ޚަބަރު

ޝައިޚް އިބްރާހީމް ސުކޫލުގެ ބެސްޓް އޯލްރައުންޑަކަށް މުޙައްމަދު ނާޒިހް އަދި ބެސްޓް އެކަޑަމިކް ސްޓޫޑެންޓަކަށް އާދަމް އަސީލް

ކެލާ، ޝައިޚް އިބްރާހީމް ސްކޫލުގެ 2023 އަދި 2024ގެ ބެސްޓް އޯލްރައުންޑަކަށް މުޙައްމަދު ނާޒިހް އަދި ބެސްޓް އެކަޑަމިކް ސްޓޫޑެންޓަކަށް ެއާދަމް އަސީލް ހޮވިއްޖެއެވެ.

އަހަރީ އިނާމުދިނުމަށް ރޭ ޝައިޚް އިބްރާހީމް ސުކޫލުގެ ހޯލުގައި ބޭއްވި ރަސްމިއްޔާތުގައި ބެސްޓް އޯލްރައުންޑް ސްޓޫޑެންޓް ނާޒިހަށާއި، ބެސްޓް އެކަޑަމިކް ސްޓޫޓްޑެންޓް އާދަމް އަސީލަށް އިނާމު ޙަވާލުކޮށްދެއްވީ ޝަރަފުވެރި މެހްމާނު މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ޑެޕިޔުޓީ ސްްޕްރިންޓެންޑެންޓް ެައަލްފާޟިލް މުޙައްމަދު ނަޡީމެވެ.

އެޑިޔުކޭޝަން މިނިސްޓްރީގެ ސްޕްރިން ޓެންޑެންޓް މުޙައްމަދު ނަޡީމް ރޭގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ދެއްކެވިވާހަކަފުޅުގައި 

ކާމިޔާބު ހޯދަން ނުކުންނަ އިރު ދަތިތަކާއި، ތުރާލާ ވެސް ދިމާވާނެ ކަމަށް ވިދާޅުވިއެވެ. އަދި ކަންތައް ކާމިޔާބުވާނީ  އެ ފަދަ އެކަންކަމާ ވެސް ކުރިމަތިލައިގެން ކަމަށް ވިދާޅުވިއެވެ.

“ކާމިޔާބަކީ އެއަށް ބޭނުންވެގެން ހޯދޭނެ އެއްޗެއް. އެ ކުއްޖަކު ބޭނުން ދާއިރާއަކުން ކުރިއަށްދާން އުދުހިގަންނާންވި. އޭރުން އެ ކަންކަން ޙާޞިލްކުރެވޭނެ” ޗީފްގެސްޓް ނަޡީމް ވިދާޅުވިއެވެ.

މުނިފޫހިފިލުވުމުގެ ޙަރަކާތްތަކާއެކު ކުރިއަށް ދިޔަ މި ރަސްމިއްޔާތުގައި ނިމުނު 2023 އަދި 2024ގެ ތަފާތު މަޤާމުތައް ޙާޞިލްކުރި ދަރިވަރުންނަށް ވެސް އިނާމު ދެވިފައި ވެއެވެ. ބެސްޓް އޯލްރައުންޑު ސްކައުޓަކަށް އަދި ބެސްޓް އެކަޑަމިކް ސްކައުޓަކަށް ހޮވުނީ ވެސް ބެސްޓްއޯލް ރައުންޑްގެ މަޤާމު ޙާޞިލްކުރި މުހައްމަދު ނާޒިހެވެ. ބެސްޓް އޯލްރައުންޑު  ގައިޑަކަށް ހޮވުނީ މާޔާ މުހައްމަދެވެ. ބެސްޓު އެކަޑަމިކް ގައިޑަކަށް ހޮވުނީ ޙައްވާ ފުނޫން ފައްޔާޒެވެ

ކެލާ ވަޙީދު

ތަޢުލީމީ ދާއިރާގެ ޚިދުމަތުގެ ދަތުރު ވަޙީދު ފެއްޓެވީ 1988 ވަނަ އަހަރު ޕްރައިމަރީ ޓީޗަރެއްގެ ގޮތުގައި ހއ. އަތޮޅު ތަޢުލީމީ މަރުކަޒުންނެވެ. އޭގެ ފަހުން އެ މަރުކަޒުގެ އެސިސްޓެންޓް ސްޕަވައިޒަރުކަމާއި، އެސިސްޓެންޓް ހެޑްމާސްޓަރުކަން ކުރެއްވިއެވެ. 11 އަހަރުގެ ޚިދުމަތަށް ފަހު އެ މަރުކަޒު ދޫކުރައްވާ 1999 ގައި އަމިއްލަ ރަށް ކަމުގައިވާ ކެލާ، ޝައިޚް އިބްރާހީމް ސުކޫލުގެ އެސިސްޓެންޓް ހެޑްމާސްޓަރުކަމަށް ބަދަލުވެ، ފަހުން އެ ސުކޫލުގެ ޑެޕިޔުޓީ ޕްރިންސިޕަލުކަން ވެސް ކުރެއްވިއެވެ. 2012 ވަނަ އަހަރު ކެލާ ސުކޫލުގެ ވަޒީފާއިން ވަކިވެ 7 އަހަރަށް ވުރެ ގިނަ ދުވަހު ޣިޔާޘުއްދީން އިންޓަރނޭޝަލް ސުކޫލުގެ ދިވެހި މުދައްރިސެއްގެ ގޮތުގައި މަސައްކަތްކުރެއްވިއެވެ. އެއަށް ފަހު ތަޢުލީމީ ދާއިރާ ދޫކުރެއްވީ ގާތް ގަނޑަކަށް 4 އަހަރު ދިވެހި މުދައްރިސެއްގެ ގޮތުގައި ކަލާފާނު ސުކޫލުގައި މަސައްކަތް ކުރެއްވުމަށް ފަހުގައެވެ. ޖުމުލަ 36 އަހަރު ތަޢުލީމީ ދާއިރާގައި ވަޙީދު ވަނީ މަސައްކަތް ކުރައްވާފައެވެ.

އިތުރު ލިޔުން

ކޮމެންޓްކުރުމަށް

ތިބޭފުޅާގެ އީމެއިލްއެޑްރެސް ޕަބްލިޝެއް ނުކުރާނެ Required fields are marked *

Back to top button