ޚަބަރު

ހޭންޑް ބޯލް ދެ ވަނަ މެޗު އަންގަބޫލެބަލަށް، ފުޓުސަލް މެޗު ޓީއޯ ސްޕޯރޓްސް ކުލަބަށާއި، ގޫޕްސް ސްޕޯރޓްސް ކުލަބަށް

އެމްޕީ ޝަރީ ކަޕް 2025 ގައި އިއްޔެ ހަވީރު ކުޅުނު ހޭންޑްބޯލް މުބާރާތުގެ ދެ ވަނަ މެޗު އަންގަބޫލެބަލް ކާމިޔާބުކޮށްފިއެވެ. ސްޕިން ވިޒަރޑްގެ ހޭންޑްބޯލް ޓީމާ ވާދަކޮށް އަންގަބޫލެބަލް މި މެޗު ކާމިޔާބުކުރީ 10 ލަނޑުގެ ތަފާތަކުންނެވެ.  އަންގަބޫލެބަލުން  17 ލަނޑު ކާމިޔާބުކުރި އިރު ސްޕިން ވިޒަރޑަށް ކާމިޔާބު ކުރެވުނީ 6 ލަނޑެވެ. މި މެޗުގެ ކުއީން އޮފް ދަ މެޗަކަށް ހޮވުނީ އަންގަބޫލެބަލްގެ ހަލީމަތު ހަސްނާއެވެ. ހަސްނާ ވަނީ  މި މެޗުގައި 8 ގޯލު ކާމިޔާބުކޮށްފައެވެ.

ރޭކުޅުނު ފުޓުސެލްގެ ފުރަތަމަ މެޗުގައި ޓީއޯ ސްޕޯރޓްސް ކުލަބާއި، އެފްސީ ބައިލައްލަ  ބައްދަލުކޮށް 6ލަނޑު 2 ލަނޑުން މެޗު ކާމިޔާބުކުރީ ޓީއޯ ސްޕޯރޓްސް ކުލަބެވެ. މި މެޗުގެ  މޮޅު ކުޅުންތެރިއަކަށް ހޮވުނީ  ޓީއޯ ސްޕޯރޓްސް ކުލަބަށް 6 ލަނޑު ޖަހައިދިން މުޙައްމަދު ފައިޒާން ފަޒީންނެވެ.  މި މެޗު ޝަރަފުވެރިކޮށްދެއްވީ ފިއްލަދޫ ތައުބާ މިސްކިތުގެ މުދިމް އިބްރާހީމް ވަޙީދެވެ.

ފުޓްސަލް މުބާރާތުގައި ރޭކުޅުނު 2 ވަނަ މެޗުގައި ގޫޕްސް ސްޕޯރޓްސް ކުލަބާއި، އާރުބީއެލް ސްޕޯރޓްސް ކުލަބު ބައްދަލުކޮށް 5 ލަނޑު 2 ލަނޑުން މެޗު ކާމިޔާބުކުރީ ގޫޕްސް ސްޕޯރޓްސް ކުލަބެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ގޫޕްސް ސްޕޯރޓްސް ކުލަބަށް ދެ ލަނޑު ޖަހައިދިން އާދަމް ޢަބްދުއްރަޙީމެވެ. މި މެޗު ޝަރަފުވެރިކޮށްދެއްވީ ފަތުހުﷲ ނަޞީރު ފިޔަ ހއ. ކެލައެވެ.

އެމްޕީ ޝަރީ ކަޕް 2025ގައި  މިއަދު ހަވީރާއި، މިރޭވެސް މެޗުތައް ކުޅުމަށްޝެޑިއުލް ކުރެވިފައި ވެއެވެ. މިއަދު ހަވީރު ހޭންޑްބޯލް މުބާރާތުގައި ވާދަކުރަނީ ކެލާ ޔޫތު ފޯރަމާއި، ސްޕިން ވިޒަރޑެވެ. މިރޭ ކުޅޭ ފުޓުސަލް ފުރަތަމަ މެޗުގައި ބައްދަލުކުރަނީ ކެލާ ޔޫތު ފޯރަމާއި، ޔުނިޓީ ސްޕޯރޓްސް ކުލަބެވެ. ދެ ވަނަ މެޗުގައި ބައްދަލުކުރަނީ އަންގަބޫލެބަލް ޖޭއާރާއި، އަންގަބޫލެބަލެވެ. މިރޭގެ ފުޓުސަލް މެޗުތަކަށް ފަހު ގްރޫޕު އޭއިން ކުއާޓަރ ފައިނަލްގެ ޖާގަތަކުގެ ތަރުތީބު ކަނޑައެލިގެންދާނެއެވެ. މިހާރުވެސް އޮތީ އޭ ގުރޫޕުން ކުއާޓަރ ޖާގަ އަންގަބޫލެބަލް ޖޭއާރަށާއި، އަންގަބޫލެބަލަށް ލިބިފައެވެ.

ކެލާ ވަޙީދު

ތަޢުލީމީ ދާއިރާގެ ޚިދުމަތުގެ ދަތުރު ވަޙީދު ފެއްޓެވީ 1988 ވަނަ އަހަރު ޕްރައިމަރީ ޓީޗަރެއްގެ ގޮތުގައި ހއ. އަތޮޅު ތަޢުލީމީ މަރުކަޒުންނެވެ. އޭގެ ފަހުން އެ މަރުކަޒުގެ އެސިސްޓެންޓް ސްޕަވައިޒަރުކަމާއި، އެސިސްޓެންޓް ހެޑްމާސްޓަރުކަން ކުރެއްވިއެވެ. 11 އަހަރުގެ ޚިދުމަތަށް ފަހު އެ މަރުކަޒު ދޫކުރައްވާ 1999 ގައި އަމިއްލަ ރަށް ކަމުގައިވާ ކެލާ، ޝައިޚް އިބްރާހީމް ސުކޫލުގެ އެސިސްޓެންޓް ހެޑްމާސްޓަރުކަމަށް ބަދަލުވެ، ފަހުން އެ ސުކޫލުގެ ޑެޕިޔުޓީ ޕްރިންސިޕަލުކަން ވެސް ކުރެއްވިއެވެ. 2012 ވަނަ އަހަރު ކެލާ ސުކޫލުގެ ވަޒީފާއިން ވަކިވެ 7 އަހަރަށް ވުރެ ގިނަ ދުވަހު ޣިޔާޘުއްދީން އިންޓަރނޭޝަލް ސުކޫލުގެ ދިވެހި މުދައްރިސެއްގެ ގޮތުގައި މަސައްކަތްކުރެއްވިއެވެ. އެއަށް ފަހު ތަޢުލީމީ ދާއިރާ ދޫކުރެއްވީ ގާތް ގަނޑަކަށް 4 އަހަރު ދިވެހި މުދައްރިސެއްގެ ގޮތުގައި ކަލާފާނު ސުކޫލުގައި މަސައްކަތް ކުރެއްވުމަށް ފަހުގައެވެ. ޖުމުލަ 36 އަހަރު ތަޢުލީމީ ދާއިރާގައި ވަޙީދު ވަނީ މަސައްކަތް ކުރައްވާފައެވެ.

އިތުރު ލިޔުން

ކޮމެންޓްކުރުމަށް

ތިބޭފުޅާގެ އީމެއިލްއެޑްރެސް ޕަބްލިޝެއް ނުކުރާނެ Required fields are marked *

Back to top button