ޚަބަރު

ދެ ވަނަ ރޭގެ މެޗުތައް އާރުއެމްއެލް ސްޕޯރޓްސް ކުލަބަށާއި، ގޯއަޕް ސްޕޯރޓްސް ކުލަބަށް

އެމްޕީ ޝަރީ ކަޕް 2025ގައި ރޭ ކުޅުނު ފުޓްސަލް މެޗުތައް  އާރުއެމްއެލް ސްޕޯރޓްސް ކުލަބާއި، ގޯއަޕް ސްޕޯރޓް ކުލަބު ކާމިޔާބުކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޢަބްދުﷲ ޝަރިފު، އޭނާގެ ދާއިރާގެ ރަށްތަކަށް ހުޅުވައިލައިގެން ޝަރީފުގެ އަމިއްލަ ރަށް ކަމުގައިވާ ހއ. ފިއްލަދޫގައި ކުރިއަށްގެންދާ އެމްޕީ ޝަރީ ކަޕް 2025ގެ ފުޓްސަލް ރޭގެ މެޗު އާރުއެމްއެލް ސްޕޯރޓްސް ކުލަބު ކާމިޔާބުކުރީ އެފްސީ ބައިލައްކައާ ބައްދަލުކޮށް 8 ލަނޑު 0 ލަނޑުންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އާރުއެމްއެލް ސްޕޯރޓް ކުލަބުގެ އާދަމް ޢާޒިމެވެ. ރޭ ކުޅުނު ދެ ވަނަ މެޗު ގޯއަޕް ސްޕޯރޓްސް ކުލަބު ކާމިޔާބުކުރީ ޓު ސްޕޯރޓްސް ކުލަބާ ބައްދަލުކޮށް 5 ލަނޑު 1 ލަނޑުންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ގޯއަޕް ސްޕޯރޓްސް ކުލަބަށް ދެ ލަނޑު ޖަހައިދިން އަޙްމަދު އައިހަމެވެ.

މި މުބާރާތުގެ އޭ ގުރޫޕުގެ ދެ މެޗެއް މިރޭ ވެސް ކުޅެވޭނެއެވެ. ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ކެލާ ޔޫތު ފޯރަމާއި، އަންގަބޫލަބުލް ޖޫނިއަރސްއެވެ. ދެ ވަނަ މެޗުގައި ބައްދަލުކުރާނީ އަންގަބޫލަބުލްއާއި،  ޔުނިޓީ ސްޕޯރޓްސް ކުލަބެވެ. މިރޭގެ މި މެޗަށް ނުކުންނަ އިރު އަންގަބޫލަބުލަށާއި، އަންގަބޫލަބުލް ޖޫނިއަރސްއަށް 3 ޕޮއިންޓް ލިބިފައި ވެއެވެ. ކެލާ ޔޫތު ފޯރަމަށާއި، ޔުނިޓީ ސްޕޯރޓްސް ކުލަބަށް އަދި ވަނީ ޕޮއިންޓެއް ނުލިބިއެވެ.

އެމްޕީ ޝަރީ ކަޕް 2025ގެ ފުޓްސަލް މެޗުތައް އިއްޔެ ރޭންފެށިގެން ކުރިއަށްދާ އިރު ހޭންޑްބޯލް މެޗުތައް ފެށުމަށް ހަމަޖެހިފައި ވަނީ މިއަދު ހަވީރެވެ. މި މެޗުގައި ބައްދަލުކުރަނީ ކެލާ ޔޫތު ފޯރަމާއި، ގޯއަޕް ސްޕޯރޓްސް ކުލަބެވެ.

ކެލާ ވަޙީދު

ތަޢުލީމީ ދާއިރާގެ ޚިދުމަތުގެ ދަތުރު ވަޙީދު ފެއްޓެވީ 1988 ވަނަ އަހަރު ޕްރައިމަރީ ޓީޗަރެއްގެ ގޮތުގައި ހއ. އަތޮޅު ތަޢުލީމީ މަރުކަޒުންނެވެ. އޭގެ ފަހުން އެ މަރުކަޒުގެ އެސިސްޓެންޓް ސްޕަވައިޒަރުކަމާއި، އެސިސްޓެންޓް ހެޑްމާސްޓަރުކަން ކުރެއްވިއެވެ. 11 އަހަރުގެ ޚިދުމަތަށް ފަހު އެ މަރުކަޒު ދޫކުރައްވާ 1999 ގައި އަމިއްލަ ރަށް ކަމުގައިވާ ކެލާ، ޝައިޚް އިބްރާހީމް ސުކޫލުގެ އެސިސްޓެންޓް ހެޑްމާސްޓަރުކަމަށް ބަދަލުވެ، ފަހުން އެ ސުކޫލުގެ ޑެޕިޔުޓީ ޕްރިންސިޕަލުކަން ވެސް ކުރެއްވިއެވެ. 2012 ވަނަ އަހަރު ކެލާ ސުކޫލުގެ ވަޒީފާއިން ވަކިވެ 7 އަހަރަށް ވުރެ ގިނަ ދުވަހު ޣިޔާޘުއްދީން އިންޓަރނޭޝަލް ސުކޫލުގެ ދިވެހި މުދައްރިސެއްގެ ގޮތުގައި މަސައްކަތްކުރެއްވިއެވެ. އެއަށް ފަހު ތަޢުލީމީ ދާއިރާ ދޫކުރެއްވީ ގާތް ގަނޑަކަށް 4 އަހަރު ދިވެހި މުދައްރިސެއްގެ ގޮތުގައި ކަލާފާނު ސުކޫލުގައި މަސައްކަތް ކުރެއްވުމަށް ފަހުގައެވެ. ޖުމުލަ 36 އަހަރު ތަޢުލީމީ ދާއިރާގައި ވަޙީދު ވަނީ މަސައްކަތް ކުރައްވާފައެވެ.

އިތުރު ލިޔުން

ކޮމެންޓްކުރުމަށް

ތިބޭފުޅާގެ އީމެއިލްއެޑްރެސް ޕަބްލިޝެއް ނުކުރާނެ Required fields are marked *

Back to top button