ޚަބަރު

ހއ. އަތޮޅު ރަންތާޖު ޤުރުއާން މުބާރާތުގައި ބައިވެރިވުމަށް ހުޅުވައިލައިފި

ހއ. އަތޮޅު ރަންތާޖު ޤުރުއާން މުބާރާތުގައި ބައިވެރިވުމަށް ހުޅުވައިލައިފިއެވެ. މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ކެލާ ކައުންސިލް އިދާރާއިން ހުޅުވާލީ ސަރުކާރުގެ ގެޒެޓް މެދުވެރިކޮށް ކުރެއްވި އެ އިދާރާގެ ނަންބަރު: 249-B/249/2025/74 އިޢުލާނުންނެވެ.

ހއ.އަތޮޅު ކައުންސިލް އިދާރާއިން އިންތިޒާމްކޮށްގެން އަތޮޅުގެ އެކި ރަށްރަށުގައި ބާއްވަމުން ރަންތާޖު ޤުރުއާން މުބާރާތް މި އަހަރު ބޭއްވުމަށް ހަމަޖެހިފައި ވަނީ ކެލާގައެވެ. ސަބަބަކީ މި އަހަރުގެ މުބާރާތް ބޭއްވުމަށް ހުޅުވާލި ފުރުޞަތުގެ ދަށުން ޕްރޮޕޯސަލް ހުށަހަޅައިގެން އެ ފުރުސަތު ހޯދާފައި ވަނީ ކެލައިން ކަމަށްވުމެވެ. މި އަހަރުގެ މުބާރާތް ބޭއްވުމަށް ހަމަޖެހިފައި ވަނީ އޮކްޓޯބަރު މަހުގެ 24 އިން 25 އަށެވެ.

ކެލާ ކައުންސިލް އިދާރާއިން ކުރައްވާފައިވާ އިޢުލާނުގައި ދަންނަވާފައިވާ ގޮތުން ނަމަ މި މުބާރާތުގެ އޮޑިޝަން މި ހިނގާ އޯގަސްޓް މަހުގެ 30 ވަނަ ދުވަހު ކެލާގައި އޮންނާނެއެވެ. އޮޑިޝަންގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މި ހިނގާ އޯގަސްޓް މަހުގެ 21ގެ ކުރިން ފޯމު ފުރިހަމަކޮށް އެ އިދާރާއަށް ހުށަހަޅަން ޖެހެއެވެ.

ހއ.ގެ ރަށްތަކަށް ހުޅުވާލައިގެން ބާއްވާ މި މުބާރާތުގައި އެ ރަށެއް ތަމްސީލް ކުރުމުގެ ފުރުޞަތު ދިނުމަށް ހަމަޖެހިފައި ވަނީ މި އަހަރުގެ ޖުލައި މަހުގެ 8 ވަނަ ދުވަހުގެ ކުރިން އެ ރަށެއްގެ ރައްވެއްސެއްގެ ގޮތުގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.

ކެލާ ވަޙީދު

ތަޢުލީމީ ދާއިރާގެ ޚިދުމަތުގެ ދަތުރު ވަޙީދު ފެއްޓެވީ 1988 ވަނަ އަހަރު ޕްރައިމަރީ ޓީޗަރެއްގެ ގޮތުގައި ހއ. އަތޮޅު ތަޢުލީމީ މަރުކަޒުންނެވެ. އޭގެ ފަހުން އެ މަރުކަޒުގެ އެސިސްޓެންޓް ސްޕަވައިޒަރުކަމާއި، އެސިސްޓެންޓް ހެޑްމާސްޓަރުކަން ކުރެއްވިއެވެ. 11 އަހަރުގެ ޚިދުމަތަށް ފަހު އެ މަރުކަޒު ދޫކުރައްވާ 1999 ގައި އަމިއްލަ ރަށް ކަމުގައިވާ ކެލާ، ޝައިޚް އިބްރާހީމް ސުކޫލުގެ އެސިސްޓެންޓް ހެޑްމާސްޓަރުކަމަށް ބަދަލުވެ، ފަހުން އެ ސުކޫލުގެ ޑެޕިޔުޓީ ޕްރިންސިޕަލުކަން ވެސް ކުރެއްވިއެވެ. 2012 ވަނަ އަހަރު ކެލާ ސުކޫލުގެ ވަޒީފާއިން ވަކިވެ 7 އަހަރަށް ވުރެ ގިނަ ދުވަހު ޣިޔާޘުއްދީން އިންޓަރނޭޝަލް ސުކޫލުގެ ދިވެހި މުދައްރިސެއްގެ ގޮތުގައި މަސައްކަތްކުރެއްވިއެވެ. އެއަށް ފަހު ތަޢުލީމީ ދާއިރާ ދޫކުރެއްވީ ގާތް ގަނޑަކަށް 4 އަހަރު ދިވެހި މުދައްރިސެއްގެ ގޮތުގައި ކަލާފާނު ސުކޫލުގައި މަސައްކަތް ކުރެއްވުމަށް ފަހުގައެވެ. ޖުމުލަ 36 އަހަރު ތަޢުލީމީ ދާއިރާގައި ވަޙީދު ވަނީ މަސައްކަތް ކުރައްވާފައެވެ.

އިތުރު ލިޔުން

ކޮމެންޓްކުރުމަށް

ތިބޭފުޅާގެ އީމެއިލްއެޑްރެސް ޕަބްލިޝެއް ނުކުރާނެ Required fields are marked *

Back to top button