162 ވަނަ ފިލާވަޅު: ރަމަޟާންމަސް ނިކުންކަތް ޘާބިތުކުރާ ގޮތްތައް

■■(1)ޝައްވާލު މަހުގެ ހަނދު ފެނުން (ހަނދު ބަލާނީ ރަމަޟާންމަހު 29 ވަަނަ ދުވަހުގެ ރޭ އިރުއިއްސޭ ވަޤުތު އެއީ 30 ވަނަ ވިލޭރޭ)
■ (1)މަދުވެގެން 2 އަދުލުވެރި ހެކިވެރިން ޝައްވާލު މަހުގެ ހަނދު ފެނުނުކަމަށް ޚަބަރު ދޭންޖެހޭނެއެވެ. ■ 4 މަޛްހަބު ، ގިނަ ޢިލްމުވެރިން
■ (2)ޝައްވާލު މަހުގެ ހަނދު އެންމެ ބޭފުޅަކަށް ފެނިއްޖެނަމަ ،.ފަހެ މީސްތަކުން ރޯދަ ވީއްލައިފުމަށް ދާންދެންެ އެއިންސާނާ ރޯދަ ނުވީއްލާނެއެވެ.(އެބަހީ : ތަބާވާނީ މީސްތަކުން ޢަމަލުކުރާ ގޮތަށެވެ. އެބޭފުޅާއަށް ހަނދު ފެނުނަސް މާދަން ޢީދު ކަމަކަށް އެބޭފުޅާއަށް ނުބަލާނެއެވެ.)
■■(2)ރަމަޟާންމަހުގެ 30 ދުވަސް ހަމަކުރުން
■ (1)ރަމަޟާން (30 ވަނަ ވިލޭރޭ) ، 29 ވަަނަ ދުވަހު ހަނދު ނުފެނިއްޖެނަމަ ، ފަހެ އެހާރުން ރަމަޟާން މަހު 30 ވަނަ ދުވަސް ހަމަކުރުން (އެދުވަހު ރޯދައަށް ތިބުން) ވާޖިބުވެގެންވެއެވެ. ■ މުސްލިމުންގެ އިއްތިފާޤު (އިބްނު ތައިމިއްޔާ (ރަޙިމަހު ﷲ) ނަޤުލްކުރައްވާ)
■ (2)ރަމަޟާން (30 ވަނަ ވިލޭރޭ) ، 29 ވަަނަ ދުވަހުގެ ރޭ ހަނދުފެނި ( 2 އަދުލުވެރިންނަށް) ، އަދި މީސްތަކުންނަށް އެކަން އެގުނީ ޖެހިގެން އައި ދުވަހުގެ ދުވާލުގެ ބައެއް ދިޔަފަހުން ކަމުގައިވާނަމަ : އެއީ މެންދުރު އިރު މެދުޖެހުމުގެ ކުރިން ކަމުގައިވާނަމަ :: ފަހެ މީސްތަކުން (1) ރޯދަ ވީއްލައި (2) ޢީދު ނަމާދު ކުރާށެވެ.■ މުސްލިމުންގެ އިއްތިފާޤު (އިބްނު ޢަބްދުލް ބައްރު (ރަޙިމަހު ﷲ ) ނަޤުލްކުރައްވާ)
■ (3)ޝައްވާލު މަހު ހަނދު ފެނުނީ ދުވާލުގެ ވަޤުތު ކަމުގައިވާނަމަ ●(( އެބަހީ : ރަމަޟާން ( 30 ވަނަ ވިލޭރޭ ހަނދު ބަލާފައި ނުފެނުނު އެހެންނަމަވެސް އެދުވަސް ފަތިސް ފަހުން (ރަމަޟާން 30 ގެ) ދުވާލު ވަޤުތު ހަނދު ފެނުން )) ● ހަނދު ފެނުނީ މެންދުރު އިރު މެދުޖެހުމުގެ ކުރިން ނުވަތަ ފަހުންކަމުގައިވިޔަސް : މިހާލަތުގައި ރޯދަ ނުވީއްލާނެއެވެ. ރަމަޟާންމަހު 30 ވަނަަ ދުވަސް ހަމަކުރާނީއެވެ. ■ 4 މަޛްހަބު ، ބައެއް ސަލަފުންގެ ބޭކަލުން …
(މައުލޫމާތު ނެގިފައިވަނީ ملخص فقه العبادات ، القسم العلمي بمؤسسة الدرر السنية މިފޮތުން)
والله أعلم