160ވަނަ ފިލާވަޅު : ރޯދައިގެ ސުންނަތްތަކާއި އަދަބުތައް ( ފުރަތަމަ ބައި)

■ (1) (ރޯދަ ވީއްލުމާ ގުޅޭ ބައެއް އަދަބުތައް )
(1)އިރު (އިރު އެއްކޮށް) އޮއްސިއްޖެކަން ޘާބިތުވުމުން (ޔަޤީންވުން، ބޮޑަށް ހީވުން) : (އިތުބާރު ހުރި ފަރާތެއް މަޣްރިބު ބަންޤި ގޮވުމުން) ފަހެ އެހާރުން 2ރޯދަ ވީއްލުން އަވަސްކުރުން ސުންނަތްވެގެންވެއެވެ ■ މުސްލިމުންގެ އިއްތިފާޤު
(2)ބޮޑަށް ހީވާ ގޮތުގެ މައްޗަށް ބިނާކޮށް ރޯދަ ވީއްލުން ހުއްްދަވެގެންވެއެވެ ■ 4 މަޛްހަބު
(3) ● (1)ރުޠަބުން (އެއްފަޅި ކަޅުކޮށް އަނެއްފަޅި ދޮންކޮތް) ރޯދަ ވީއްލުން ސުންނަތް ވެގެންވެއެވެ. ● (2) ރުޠަބު ނުލިބިއްޖެނަމަ ކަދުރުން (އެއްކޮށް ކަޅުކޮށް) ރޯދަ ޥީއްލުން ސުންނަތްވެންވެއެވެ. ● (3) ކަދުރު ނުލިބިއްޖެނަމަ ފެން ފޮދަކުން ރޯދަވީއްލުން ސުންނަތްވެގެންވެއެވެެ ■ ޖުމްހޫރު
(ރުޠަބު އަދި ކަދުރު އަދި ފެން :: ރޯދަ ވީއްލުމަށް ނުލިބިއްޖެނަމަ އެބޭފުޅަަކަށް ފަސޭހަ ކާއެއްޗަކުން ނުވަތަ ބޯ އެއްޗަކުން ރޯދަ ވީއްލިދާނެއެވެ. ● ދެން އިތުރު ކާއެއްޗެއް ނުވަތަ ބޯއެއްޗެއް ރޯދަ ވީއްލަން ނުލިބިއްޖެނަމަ :: ރޯދަ ވީއްލަން ނިޔަތް ގަތުމުން ފުދޭނެއެވެ. މިހާލަތުގައި ބައެއް ބޭފުޅުން ކަންތައް ކުރައްވާ ފަދައިން އިނގިލި ބުއިން ނުވަތަ ކުޅު އެއްކޮށްފައި ދިރުވާކަން ނުޖެހޭނެއެވެ.)
(4)ރޯދަ ވީއްލާފައި (ކާބޯތަކެތި ކެއުމަށްފަހު) މިފަދައިން ދުޢާކުރުން ” ذَهَبَ الظَّمَأُ، وَابْتَلَّتِ الْعُرُوقُ، وَثَبَتَ الْأَجْرُ إِنْ شَاءَ اللَّهُ ” (މާނައީ: ކަރުހިއްކުން ފިލައްޖެއެވެ. އަދި ނާރުތައް ތެމިއްޖެއެވެ. އަދި ﷲ އިރާދަކުރެއްވިއްޖިއްޔާ އަޖުރު ޘާބިތުވެއްޖެއެވެ.) ސުންނަތްވެގެންވެއެވެ.
