ޚަބަރު

ހޭންޑްބޯލް މުބާރާތުގެ ފައިނަލަށް އަންގަބޫލެބަލާއި، ގޫޕްސް ސްޕޯރޓްސް ކުލަބު ދަތުރުކޮށްފި

ކެލާދާއިރާގެ ރަށްތަކަށް ޚާއްޞަކޮށްގެން ހއ. ފިއްލަދޫގައި މިހާރު ކުރިއަށްދާ އެމްޕީ ޝަރީ ކަޕް 2025ގެ ހޭންޑްބޯލް މުބާރާތުގެ ފައިނަލަށް އަންގަބޫލެބަލާއި، ގޫޕްސް ސްޕޯރޓްސް ކުލަބު ދަތުރުކޮށްފިއެވެ. އަންގަބޫލެބަލް ފައިނަލްގެ ޖާގަ ކަށަވަރުކުރީ ކުޅުނު ދެ މެޗު ކާމިޔާބުކޮށް އެއް މެޗު ޑްރޯކޮށް ޓޭބަލްގެ 1 ވަނަ ޓީމުގެ ގޮތުގައެވެ. އަންގަބޫލެބަލް ފައިނަލްގެ ޖާގަ ހޯދީ ދެ މެޗު ކާމިޔާބުކޮށް 6 ޕޮއިންޓާއެކުގައެވެ.

މުބާރާތުގެ ޕޮއިންޓްސިސްޓަމަށް ކުޅުނު އެންމެ ފަހު މެޗުގައި އަންގަބޫލެބަލާއި، ކެލާ ޔޫތު ފޯރަމް ބައްދަލުކޮށް އިއްޔެ ވަނީ މެޗު ޑްރޯވެފައެވެ. ޑްރޯވީ 10 ލަނޑު 10 ލަނޑުންނެވެ. ކެލާ ޔޫތު ފޯރަމުން ގޯލުޖެހީ ޒާރާއާއި، ސާރަތުއާއި އަދި ޒަހުރާއެވެ. ޒާރާ ވަނީ މި މެޗުގައި 7 ލަނޑު ޖަހައިފައެވެ. ސާރަތު ވަނީ 2 ލަނޑު ޖަހައިފައެވެ. ޒަހުރާ ޖެހީ 1 ލަނޑެވެ. އަންގަބޫލެބަލްގެ ލަނޑުތައް ޖެހީ ހަސްނާއާއި، ލިއުޝާއާއި، ޝާހާއާއި އަދި ޢާލިމަތެވެ. ހަސްނާ ވަނީ 4 ލަނޑު ޖަހައިދީފައެވެ. ލިޔުޝާ ޖެހީ 3 ލަނޑެވެ. ޝާހާ ޖެހީ 2 ލަނޑެވެ. އަނެއް ލަނޑު ޖެހީ ޢާލިމަތެވެ.

ހޭންޑް ބޯލް މުބާރާތުގެ ޕޮއިންޓް ސިސްޓަމަށް ކުޅުނު އެންމެ ފަހު މެޗުގެ ކުއީން އޮފް ދަ މެޗަކަށް ހޮވުނީ އަންގަބޫލެބަލްގެ ޙަލީމަތު ޙަސްނާއެވެ.

1 ވަނަ ޓީމަށް ބައިލައްކަ ރުފިއާއި، ރަނައަޕް ޓީމަށް  20 ހާސް ރުފިޔާގެ ފައިސާގެ އިނާމު ކަނޑައަޅައި ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ ޢިއްޒަތްތެރި މެންބަރު އޭނާގެ އުފަން ރަށް ކަމުގައިވާ ފިއްލަދޫގައި ބާއްބާ އެމްޕީ ޝަރީކަޕް 2025ގެ ހޭންޑްބޯލް ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ މާދަމާ ހަވީރު 4.30 ގައެވެ.    

ކެލާ ވަޙީދު

ތަޢުލީމީ ދާއިރާގެ ޚިދުމަތުގެ ދަތުރު ވަޙީދު ފެއްޓެވީ 1988 ވަނަ އަހަރު ޕްރައިމަރީ ޓީޗަރެއްގެ ގޮތުގައި ހއ. އަތޮޅު ތަޢުލީމީ މަރުކަޒުންނެވެ. އޭގެ ފަހުން އެ މަރުކަޒުގެ އެސިސްޓެންޓް ސްޕަވައިޒަރުކަމާއި، އެސިސްޓެންޓް ހެޑްމާސްޓަރުކަން ކުރެއްވިއެވެ. 11 އަހަރުގެ ޚިދުމަތަށް ފަހު އެ މަރުކަޒު ދޫކުރައްވާ 1999 ގައި އަމިއްލަ ރަށް ކަމުގައިވާ ކެލާ، ޝައިޚް އިބްރާހީމް ސުކޫލުގެ އެސިސްޓެންޓް ހެޑްމާސްޓަރުކަމަށް ބަދަލުވެ، ފަހުން އެ ސުކޫލުގެ ޑެޕިޔުޓީ ޕްރިންސިޕަލުކަން ވެސް ކުރެއްވިއެވެ. 2012 ވަނަ އަހަރު ކެލާ ސުކޫލުގެ ވަޒީފާއިން ވަކިވެ 7 އަހަރަށް ވުރެ ގިނަ ދުވަހު ޣިޔާޘުއްދީން އިންޓަރނޭޝަލް ސުކޫލުގެ ދިވެހި މުދައްރިސެއްގެ ގޮތުގައި މަސައްކަތްކުރެއްވިއެވެ. އެއަށް ފަހު ތަޢުލީމީ ދާއިރާ ދޫކުރެއްވީ ގާތް ގަނޑަކަށް 4 އަހަރު ދިވެހި މުދައްރިސެއްގެ ގޮތުގައި ކަލާފާނު ސުކޫލުގައި މަސައްކަތް ކުރެއްވުމަށް ފަހުގައެވެ. ޖުމުލަ 36 އަހަރު ތަޢުލީމީ ދާއިރާގައި ވަޙީދު ވަނީ މަސައްކަތް ކުރައްވާފައެވެ.

އިތުރު ލިޔުން

ކޮމެންޓްކުރުމަށް

ތިބޭފުޅާގެ އީމެއިލްއެޑްރެސް ޕަބްލިޝެއް ނުކުރާނެ Required fields are marked *

Back to top button