ޚަބަރު

އެމްޕީ ޝަރީ ކަޕް 2025، ރަސްމީކޮށް އިފްތިތާޙްކޮށްފި

ކެލާ ދާއިރާގެ ތިން ރަށަށް ޚާއްޞަކޮށްގެން ބާއްވާ ”އެމްޕީ ޝަރީ ކަޕް 2025”  ރަސްމީކޮށް އިފްތިތާޙްކޮށްފިއެވެ. ”އެމްޕީ ޝަރީ ކަޕް 2025”  ރަސްމީކޮށް އިފްތިތާޙްކޮށްދެއްވީ މިރޭ ކަމަނަ މާލަމްގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ރައީސް އޮފީހުގެ މިނިސްޓަރ އަލްފާޟިލް ޢަލީ އާރިފުއެވެ.

ރަސްމީކޮށް މިރޭ އިފްތިތާޙްކުރެވުނު ”އެމްޕީ ޝަރީ ކަޕް 2025”ގައި ހޭންޑް ބޯޅައާއި، ފުޓްސަލް މުބާރާތެއް ހިމަނުއްވާފައި ވެއެވެ. މިރޭ ބޭއްވި މި ރަސްމިއްޔާތުގައި މުބާރާތުގެ ލޯގޯއާއި، ލަވަ ވެސް ލޯންޗްކޮށްފައެވެ.

ރައީސް އޮފީހުގެ މިނިސްޓަރ އަލްފާޟިލް ޢަލީ ޢާރިފު ދެއްކެވި ވާހަކަފުޅުގައި މި ސަރުކާރުން ދުންފަތާއި ދެކޮޅަށް ގެންގުޅުއްވާ ވިސްނުންފުޅާއި، ކުޅިވަރާއި،  ޒުވާނުންނާ ގުޅުން ހުރި ސިޔާސަތުތަކުގެ މައްޗަށް އަލިއަޅުވައިލެއްވެވިއެވެ.

މި ރަސްމިއްޔާތުގައި ކެލާ ދާއިރާގެ ޢިއްޒަތްތެރި މެންބަރ ޢަބްދުﷲ ޝަރީފު ދެއްކެވި ވާހަކަފުޅުގައި ދާއިރާގެ ތިން ރަށަށް ޚާއްޞަކޮށްގެން މުބާރާތެއް ބޭއްވުމުގެ އެންމެ ބޮޑު މަޤުޞަދަކީ  އަދުގެ ސަރުކާރުން ދުންފަތާދުރު، ދުޅަހެޔޮ ޒުވާންޖީލެއް ބިނާކުރުމަށް ގެންގުޅުއްވާ  ސިޔާސަތުގެ ތެރެއިން ތިން ރަށުގެ ދެ ޖިންސުގެ ޒުވާނުންނަށް  ވާދެވެރި ކުޅިވަރުގެ މުބާއްރާތްތަކެއް ބާއްވައިދީ  ކުޅިވަރުގެ ހުނަރުވެރިކަން ތަރައްޤީ ކޮއްދެއްވުން ކަމަށް ވިދާޅުވިއެވެ.

ޗެންޕިއަން ޓީމަށް ބައިލައްކަ ރުފިޔާ ލިބޭ މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ޖުލައި މަހުގެ 26 ވަނަ ދުވަހު  ހއ. ފިއްލަދޫގައެވެ. ހޭންޑް ބޯލް މެޗްތައް ހަވީރު ކުޅުމަށް ހަމަޖައްސައިފައިވާ އިރު ފުޓްސެލް މެޗްތައް ކުޅުމަށް ހަމަޖެހިފައި ވަނީ ރޭގަނޑެވެ.

މި މުބާރާތުގެ މެއިންސްޕަންސަރއަކީ ސިންގަރ ކުންފުންޏެވެ. މީޑިއަރ ޕާރޓުނާއަކީ، އެމް. އެމް ޓީވީއެވެ. މި ޙަފްލާގައި ރައީސް އޮފީހުގެ ބައެއް މިނިސްޓަރުންނާއި، ސްޕޯރޓްސް މިނިސްޓްރީގެ އިސްވެރިންނާއި، ކެލާ ދާއިރާގެ ޒުވާނުންނާއި އަދި ކުޅިވަރު އާއިލާގެ ގިނަ ފަރާތްތަކެއް ބައިވެރިވިއެވެ.

ކެލާ ވަޙީދު

ތަޢުލީމީ ދާއިރާގެ ޚިދުމަތުގެ ދަތުރު ވަޙީދު ފެއްޓެވީ 1988 ވަނަ އަހަރު ޕްރައިމަރީ ޓީޗަރެއްގެ ގޮތުގައި ހއ. އަތޮޅު ތަޢުލީމީ މަރުކަޒުންނެވެ. އޭގެ ފަހުން އެ މަރުކަޒުގެ އެސިސްޓެންޓް ސްޕަވައިޒަރުކަމާއި، އެސިސްޓެންޓް ހެޑްމާސްޓަރުކަން ކުރެއްވިއެވެ. 11 އަހަރުގެ ޚިދުމަތަށް ފަހު އެ މަރުކަޒު ދޫކުރައްވާ 1999 ގައި އަމިއްލަ ރަށް ކަމުގައިވާ ކެލާ، ޝައިޚް އިބްރާހީމް ސުކޫލުގެ އެސިސްޓެންޓް ހެޑްމާސްޓަރުކަމަށް ބަދަލުވެ، ފަހުން އެ ސުކޫލުގެ ޑެޕިޔުޓީ ޕްރިންސިޕަލުކަން ވެސް ކުރެއްވިއެވެ. 2012 ވަނަ އަހަރު ކެލާ ސުކޫލުގެ ވަޒީފާއިން ވަކިވެ 7 އަހަރަށް ވުރެ ގިނަ ދުވަހު ޣިޔާޘުއްދީން އިންޓަރނޭޝަލް ސުކޫލުގެ ދިވެހި މުދައްރިސެއްގެ ގޮތުގައި މަސައްކަތްކުރެއްވިއެވެ. އެއަށް ފަހު ތަޢުލީމީ ދާއިރާ ދޫކުރެއްވީ ގާތް ގަނޑަކަށް 4 އަހަރު ދިވެހި މުދައްރިސެއްގެ ގޮތުގައި ކަލާފާނު ސުކޫލުގައި މަސައްކަތް ކުރެއްވުމަށް ފަހުގައެވެ. ޖުމުލަ 36 އަހަރު ތަޢުލީމީ ދާއިރާގައި ވަޙީދު ވަނީ މަސައްކަތް ކުރައްވާފައެވެ.

އިތުރު ލިޔުން

ކޮމެންޓްކުރުމަށް

ތިބޭފުޅާގެ އީމެއިލްއެޑްރެސް ޕަބްލިޝެއް ނުކުރާނެ Required fields are marked *

Back to top button