■ (2) (ހާރުކެއުން)
(1) ■ތައުރީފު■ : ● السُّحُورُ : ސުޙޫރު (ސީނުގައި އުބުފިލި ޖަހައިގެންނަމަ) : މުރާދަކީ: ހާރު ކެއުން (އެ ކަންތައް އެ ޢަމަލު)
●السَّحُورُ ( ސަޙޫރު ( ސީނުގައި އަބަފިލި ޖަހައިގެންނަމަ ) : މުރާދަކީ :ހާރު ގައި ކާ ކާތަކެއްޗާއި ބޯ ތަކެތި
■ (2)ރޯދަހިފުމަށް އެދޭ ބޭފުޅެއްނަމަ ހާރުކެއުން ސުންނަތްވެގެންވެއެވެ. ■ މުސްލިމުންގެ އިއްތިފާޤު
(ނޯޓް : ހާރުކާން ފެށޭ ވަޤުތަކީ ..އިރު އޮއްސުމުންގޮސް ފަތިސް ވަންދެން އެވާ ވަޤުތު 3 ބަޔަށް ބަހާލާފައި އޭގެ 3 ވަނަ ބަޔެވެ.ރޭގަނޑުގެ ތިންބައި ކޮށްފައި ފަހު ބަޔެވެ. (އެއީ ހާރުގެ ވަޤުތެވެ..އޭރުން ހާރު ވަޤުތު ފެށޭނީ ރޭގަނޑުގެ ތިންވަނަ ބައި ފެށުނީމައެވެ. ހާރު ވަޤުތު ނިމޭނީ ފަތިސްވުމުންނެވެ.( ފަތިސް ބަންޤި)……( އިބްނު ޢުޘައިމީން (ރަޙިމަހު ﷲ ))
■(3)ހާރުކެއުމުގެ މަތިވެރި ކަންތައްތައް
●ހާރުގައި ކާ ތަކެތީގައި ބަރަކާތްލެއްވިގެންވެއެވެ. ● އިބްނު ދަޤީޤުލް އަލް ޢީދް (ރަޙިމަހު ﷲ) ވިދާޅުވެފައިވެއެވެ. ” (1) ހާރު ކެއުން : އެކަމަށާއި (2) ހާރުގައި ކާ ތަކެއްޗާއި : މި 2 ބަޔަށް އެއްކޮށް (ޙަދީޘްފުޅުގައި އައިސްފައިވާ) ބަރަކާތް ލެއްވުން އިޙްތިމާލް އެބައޮތެވެ.(އެބަހީ: 2 ބަަޔަށް ބަރަކާތް ލެއްވުން ކަމުގައިވެސް ވެދާނެއެވެ.) ” (އަލް އިޙްކާމް އަލް އަޙްކާމް)
(4 )ހާރުކެއުމުގެ ޙިކުމަތް (އަދި މަޤްޞިަދުތައް) :■ (1) އަޅުކަމަށް އެހީވެރިވުން : ފަހެ (ހާރުކެެއުން) ރޯދަޔަށް ހުރުމަށް އިންސާނާއަށް އެހީތެރިވެދެއެވެ.
■ (2)އަހްލު ކިތާބީންނާއި ތަފާތުވުމަށްޓަކައެވެ.ި އެބައިމީހުން (ހިފާ ރޯދައިގައި) ހާރެއް ނުކައެވެ.
(5)ފަޖުރުލުމުގެ (ދެވަަނަ ފަޖުރު ފަޖުރުއް ޞާދިޤު / ފަތިސް ބަންޤި) ބިރުވެރިކަން ނެތްނަމަ : ރޯދަވެރިޔާއަށް (ރޯދަހިފާ ބޭފުޅާއަށް) ސުންނަތްވެެންވާ ގޮތަކީ ހާރުކެއުން ލަސްކުރުމެވެ.■ މުސްލިމުންގެ އިއްތިފާޤު
(6)ކޮންމެ ކާއެއްޗަކުން ނުވަތަ ކޮންމެ ބޯ އެއްޗަކުން ، ކިތަންމެ ކުޑަ މިންވަރަކުންވެސް :: ހާރުކެއުން ޙާޞިލުވާނެއެވެ.
(7)ކަދުރުން ހާރުކެއުން ސުންނަތްވެގެންވެއެވެ. (ހާރު ކާއިރު އޭގެ ތެރޭގައި ކަދުރު ބޭނުންކުރުން)
(މައުލޫމާތު ނެގިފައިވަނީ ملخص فقه العبادات އަދި فقه العبادات ، القسم العلمي بمؤسسة الدرر السنية މިފޮތުން)
والله أعلم.