ޤުރުއާން ކިޔެވުމުގެ 37 ވަނަ ޤައުމީ މުބާރާތުގައި ބައިވެރިވުމަށް ކެލާ ޔޫތު ފޯރަމުން ހުށަހަޅައިފި

ޤުރުއާނާ ބެހޭ މަރުކަޒުން މި އަހަރު ބާއްވާ ޤުރުއާން ކިޔެވުމުގެ 37 ވަނަ ޤައުމީ މުބާރާތުގައި ބައިވެރިވުމަށް ކެލާ ޔޫތު ފޯރަމުން ހުށަހަޅައިފިއެވެ.
ޤުރުއާން ކިޔެވުމުގެ 36 ވަނަ މުބާރާތުގައި ބައިވެރިވެ ރަނގަޅު ކާމިޔާބުތަކެއް ހޯދާފައިވާ، ކެލާ ޔޫތު ފޯރަމުން މި މުބާރާތުގައި ބައިވެރިވުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ ގިނަ ދަރިވަރުންތަކަކަށް މުބާރާތުގައި ވާދަކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމެވެ.
36 ވަނަ ޤުރުއާން މުބާރާތުން އެހެނިހެން މުއައްސަސާތަކުގެ ބައިން ބަލައިގެން ކިޔެވުމުން 2 ވަނަ އެ ޖަމްޢިއްޔާ ހޯދި އިރު، އެ ފަހަރުގެ ބަލައިގެން ކިޔެވުމުން މުޅި ރާއްޖެއިން 1 ވަނަ ހޯދީ ވެސް އެ ޖަމްޢިއްޔާއިން ވާދަކުރި ދަރިވަރެކެވެ.
މި އަހަރުގެ މުބާރާތަށް ރަނގަޅު ޓީމެއް އެކުލަވައިލާ ފަރިތަކުރުންތައް ކައިރި ތާރީޚެއްގައި ފެށުމަށް އެ ޖަމްޢިއްޔާއިން މިހާރު އަންނަނީ މަސައްކަތްކުރަމުންނެވެ. މި އަހަރުގެ ޓީމު މި ދިޔަ އަހަރުގެ ޓީމަށް ވުރެ ހުރިހައި ގޮތަކުން ވެސް ރަނގަޅު ވާނެ ކަމަށް އެ ޖަމްޢިއްޔާއިން އުންމީދުކުރެއެވެ.