މަރުޙަބާ، ކެލާ ވެޓަރެންސް ވޮލީ ޓީމް

މުރައިދޫ އިންވިޓޭޝަނަލް ވެޓަރެންސް ވޮލީބޯޅަ ޓޯނަމެންޓް 2025ގެ ގްރޫޕް ބީގެ 1 ވަނަ ޓީމުގެ ގޮތުގައި ކެލާ ޓީމް ސެމީގެ ޖާގަ ކަށަވަރުކޮށް، ސެމީ ފައިނަލްގައި މުބާރާތް ބާއްވާ ރަށް ކަމުގައިވާ މުރައިދޫ ވެޓަރެންސް ވޮލީ ޓީމު 2-3 އިން ބަލިކޮށް، ކެލާ ދާއިރާގެ ފިއްލަދުއާއެކު ފައިނަލަށް ކެލާ ދަތުރުކޮށްފައި ވާތީ، ކެލާ ޓީމުގެ އެންމެހައި ކުޅުންތެރިންނަށާއި، އޮފިޝަލުންނަށް ހޫނު މަރުޙަބާ ކިޔަމެވެ.
ރޭ މުރައިދުއާއެކު ސެމީ ފައިނަލްގައި ދެއްކި ކުޅުމަށް ވުރެ ވެސް ފޯރިގަދަ ކުޅުމެއް މިއަދު ހަވީރު އޮންނަ ފައިނަލް މެޗުގައި ކެލާ ޓީމުން ދައްކާނެ ކަމަށް އުންމީދުކުރަމެވެ. ފިއްލަދޫއާއި، ކެލައަކީ ދެ ރަށެއް ކަމަށް ވިއަސް އެއް ރަށެކެވެ. ދެ ޓީމުގައި ވެސް ތިބީ ގާތް މިތުރުންނެވެ. ކުޅިވަރުގެ ދަނޑުތަކާއި، ކޯޓުތަކުގެ ރަށްޓެހިންނެވެ.
މިއަދު ހަވީރު ކުޅެވޭ މި ފޯރިގަދަ ފައިނަލް މެޗު ދުރުގައި ތިއްބަސް ދެ ޓީމުގެ ސަޕޯރޓަރުން ވެސް ފައިނަލް މެޗު ބަލައިނެއެވެ. ނިޔާ އެކަޑަމީގެ ފޭސްބުކް ޕޭޖު މެދުވެރިކޮށެވެ. ދެވެން ތިބި ސަޕޯރޓަރުން ޓީމާއެކު މުރައިދޫއަށް ދަތުރުކުރާނެ ކަމާމެދު ޝައްކެއް ނުކުރަމެވެ.
ވޮލީގެ ރޫޙް އިތުރު ހަރުފަތަކަށް ތިލަދުންމަތީގައި ގެންދިޔުމަށް ނިޔާ އެކަޑަމީން މުރައިދޫގައި، ކުރިއަށް ގެންދާ މި މުބާރާތުގައި ޖުމްލަ 10 ޓީމަކުން ވާދަކުރެއެވެ. ދެ ގުރޫޕަށް ބަހައިލައިގެން ކުރިއަށް ގެންދާ މި މުބާރާތުގެ ފައިނަލްގައި ވާދަކުރާ ކެލައާއި، ފިއްލަދޫއަކީ ގުރޫޕް ބީގައި ހިމެނުނު ދެ ޓީމެވެ. ގްރޫޕް ސްޓޭޖުގައި މި ދެ ޓީމު ކުޅުނު މެޗް 2-3 އިން ކާމިޔާބުކޮށްފައި ވަނީ ފިއްލަދޫއެވެ.