ދަނޑުބިމަށް ކުރިމަތިލީ މީހުންގެ ތެރެއިން 16 މީހަކަށް ޝަރުޠުހަމަވާ ކަމަށް އިޢުލާންކޮށް، ޝަކުވާހުށަހެޅުމަށް ހުޅުވައިލައިފި

ހއ. ކެލާއިން ހިލޭ ދޫކުރާ 5 ހާސް އަކަފޫޓުގެ ދަނޑުބިމަށް ކުރިމަތިލީ 22 މީހުންގެ ތެރެއިން 16 މީހަކަށް ޝަރުޠުހަމަވާ ކަމަށް އިޢުލާންކޮށް ޝަކުވާ ހުށަހެޅުމަށް ހުޅުވައިލައިފިއެވެ.
2025 އޯގަސްޓް 21 ވަނަ ދުވަހު ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކޮށްފައިވާ، ކެލާ ކައުންސިލް އިދާރާގެ ނަންބަރު: (IUL)249-B/249/2025/76 އިޢުލާނުން ދަންނަވާފައިވާ ގޮތުގައި، އެ ލިސްޓަކީ 2025 އޮގަސްޓު 6 ވަނަ ދުވަހު އެ ކައުންސިލުން ކޮށްފައިވާ އިޢުލާން (IUL)249-B/249/2025/71 އާ ގުޅިގެން ރަށުގެ ދެކުނުކޮޅާއި، ތޮށިމަތި ސަރަޙައްދުން ދަނޑުވެރިކަން ކުރުމަށް، ދަނޑުބިމަށް އެދި ފޯމު ހުށަހެޅި ފަރާތްތަކުގެ ލިސްޓްކަމަށެވެ.
ތިލައުތުރަށް ލިބިފައިވާ މަޢުލޫމާތުގައި ވާގޮތުން ނަމަ، މިއީ އެ ކައުންސިލުން ދަނޑުބިން ދޫކުރާ ތިން ވަނަ ބުރެވެ.
ދަނޑުވެރި ކެލައިން ދަނޑުވެރިންނަށް ދޫކުރުމަށް ނިންމި ދަނޑުބިންތަކާ މެދު ޝަކުވާ ހުށަހެޅުމަށް ދީފައިވާ ސުންގަޑިއަކީ މި ހިނގާ އޯގަސްޓް މަހުގެ 28 ވާ ބުރާސްފަތި ދުވަހުގެ 14.00 އެވެ. ލިޔުމުން ނުވަތަ އީމެއިލުން ވެސް ޝަކުވާ ހުށަހެޅިދާނެއެވެ. އެ އިދާރާގެ އީމެއިލް އެޑްރެހަކީ [email protected] އެވެ.