ހޫނު ޚަބަރުޚަބަރު

ފިއްލަދޫ ސްޕޯރޓްސް އެކަޑަމީއާ  ކެލާ ޔޫތު ފޯރަމް ސްޕޯރޓްސް އެކަޑަމީގެ ރަޙްމަތްތެރިކަމުގެ މެޗު ފިއްލަދޫ ސްޕޯރޓްސް އެކަޑަމީން ކާމިޔާބުކޮށްފި

މިއަދު ހަވީރު ފިއްލަދޫގައި ކުޅުނު މި މެޗް ބޮޑު ތަފާތަކުން ކެލާ ޔޫތު ފޯރަމް ސްޕޯރޓްސް އެކަޑަމީގެ މައްޗަށް ފިއްލަދޫ ސްޕޯރޓްސް އެކަޑަމީން ކާމިޔާބުކުރީ 31 ލަނޑު 15 ލަނޑުންނެވެ. 

ދެ އެކަޑަމީގެ ގްރޭޑް 5 އާއި 8 އާ ދެމެދުގެ ކުދިން ކުޅުނު މި މެޗް ޝަރަފުވެރިކޮށްދެއްވީ ފިއްލަދޫ ސްކޫލުގެ ލީޑިން ޓީޗަރ ފާޠިމަތު ނުސްރާއާއި، ފިއްލަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާ ޢާއިޝަތު ވަޙީދާއެވެ.

ފިއްލަދޫ ސްޕޯރޓްސް އެކަޑަމީއަކީ މީގެ 5 އަހަރު ކުރިން ފެށިގެން ހޭންޑް ދަސްކޮށްދިނުމުގައި ޙަރަކާތްތެރިވަމުން އަންނަ އެކަޑަމީއެކެވެ. ކޭ. ވައި. އެފް ސްޕޯރޓްސް އެކަޑަމީން ހޭންޑް ބޯލް ޙަރަކާތްތައް ފެށީ މީގެ ދޮޅު އަހަރެއް ކުރިންނެވެ.

ކޭ.ވައި.އެފް ސްޕޯރޓްސް އެކަޑަމީގެ ދަރިވަރުންނާއި އޮފިޝަލުންނަށް ފިއްލަދޫއަށް ކުރި މި ޒިޔާރަތަށް، ހޫނު މަރުޙަބާއެއް ފިއްލަދޫއިން ކިޔާފައިވާކަން ކެލާ އެކަޑަމީން ފާހަގަކުރެއްވިއެވެ. ފިއްލަދޫއާއި، ކެލައަކީ އަބަދުވެސް ގާތްގުޅުމެއް އޮންނަ ދެ ރަށެވެ. އިންތިޚާބީ ގޮތުން ވެސް މި ދެ ރަށް ހިމެނިފައި ވަނީ އެއް ދާއިރާއެއްގައެވެ.

ކެލާ ވަޙީދު

ތަޢުލީމީ ދާއިރާގެ ޚިދުމަތުގެ ދަތުރު ވަޙީދު ފެއްޓެވީ 1988 ވަނަ އަހަރު ޕްރައިމަރީ ޓީޗަރެއްގެ ގޮތުގައި ހއ. އަތޮޅު ތަޢުލީމީ މަރުކަޒުންނެވެ. އޭގެ ފަހުން އެ މަރުކަޒުގެ އެސިސްޓެންޓް ސްޕަވައިޒަރުކަމާއި، އެސިސްޓެންޓް ހެޑްމާސްޓަރުކަން ކުރެއްވިއެވެ. 11 އަހަރުގެ ޚިދުމަތަށް ފަހު އެ މަރުކަޒު ދޫކުރައްވާ 1999 ގައި އަމިއްލަ ރަށް ކަމުގައިވާ ކެލާ، ޝައިޚް އިބްރާހީމް ސުކޫލުގެ އެސިސްޓެންޓް ހެޑްމާސްޓަރުކަމަށް ބަދަލުވެ، ފަހުން އެ ސުކޫލުގެ ޑެޕިޔުޓީ ޕްރިންސިޕަލުކަން ވެސް ކުރެއްވިއެވެ. 2012 ވަނަ އަހަރު ކެލާ ސުކޫލުގެ ވަޒީފާއިން ވަކިވެ 7 އަހަރަށް ވުރެ ގިނަ ދުވަހު ޣިޔާޘުއްދީން އިންޓަރނޭޝަލް ސުކޫލުގެ ދިވެހި މުދައްރިސެއްގެ ގޮތުގައި މަސައްކަތްކުރެއްވިއެވެ. އެއަށް ފަހު ތަޢުލީމީ ދާއިރާ ދޫކުރެއްވީ ގާތް ގަނޑަކަށް 4 އަހަރު ދިވެހި މުދައްރިސެއްގެ ގޮތުގައި ކަލާފާނު ސުކޫލުގައި މަސައްކަތް ކުރެއްވުމަށް ފަހުގައެވެ. ޖުމުލަ 36 އަހަރު ތަޢުލީމީ ދާއިރާގައި ވަޙީދު ވަނީ މަސައްކަތް ކުރައްވާފައެވެ.

އިތުރު ލިޔުން

ކޮމެންޓްކުރުމަށް

ތިބޭފުޅާގެ އީމެއިލްއެޑްރެސް ޕަބްލިޝެއް ނުކުރާނެ Required fields are marked *

Back to top button