ރޭގެ މެޗުތައް އަންގަބޫލަބަލް ޖޫނިއަރސްއާއި، އަންގަބޫލަބުލަށް

އެމްޕީ ޝަރީ ކަޕް 2025ގައި ރޭ ކުޅުނު ފުޓްސަލް މެޗުތައް އަންގަބޫލަބުލް ޖޫނިއަރސްއާއި، އަންގަބޫލަބުލް ކާމިޔާބުކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޢަބްދުﷲ ޝަރިފު، އޭނާގެ ދާއިރާގެ ރަށްތަކަށް ހުޅުވައިލައިގެން ޝަރީފުގެ އަމިއްލަ ރަށް ކަމުގައިވާ ހއ. ފިއްލަދޫގައި ކުރިއަށްގެންދާ އެމްޕީ ޝަރީ ކަޕް 2025ގެ ފުޓްސަލް ރޭގެ މެޗު އަންގަބޫލަބުލް ޖޫނިއަރސް ކާމިޔާބުކުރީ ޔުނިޓީ ސްޕޯރޓްސް ކުލަބާ ބައްދަލުކޮށް 6 ލަނޑު 3 ލަނޑުންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އަންގަބޫލަބުލް ޖޫނިއަރސްއަށް 3 ލަނޑު ޖަހައިދިން އާދަމް ޢަޒުމީއެވެ. ރޭ ކުޅުނު ދެ ވަނަ މެޗު އަންގަބޫލަބުލް ކާމިޔާބުކުރީ ކެލާ ޔޫތު ފޯރަމާ ބައްދަލުކޮށް 6 ލަނޑު 0 ލަނޑުންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މުޙައްމަދު ޒީދުހާން ޒުހުރީއެވެ.


މި މުބާރާތުގެ ބީ ގުރޫޕުގެ ދެ މެޗެއް މިރޭ ވެސް ކުޅެވޭނެއެވެ. ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ގޯއަޕް ސްޕޯރޓްސް ކުލަބާއި، ޓު ސްޕޯރޓްސް ކުލަބެވެ. ދެ ވަނަ މެޗުގައި ބައްދަލުކުރާނީ އެފްސީ ބައިލައްކައާއި، އާރުބީއެލް ސްޕޯރޓްސް ކުލަބެވެ.

އެމްޕީ ޝަރީ ކަޕް 2025ގެ ފުޓްސަލް މެޗުތައް ރޭންފެށިގެން ކުރިއަށްދާ އިރު ހޭންޑްބޯލް މެޗުތައް ފެށުމަށް ހަމަޖެހިފައި ވަނީ މާދަމާ ހަވީރެވެ. ހޭންޑްބޯލް ހުޅުވާ މެޗުގައި ބައްދަލުކުރަނީ ކެލާ ޔޫތު ފޯރަމާއި، ގޯއަޕް ސްޕޯރޓްސް ކުލަބެވެ.