ޚަބަރު

ފްޓްސަލްގެ ފައިނަލުގައި ގޫޕްސް ސްޕޯރޓްސް ކުލަބާއި، އާރުބީއެލް ސްޕޯރޓްސް ކުލަބު ވާދަކުރަނީ

ކެލާ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު، ޢަބްދުﷲ ޝަރީފްގެ ފަރާތުން އެ ދާއިރާގައި ހިމެނޭ ރަށްތަކަށް ޚާއްޞަކޮށް ބާއްވާ، “އެމްޕީ ޝަރީ ކަޕް 2025″ގެ ފުޓްސަލް ސެމީ ފައިނަލް ކާމިޔާބުކޮށް މުބާރާތުގެ ފައިނަލަށް ގޫޕްސް ސްޕޯރޓްސް ކުލަބާއި، އާރުބީއެލް ސްޕޯރޓްސް ކުލަބު ދަތުރުކޮށްފިއެވެ.

ރޭ ކުޅުނު ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި އާރުބީއެލް ސްޕޯރޓްސް ކުލަބާއި، އަންގަބޫލެބަލް ޖޭއާރު ވާދަކޮށް 2 ލަނޑު 1 ލަނޑުން މެޗު ކާމިޔާބުކުރީ އާރުބީއެލް ސްޕޯރޓްސް ކުލަބެވެ. ސެމީ ފައިނަލް މި މެޗުގައި އާރުބީއެލް ސްޕޯރޓްސް ކުލަބުން ލަނޑުޖެހީ ޙުސައިން ޝިފާހާއި، މުޙައްމަދު ސާމީއެވެ. އަންގަބޫލެބަލް ޖޭއާރުން ޖެހި ހަމައެކަނި ލަނޑު އެ ޓީމަށް ޖަހައިދިނީ މުޙައްމަދު ހުޝާމެވެ. މި މެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވުނީ، އާރުބީއެލް ސްޕޯރޓްސް ކުލަބުގެ ޙުސައިން ޝިފާހެވެ.

ފުޓްސަލް މުބާރާތުގެ ރޭ ކުޅުނު ދެ ވަނަ ސެމީ ފައިނަލް މެޗު ފަސޭހަކަމާއެކު ގޫޕްސް ސްޕޯރޓްސް ކުލަބުން ވަނީ ކާމިޔާބުކޮށްފައެވެ. މި މެޗު ގޫޕްސް ސްޕޯރޓްސް ކުލަބުން ކާމިޔާބުކުރީ 5 ލަނޑު 2 ލަނޑުން އަންގަބޫލެބަލްގެ މައްޗަށް ކުރިހޯދައިގެންނެވެ. މި މެޗުގައި ގޫޕްސް ސްޕޯރޓްސް ކުލަބަށް ލަނޑުޖަހައިދިނީ ޢަބުދުﷲ އިޚްވާނާއި، އާދަމް އިޚްވާން އަދި ޢަބްދުﷲ ވިސާމެވެ. ޢަބުދުﷲ އިޚްވާނާއި، ޢަބްދުﷲ ވިސާމު 2 ލަނޑު ޖަހައިފައި ވެއެވެ. އަންގަބޫލެބަލްއިން ޖެހި ދެ ލަނޑުޖެހީ އާދަމް އަޒުމީއާއި، މުޙައްމަދު ފައިޒާނެވެ.  މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ގޫޕްސް ސްޕޯރޓްސް ކުލަބުގެ ޢަބްދުﷲ ވިސާމެވެ. ވިސާމު ވަނީ މިމެޗުގައި 2 ލަނޑު ޖަހައިފައެވެ.

މި މުބާރާތަކީ، ކެލާ ދާއިރާގައި ހިމެނޭ ތިން ރަށް ކަމަށްވާ، ކެލާއާއި، ވަށަފަރު އަދި ފިއްލަދޫގެ ފިރިހެނުންނަށް ޚާއްޞަކޮށްގެން ކުރިއަށްގެންދާ މުބާރާތެކެވެ. ހޭންޑްބޯލްއާއި، ފުޓްސަލްވެސް ހިމެނޭ ގޮތަށް ކުރިއަށް ގެންދާ އެމްޕީ ޝަރީ ކަޕް 2025ގެ، އެއްވަނަ ޓީމަށް 50،000 ރުފިޔާގެ އަގުހުރި ފައިސާގެ އިނާމެއް ކަނޑައަޅައިފައިވާ އިރު، ރަނަރަޕް ޓީމަށް ވެސް 20،000 ރުފިޔާވަނީ ހުށަހަޅައިފައެވެ. އެމްޕީ ޝަރީ ކަޕް 2025ގެ، ހޭންޑް ބޯލް ފައިނަލް މެޗު މާދަމާ ހަވީރު ކުޅެން ހަމަޖެހިފައިވާ އިރު، ފުސަލް ފައިނަލް މެޗު ވެސް މާދަމާ ރޭ ކުޅޭ ގޮތަށް ވަނީ ހަމަޖެހިފައެވެ.  

ކެލާ ވަޙީދު

ތަޢުލީމީ ދާއިރާގެ ޚިދުމަތުގެ ދަތުރު ވަޙީދު ފެއްޓެވީ 1988 ވަނަ އަހަރު ޕްރައިމަރީ ޓީޗަރެއްގެ ގޮތުގައި ހއ. އަތޮޅު ތަޢުލީމީ މަރުކަޒުންނެވެ. އޭގެ ފަހުން އެ މަރުކަޒުގެ އެސިސްޓެންޓް ސްޕަވައިޒަރުކަމާއި، އެސިސްޓެންޓް ހެޑްމާސްޓަރުކަން ކުރެއްވިއެވެ. 11 އަހަރުގެ ޚިދުމަތަށް ފަހު އެ މަރުކަޒު ދޫކުރައްވާ 1999 ގައި އަމިއްލަ ރަށް ކަމުގައިވާ ކެލާ، ޝައިޚް އިބްރާހީމް ސުކޫލުގެ އެސިސްޓެންޓް ހެޑްމާސްޓަރުކަމަށް ބަދަލުވެ، ފަހުން އެ ސުކޫލުގެ ޑެޕިޔުޓީ ޕްރިންސިޕަލުކަން ވެސް ކުރެއްވިއެވެ. 2012 ވަނަ އަހަރު ކެލާ ސުކޫލުގެ ވަޒީފާއިން ވަކިވެ 7 އަހަރަށް ވުރެ ގިނަ ދުވަހު ޣިޔާޘުއްދީން އިންޓަރނޭޝަލް ސުކޫލުގެ ދިވެހި މުދައްރިސެއްގެ ގޮތުގައި މަސައްކަތްކުރެއްވިއެވެ. އެއަށް ފަހު ތަޢުލީމީ ދާއިރާ ދޫކުރެއްވީ ގާތް ގަނޑަކަށް 4 އަހަރު ދިވެހި މުދައްރިސެއްގެ ގޮތުގައި ކަލާފާނު ސުކޫލުގައި މަސައްކަތް ކުރެއްވުމަށް ފަހުގައެވެ. ޖުމުލަ 36 އަހަރު ތަޢުލީމީ ދާއިރާގައި ވަޙީދު ވަނީ މަސައްކަތް ކުރައްވާފައެވެ.

އިތުރު ލިޔުން

ކޮމެންޓްކުރުމަށް

ތިބޭފުޅާގެ އީމެއިލްއެޑްރެސް ޕަބްލިޝެއް ނުކުރާނެ Required fields are marked *

Back to top button