަލާފާނު ސުކޫލުގައި މަސައްކަތް ކުރެއްވުމަށް ފަހުގައެވެ. ޖުމުލަ 36 އަހަރު ތަޢުލީމީ ދާއިރާގައި ވަޙީދު ވަނީ މަސައްކަތް ކުރައްވާފައެވެ.

އިތުރު ލިޔުން

ކޮމެންޓްކުރުމަށް

ތިބޭފުޅާގެ އީމެއިލްއެޑްރެސް ޕަބްލިޝެއް ނުކުރާނެ Required fields are marked *

Back to top button