ދީން

165 ވަނަ ފިލާވަޅު: ރޯދަވެރިޔާއަށް ކުރުން ހުއްދަ ކަންތައްތައް (ދެވަނަ ބައި) 

(7)ރޯދަވެރިޔާ އަތަރު ބޭނުންކުރުން  އަދި ވަސްހުންނަ ތަކެތިން (މިޘާލު: އަތަރު،…) ވަސްބެލުން ހުއްދައެވެ. ■ 4 މަޛްހަބު

■ “ބަޚޫރު ” އެވައްތަރު އަތަރުން ..ދުން އެޅުމުން  އަދި އެ ދުންތައް (ކައިރީގައި ހުރެގެން) އެތަކެތިން ބަސްބެލުން (އެދުންތައް ނޭފަތުގެ ތެރެއިން ވަދުން: އޭރުން އޭގެ އަޘަރު ކުޅަށްގޮސް ހަށިގަނޑުގެ ތެރެއަށް ދިއުން) :: މިހާލަތުގައި ރޯދަ ޤެއްލޭނެތޯ ނުވަތަ ނޫންތޯ ޚިލާފު އުފެދިފައިވެއެވެ.

■ (1)މިހާލަތުގައި  (ބަޚޫރު ” އެވައްތަރު އަތަރުން ..ދުން އެޅުމުން  އަދި އެ ދުންތައް (ކައިރީގައި ހުރެގެން) އެތަކެތިން  ވަސްބެލުން)  ރޯދަ ޤެއްލޭނެ:■ މަޛްހަބު ޙަނަފީ އަދި މާލިކީ ، އިބްނު ޢުޘައިމީން 

■ (2)މިހާލަތުގައި  (ބަޚޫރު ” އެވައްތަރު އަތަރުން ..ދުން އެޅުމުން  އަދި އެ ދުންތައް (ކައިރީގައި ހުރެގެން) އެތަކެތިން  ވަސްބެލުން)  ރޯދަ ނުޤެއްލޭނެ  ■ ޝާފިޢީ މަޛްހަބު، އިބްނު ޙަޒުމް، އިބްނު ތައިމިއްޔާ (ރަޙިމަހުމު ﷲ)

(ނޯޓް : ބަޚޫރު އަތަރުން ނޫނަސް…ޤަސްދުގައި އެކި ދުންތަކުން  ވަސްބެލުން (އޭގެ އަޘަރު ކަރުތެރެއަށް ވަންނަނަމަ  މިހާލަތަށް ވަންނާނެއެވެ. ) 

(8)ރޯދަވެރިޔާ ސިވާކުކުރުން ، ދަތް އުނގުޅުން ހުއްދަވެގެންވެއެވެ.އެއީ އިރު މެދުޖެހުމުގެ ކުރިންވިޔަސް ނުވަތަ އިރު މެދުޖެހުމުގެ ފަހުންވިޔަސް މެއެވެ. ■ ޙަނަފީން ، އިބްނު ތައިމިއްޔާ ، އިބްނު ޤައްޔިމް ، ޝައުކާނީ ، އިބްނު ބާޒު ، އަލްބާނީ ، އިބްނު ޢުޘައިމީން ، ބައެއް ގިނަ ޢިލްމުވެރިންގެ ބަސްފުޅު  (ރަޙިމަހުމު ﷲ) 

(9)ރޯދަވެރިޔާ ދަތް އުނގުޅާއިރު ، ދަތް އުނގުޅާ ބޭސް ބޭނުންކުރުން ހުއްދައެވެ. އެހެންނަމަވެސް ކަރުގެ ތެރެއަށް ބޭހުގެ އަޘަރު ދިއުމަށް ހުށިޔާރުވެ ރައްކާތެރިވާންޖެހޭނެއެވެ. ■ އިބްނު ބާޒު، އިބްނު ޢުޘައިމީން، މަޖްމަޢު ފުޤްހުލް އިސްލާމީ އިޚްތިޔާރުކުރައްވާ ބަސްފުޚު 

(10) ރޯދަވެރިޔާއަށް އަދުން އެޅުން ހުއްދައެެވެ ■ ޙަނަފީންގެ ބަސްފުޅެއް، ޝަފީޢީން، އިބްނު ތައިމިއްޔާ، ޝައުކާނީ، އިބްނު ބާޒު، އިބްނު ޢުޘައިމީން، އަލްބާނީ   (ރަޙިމަހުމު ﷲ) 

(މައުލޫމާތު ނެގިފައިވަނީ ملخص فقه العبادات ، القسم العلمي بمؤسسة الدرر السنية މިފޮތުން)

والله أعلم

އިތުރު ލިޔުން

ކޮމެންޓްކުރުމަށް

ތިބޭފުޅާގެ އީމެއިލްއެޑްރެސް ޕަބްލިޝެއް ނުކުރާނެ Required fields are marked *

Back to top button