ގޫޕްސް ސްޕޯރޓްސް ކުލަބުގެ ހޭންޑްބޯލް ޓީމު ވެސް ފައިނަލްގެ ޖާގަ ކަށަވަރުވުމާ ކައިރިއަށް

ކެލާ ދާއިރާގެ ރަށްތަކަށް ހުޅުވައިލައިގެން މިހާރު ހއ. ފިއްލަދޫގައި ކުރިއަށްދާ އެމްޕީ ޝަރީ ކަޕް 2025ގައި، އިއްޔެ ހަވީރު ކުޅުނު ހޭންޑްބޯލް މެޗު ފަސޭހަކަމާއެކު ގޫޕްސް ސްޕޯރޓްސް ކުލަބުން ކާމިޔާބުކޮށް މުބާރާތުގެ ފައިނަލުން ޖާގައެއް ކަށަވަރުވުމާ ކައިރިއަށް އެ ޓީމަށް އާދެވިއްޖެއެވެ.
އިއްޔެ ހަވީރު ކުޅުނު ހޭންޑްބޯލް މެޗު ގޫޕްސް ސްޕޯރޓްސް ކުލަބުން ކާމިޔާބުކުރީ ސްޕިން ވިޒަރޑްގެ މައްޗަށް ކުރި ހޯދައިގެންނެވެ. މި މެޗުގައި ސްޕިން ވިޒަރޑަށް ޖެހުނީ 3 ލަނޑެވެ. ވަގުތު ހަމަވި އިރު ގޫޕްސް ސްޕޯރޓްސް ކުލަބުން 16 ލަނޑު ވަނީ ޖަހައިފައެވެ.

މި މެޗުގައި ގޫޕްސް ސްޕޯރޓްސް ކުލަބުން ލަނޑުޖެހީ ޝާއިނާއާއި، ޔައުލަތުއާއި، ލީންއެވެ. އެއީ ޝާއިނާ 9 ލަނޑު، ޔައުލަތު 5 ލަނޑު އަދި ލީން 2 ލަނޑެވެ. ސްޕިން ވިޒަރޑްން 3 ލަނޑު ވެސް ޖެހީ ނިޝްވާއެވެ. މި މެޗުގެ ކުއީން އޮފް ދަ މެޗަކަށް ހޮވުނީ ގޫޕް ސްޕޯރޓްސް ކުލަބުގެ ޢާއިޝަތު ލީން މުޙައްމަދު ވިޖާންއެވެ.


މި މުބާރާތުގައި މިއަދު ހަވީރު 4.30 ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ ކެލާ ޔޫތު ފޯރަމާއި، އަމްގަބޫލެބަލެވެ. ޔޫތު ފޯރަމަށް ފައިނަލްގެ ޖާގައެއް ލިބޭނީ ބޮޑު ތަފާތަކުން އަންގަބޫލެބަލް ބަލިކޮށްގެންނެވެ. ފުޓްސަލްގެ ސެމީގެ މެޗުތަކުގެ ކުޅުން މިރޭ އޮންނާނެއެވެ.