ޚަބަރު

އިއްޔެގެ ހޭންޑް ބޯލް  މެޗު ގޫޕް ސްޕޯރޓްސް ކުލަބަށް، ފުޓުސަލް މެޗު އަންގަބޫލެބަލް ޖޭއާރަށާއި، އަންގަބޫލެބަލަށް

އެމްޕީ ޝަރީ ކަޕް 2025 ގައި އިއްޔެ ހަވީރު ފެށި ހޭންޑްބޯލް މުބާރާތުގެ ފުރަތަމަ މެޗު ގޫޕް ސްޕޯރޓްސް ކުލަބު ކާމިޔާބުކޮށްފިއެވެ. ކެލާ ޔޫތު ފޯރަމްގެ ހޭންޑްބޯލް ޓީމާ ވާދަކޮށް ގޫޕް ސްޕޯރޓްސް ކުލަބުން މި މެޗު ކާމިޔާބުކުރީ 5 ލަނޑުގެ ތަފާތަކުންނެވެ. ގޫޕް ސްޕޯރޓްސް ކުލަބުން  17 ލަނޑު ކާމިޔާބުކުރި އިރު ކެލާ ޔޫތު ފޯރަމަށް ކާމިޔާބު ކުރެވުނީ 12 ލަނޑެވެ. މި މެޗުގެ ކުއީން އޮފް ދަ މެޗަކަށް ހޮވުނީ ގޫޕް ސްޕޯރޓްސް ކުލަބުގެ ޢާއިޝަތު ޝާއިނާއެވެ.

ރޭކުޅުނު ފުޓުސެލްގެ ފުރަތަމަ މެޗުގައި  ކެލާ ޔޫތު ފޯރަމާ ބައްދަލުކޮށް 2 ލަނޑު 0 ލަނޑުން މެޗު ކާމިޔާބުކުރީ އަންގަބޫލެބަލް ޖޭއާރެވެ. މި މެޗު ކެލާ ޔޫތު ފޯރަމަށް ގެއްލުމުން ނުކުޅި އެއް މެޗު ކުރިއަށް އޮތަސް މުބާރާތުގެ ކުއާޓަރގެ ދޮރު މިހާރު އެ ޓީމަށް ވަނީ މުޅިން ބަންދުވެގައެވެ  އަންގަބޫލެބަލް  ޖޭއާރު މުބާރާތުގެ ގުރޫޕު ސްޓޭޖުގައި ކުޅުނު ދެ މެޗު ކާމިޔާބުކޮށް 6 ޕޮއިންޓާއެކު މިހާރު ވަނީ ކުއާޓާގެ ފުރަތަމަ ޖާގަ ކަށަވަރުކޮށްފައެވެ.

ފުޓްސަލްގައި ރޭކުޅުނު 2 ވަނަ މެޗު ފަސޭހަކަމާއެކު ކާމިޔާބުކޮށް 6 ޕޮއިންޓާއެކު އަންގަބޫލެބަލް ވެސް ވަނީ ކުއާޓަރގެ ޖާގަ ކަށަވަރުކޮށްފައެވެ. މި މެޗު އަންގަބޫލެބަލް ކާމިޔާބުކުރީ ޔުނިޓީ ސްޕޯރޓްސްގެ ކޮޅަށް 16 ލަނޑު ޖަހައިގެންނެވެ.

އެމްޕީ ޝަރީ ކަޕް 1025ގައި  މިއަދު ހަވީރާއި، މިރޭވެސް މެޗުތައް ކުޅުމަށް ޝެޑިއުލްކޮށްފައި  ވެއެވެ. މިއަދު ހަވީރުކުޅެވޭ ހޭންޑް ބޯލް މެޗުގައި ބައްދަލުކުރާނީ އަންގަބޫލެބަލާއި، ސްޕިން ވިޒާރޑެވެ. ފުޓްސަލްގައި  މިރޭ ވާދަކުރާކުރާނީ ގުރޫޕް ބީގެ 4 ޓީމެވެ. ފުރަތަމަ މެޗުގައި ބައްދަލުކުރަނީ ގޫޕްސް ސްޕޯރޓްސް ކުލަބާއި، އާރުބީއެލް ސްޕޯރޓްސް ކުލަބެވެ. ދެ ވަނަ މެޗުގައި ބައްދަލުކުރަނީ އެފްސީ ބައިލައްކައާއި، ޓީއޯ ސްޕޯރޓްސް ކުލަބެވެ.

ކެލާ ވަޙީދު

ތަޢުލީމީ ދާއިރާގެ ޚިދުމަތުގެ ދަތުރު ވަޙީދު ފެއްޓެވީ 1988 ވަނަ އަހަރު ޕްރައިމަރީ ޓީޗަރެއްގެ ގޮތުގައި ހއ. އަތޮޅު ތަޢުލީމީ މަރުކަޒުންނެވެ. އޭގެ ފަހުން އެ މަރުކަޒުގެ އެސިސްޓެންޓް ސްޕަވައިޒަރުކަމާއި، އެސިސްޓެންޓް ހެޑްމާސްޓަރުކަން ކުރެއްވިއެވެ. 11 އަހަރުގެ ޚިދުމަތަށް ފަހު އެ މަރުކަޒު ދޫކުރައްވާ 1999 ގައި އަމިއްލަ ރަށް ކަމުގައިވާ ކެލާ، ޝައިޚް އިބްރާހީމް ސުކޫލުގެ އެސިސްޓެންޓް ހެޑްމާސްޓަރުކަމަށް ބަދަލުވެ، ފަހުން އެ ސުކޫލުގެ ޑެޕިޔުޓީ ޕްރިންސިޕަލުކަން ވެސް ކުރެއްވިއެވެ. 2012 ވަނަ އަހަރު ކެލާ ސުކޫލުގެ ވަޒީފާއިން ވަކިވެ 7 އަހަރަށް ވުރެ ގިނަ ދުވަހު ޣިޔާޘުއްދީން އިންޓަރނޭޝަލް ސުކޫލުގެ ދިވެހި މުދައްރިސެއްގެ ގޮތުގައި މަސައްކަތްކުރެއްވިއެވެ. އެއަށް ފަހު ތަޢުލީމީ ދާއިރާ ދޫކުރެއްވީ ގާތް ގަނޑަކަށް 4 އަހަރު ދިވެހި މުދައްރިސެއްގެ ގޮތުގައި ކަލާފާނު ސުކޫލުގައި މަސައްކަތް ކުރެއްވުމަށް ފަހުގައެވެ. ޖުމުލަ 36 އަހަރު ތަޢުލީމީ ދާއިރާގައި ވަޙީދު ވަނީ މަސައްކަތް ކުރައްވާފައެވެ.

އިތުރު ލިޔުން

ކޮމެންޓްކުރުމަށް

ތިބޭފުޅާގެ އީމެއިލްއެޑްރެސް ޕަބްލިޝެއް ނުކުރާނެ Required fields are marked *

Back to top button