ޚަބަރު

ކުޅުނު ދެ މެޗު ކާމިޔާބުކޮށް ހޭންޑްބޯލްގެ ސެމީގެ ޖާގައެއް އަންގަބޫލެބަލް ކަށަވަރުވުމާ ކައިރިއަށްއައި އިރު، ފުޓްސަލްގެ ސެމީގެ ޖާގަތައް ވެސް ތަރުތީބު ވެއްޖެ 

ކެލާ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު، ޢަބްދުﷲ ޝަރީފްގެ ފަރާތުން އެ ދާއިރާގައި ހިމެނޭ ރަށްތަކަށް ޚާއްޞަކޮށް ބާއްވާ، “އެމްޕީ ޝަރީ ކަޕް 2025” ގެ ކުޅުނު ދެ މެޗު ކާމިޔާބުކޮށް ހޭންޑްބޯލްގެ ސެމީގެ ޖާގަ އަންގަބޫލެބަލް ކަށަވަރުވުމާ ކައިރިއަށްއައި އިރު، ފުޓްސަލްގެ ސެމީގެ ޖާގަތައް ވެސް ތަރުތީބު ވެއްޖެއެވެ. 

އިއްޔެ ހަވީރު ކުޅުނު ހޭންޑްބޯލް މެޗު އަންގަބޫލެބަލް ކާމިޔާބުކުރީ 7 ލަނޑުގެ ފަރަގަކުންނެވެ. ގޫޕްސް ސްޕޯރޓްސް ކުލަބާ ބައްދަލުކޮށް މި މެޗު އަންގަބޫލެބަލުން ކާމިޔާބުކުރީ 17 ލަނޑު، 10 ލަނޑުންނެވެ. މި މެޗުގެ ކުއީން އޮފް ދަ މެޗަކަށް ހޮވުނީ، އަންގަބޫލެބަލްގެ ގޯލްކީޕަރ ޢާއިޝަތު ނުހާއެވެ. މި މެޗުން މޮޅުވުމުން ބާކީ ނުކުޅި އެއް މެޗު އޮތަސް އަންގަބޫލެބަލް ވަނީ ހޭންޑްބޯލްގެ ސެމީގެ ޖާގައެއް ކަށަވަރުވުމާ ކައިރިއަށް އާދެވިފައެވެ.

ފުޓްސަލް މުބާރާތުގައި ރޭ ކުޅުނު ފުރަތަމަ މެޗު ފަސޭހަކަމާއެކު އާރުބީއެލް ސްޕޯރޓްސް ކުލަބު ވަނީ ކާމިޔާބުކޮށްފައެވެ. މި މެޗު އާރުބީއެލް ސްޕޯރޓްސް ކުލަބުން ކާމިޔާބުކުރީ 5 ލަނޑު 2 ލަނޑުން ޓީއޯ ސްޕޯރޓްސް ކުލަބުގެ މައްޗަށް ކުރިހޯދައިގެންނެވެ. މިރޭގެ މެޗުން މޮޅުވުމުން އާރުބީއެލް ސްޕޯރޓްސް ކުލަބު ވަނީ މުބާރާތުގެ ސެމީން ޖާގައެއް ކަށަވަރުވެފައެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އާރުބީއެލް ސްޕޯރޓްސް ކުލަބުގެ ޙުސައިން ޝިފާހެވެ. ޝިފާހު ވަނީ މި މެޗުގައި 3 ލަނޑު ޖަހައިފައެވެ.

ފުޓްސަލް މުބާރާތުގައި ރޭ ކުޅުނު ދެ ވަނަ މެޗު ފަސޭހަކަމާއެކު ގޫޕްސް ސްޕޯރޓްސް ކުލަބުން ވަނީ ކާމިޔާބުކޮށްފައެވެ. މި މެޗު ގޫޕްސް ސްޕޯރޓްސް ކުލަބުން ކާމިޔާބުކުރީ 10 ލަނޑު 2 ލަނޑުން އެފްސީ ބައިލައްކަ މައްޗަށް ކުރިހޯދައިގެންނެވެ. މިރޭގެ މެޗުން މޮޅުވުމުން ގޫޕްސް ސްޕޯރޓްސް ކުލަބަށް ވަނީ  ބީ ގުރޫޕުގެ 1 ވަނަ ޓީމުގެ ގޮތުގައި ސެމީފައިނަލްގެ ޖާގަ ކަށަވަރުވެފައެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ގޫޕްސް ސްޕޯރޓްސް ކުލަބުގެ ޢަބްދުﷲ ވިސާމެވެ. ވިސާމު ވަނީ މިމެޗުގައި 6 ލަނޑު ޖަހައިފައެވެ.

