ހޫނު ޚަބަރުޚަބަރު

ޤައުމީ ފުޓްސަލް ސްކޮޑަށް ޢަބްދުﷲ ޒިމާމް

އޭއެފްސީ ފުޓްސަލް އޭޝިއަން ކަޕްގެ ކޮލިފިކޭޝަނަށް އެކުލަވާލި، ރާއްޖޭގެ ޤައުމީ ފުޓްސަލް ޓީމުގެ ގޯލުކީޕަރަކަށް މި ރަށު (ހއ. ކެލާ) ނިރު، ޢަބްދުﷲ ޒިމާމް ހިމަނުއްވައިފިއެވެ.

ރާއްޖެ ހިމެނޭ ގްރޫޕް އެޗްގެ މެޗުތައް ކުޅުމަށް ހަމަޖެހިފައި ވަނީ މިޔަންމާގައެވެ. އޭއެފްސީ ފުޓްސަލް އޭޝިއަން ކަޕް ކޮލިފިކޭޝަންގެ ގްރޫޕް އެޗްގައި ރާއްޖެއާއެކު ހިމެނެނީ މިޔަންމާއާއި، އަފްޤާނިސްތާނެވެ.

ރާއްޖެ ކުޅޭ ފުރަތަމަ މެޗަށް ނުކުންނާނީ މި މަހުގެ 20 ވަނަ ދުވަހު، އަފްޤާނިސްތާނާއެކުގައެވެ. ދެ ވަނަ މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 22 ވަނަ ދުވަހު، މުބާރާތް ބާއްވާ ޤައުމު ކަމުގައިވާ މިޔަންމާއާއެކުގައެވެ.

ފުޓްސަލް އޭޝިއަން ކަޕް ކޮލިފިކޭޝަންގައި ރާއްޖެ އެންމެ ފަހުން ވާދަކޮށްފައި ވަނީ 2023 ވަނަ އަހަރުގައެވެ. އީރާނާއި، ލުބުނާން އަދި ކިރުގިސްތާނާއެކު 2023 ގައި ކުޅުނު ކޮލިފިކޭޝަންގެ އެއްވެސް މެޗަކުން އެ އަހަރު ރާއްޖެ މޮޅުވެފައި ނުވެއެވެ.

މި އަހަރުގެ ޤައުމީ ފުޓްސަލް ޓީމުގެ ކޯޗަކީ އަޙްމަދު ނިޔާޒު (ނިޔާ)އެވެ. ޓީމުގެ މެނޭޖަރަކީ މުޙައްމަދު ޢުމައިރެވެ. 2026 ވަނަ އަހަރު އިންޑަނޭޝިޔާގައި ބޭއްވުމަށް ހަމަޖެހިފައި ފުޓްސަލް އޭޝިއަން ކަޕަށް ޖާގަ ޔަޤީންކަމާއެކު ލިބެނީ ގުރޫޕްގެ 1 ވަނަ ޓީމަށެވެ. ދެ ވަނައަށް ދާ 8 ޓީމުގެ ތެރެއިން  ނަތީޖާ ރަނގަޅު 7 ޓީމަށް ވެސް އޭޝިއަން ކަޕްގެ ފުރުޞަތު ލިބެއެވެ.

ކެލާ ވަޙީދު

ތަޢުލީމީ ދާއިރާގެ ޚިދުމަތުގެ ދަތުރު ވަޙީދު ފެއްޓެވީ 1988 ވަނަ އަހަރު ޕްރައިމަރީ ޓީޗަރެއްގެ ގޮތުގައި ހއ. އަތޮޅު ތަޢުލީމީ މަރުކަޒުންނެވެ. އޭގެ ފަހުން އެ މަރުކަޒުގެ އެސިސްޓެންޓް ސްޕަވައިޒަރުކަމާއި، އެސިސްޓެންޓް ހެޑްމާސްޓަރުކަން ކުރެއްވިއެވެ. 11 އަހަރުގެ ޚިދުމަތަށް ފަހު އެ މަރުކަޒު ދޫކުރައްވާ 1999 ގައި އަމިއްލަ ރަށް ކަމުގައިވާ ކެލާ، ޝައިޚް އިބްރާހީމް ސުކޫލުގެ އެސިސްޓެންޓް ހެޑްމާސްޓަރުކަމަށް ބަދަލުވެ، ފަހުން އެ ސުކޫލުގެ ޑެޕިޔުޓީ ޕްރިންސިޕަލުކަން ވެސް ކުރެއްވިއެވެ. 2012 ވަނަ އަހަރު ކެލާ ސުކޫލުގެ ވަޒީފާއިން ވަކިވެ 7 އަހަރަށް ވުރެ ގިނަ ދުވަހު ޣިޔާޘުއްދީން އިންޓަރނޭޝަލް ސުކޫލުގެ ދިވެހި މުދައްރިސެއްގެ ގޮތުގައި މަސައްކަތްކުރެއްވިއެވެ. އެއަށް ފަހު ތަޢުލީމީ ދާއިރާ ދޫކުރެއްވީ ގާތް ގަނޑަކަށް 4 އަހަރު ދިވެހި މުދައްރިސެއްގެ ގޮތުގައި ކަލާފާނު ސުކޫލުގައި މަސައްކަތް ކުރެއްވުމަށް ފަހުގައެވެ. ޖުމުލަ 36 އަހަރު ތަޢުލީމީ ދާއިރާގައި ވަޙީދު ވަނީ މަސައްކަތް ކުރައްވާފައެވެ.

އިތުރު ލިޔުން

ކޮމެންޓްކުރުމަށް

ތިބޭފުޅާގެ އީމެއިލްއެޑްރެސް ޕަބްލިޝެއް ނުކުރާނެ Required fields are marked *

Back to top button