މި މުބާރާތަކީ، ކެލާ ދާއިރާގައި ހިމެނޭ ތިން ރަށް ކަމަށްވާ، ކެލާއާއި، ވަށަފަރު އަދި ފިއްލަދޫގެ އަންހެނުންނަށާއި، ފިރިހެނުންނަށް ޚާއްޞަކޮށްގެން ކުރިއަށްގެންދާ މުބާރާތެކެވެ. ހޭންޑްބޯލްއާއި، ފުޓްސަލްވެސް ހިމެނޭ ގޮތަށް ކުރިއަށް ގެންދާ އެމްޕީ ޝަރީ ކަޕް 2025ގެ، އެއްވަނަ ޓީމަށް 50،000 ރުފިޔާގެ އަގުހުރި ފައިސާގެ އިނާމެއް ކަނޑައަޅައިފައިވާ އިރު، ރަނަރަޕް ޓީމަށް ވެސް 20،000 ރުފިޔާވަނީ ހުށަހަޅައިފައެވެ. މި މުބާރާތުގެ ހޭންޑް ބޯލް މެޗެއް މިއަދު ހަވީރުވެސް ވަނީ ކުޅެފައެވެ. ފުޓްސަލްގެ ސެމީގެ މެޗްތައް ކުޅުމަށް ހަމަޖެހިފައި ވަނީ މާދަމާރެއެވެ. ސެމީގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ އަންގަބޫލެބަލްއާއި، އާރުބީއެލް ސްޕޯރޓްސް ކުލަބެވެ. ދެ ވަނަ ސެމީގައި ބައްދަލުކުރާނީ ގޫޕްސް ސްޕޯރޓްސް ކުލަބާއި، އަންގަބޫލެބަލް ޖޭއާރެވެ.

ކެލާ ވަޙީދު

ތަޢުލީމީ ދާއިރާގެ ޚިދުމަތުގެ ދަތުރު ވަޙީދު ފެއްޓެވީ 1988 ވަނަ އަހަރު ޕްރައިމަރީ ޓީޗަރެއްގެ ގޮތުގައި ހއ. އަތޮޅު ތަޢުލީމީ މަރުކަޒުންނެވެ. އޭގެ ފަހުން އެ މަރުކަޒުގެ އެސިސްޓެންޓް ސްޕަވައިޒަރުކަމާއި، އެސިސްޓެންޓް ހެޑްމާސްޓަރުކަން ކުރެއްވިއެވެ. 11 އަހަރުގެ ޚިދުމަތަށް ފަހު އެ މަރުކަޒު ދޫކުރައްވާ 1999 ގައި އަމިއްލަ ރަށް ކަމުގައިވާ ކެލާ، ޝައިޚް އިބްރާހީމް ސުކޫލުގެ އެސިސްޓެންޓް ހެޑްމާސްޓަރުކަމަށް ބަދަލުވެ، ފަހުން އެ ސުކޫލުގެ ޑެޕިޔުޓީ ޕްރިންސިޕަލުކަން ވެސް ކުރެއްވިއެވެ. 2012 ވަނަ އަހަރު ކެލާ ސުކޫލުގެ ވަޒީފާއިން ވަކިވެ 7 އަހަރަށް ވުރެ ގިނަ ދުވަހު ޣިޔާޘުއްދީން އިންޓަރނޭޝަލް ސުކޫލުގެ ދިވެހި މުދައްރިސެއްގެ ގޮތުގައި މަސައްކަތްކުރެއްވިއެވެ. އެއަށް ފަހު ތަޢުލީމީ ދާއިރާ ދޫކުރެއްވީ ގާތް ގަނޑަކަށް 4 އަހަރު ދިވެހި މުދައްރިސެއްގެ ގޮތުގައި ކަލާފާނު ސުކޫލުގައި މަސައްކަތް ކުރެއްވުމަށް ފަހުގައެވެ. ޖުމުލަ 36 އަހަރު ތަޢުލީމީ ދާއިރާގައި ވަޙީދު ވަނީ މަސައްކަތް ކުރައްވާފައެވެ.

އިތުރު ލިޔުން

ކޮމެންޓްކުރުމަށް

ތިބޭފުޅާގެ އީމެއިލްއެޑްރެސް ޕަބްލިޝެއް ނުކުރާނެ Required fields are marked *

Back to top button