ޚަބަރު

“ޢީދު މަހާސަމާ 1446 – ހއ. ކެލާ” މުބާރާތްތަކުގައި ބައިވެރިވާން ހުޅުވައިލައިފި

“ޢީދު މަހާސަމާ 1446 – ހއ. ކެލާ” މުބާރާތްތަކުގައި ބައިވެރިވާން ހުޅުވައިލައިފިއެވެ. ޢީދުގެ ޙަރަކާތްތައް ކެލާގައި އިންތިޒާމުކޮށް ހިންގާ ކެލާ ޔޫތު ފޯރަމުން ހުޅުވައިލައިފައިވާ މުބާރާތްތައް ތިރީގައި އެ ވަނީއެވެ.

1. ޢީދު ވަލާހިފުން (ވާދެމުމުގެ މުބާރާތް)

2. ޢީދު ކައްކާލި (ޑާންސް މުބާރާތް)

3. ޢީދު ބުއްރާސް ( ކެނޯ ރޭސް)

4. ޢީދު ހުސިޔާރު ( ކެއުމުގެ މުބާރާތް)

5. ޢީދު ކަށިހިތްވަރު (ޢާއިލީ ހަވީރު)

6. ޢީދު އާންދޮގޭ (ފަންގިވިނުން، ރޯނުވެށުން)

7. ޢީދު މަހާދިޔުން ( މަސް ރޭސް)

ކެލާ ޔޫތު ފޯރަމުން މަޢުލޫމާތު ދެއްވި ގޮތުގައި މި މުބާރާތްތަކުގެ ތެރޭގައި ޓީމުތަކަށް ހުޅުވައިލައިފައިވާ މުބާރާތްތަކާއި، ވަކި ފަރުދުންގެ ގޮތުގައި ބައިވެރިވެވޭ މުބާރާތްތައް ވެސް ހިމެނިފައި ވެއެވެ. މި މުބާރާތްތަކުގައި ޢީދު ކުޅިވަރަށް ކެލައަށް ޒިޔާރަތްކުރާ ފަރާތްތަކަށް ވެސް ބައިވެރިވެވޭ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ކެލައަކީ ޢީދު ކުޅިވަރު ޤައުމީ ފެންވަރުގައި މި އަހަރު ފާހަގަކުރާ ރަށްތަކުގެ ތެރެއިން ރަށެކެވެ.

ކެލާ ވަޙީދު

ތަޢުލީމީ ދާއިރާގެ ޚިދުމަތުގެ ދަތުރު ވަޙީދު ފެއްޓެވީ 1988 ވަނަ އަހަރު ޕްރައިމަރީ ޓީޗަރެއްގެ ގޮތުގައި ހއ. އަތޮޅު ތަޢުލީމީ މަރުކަޒުންނެވެ. އޭގެ ފަހުން އެ މަރުކަޒުގެ އެސިސްޓެންޓް ސްޕަވައިޒަރުކަމާއި، އެސިސްޓެންޓް ހެޑްމާސްޓަރުކަން ކުރެއްވިއެވެ. 11 އަހަރުގެ ޚިދުމަތަށް ފަހު އެ މަރުކަޒު ދޫކުރައްވާ 1999 ގައި އަމިއްލަ ރަށް ކަމުގައިވާ ކެލާ، ޝައިޚް އިބްރާހީމް ސުކޫލުގެ އެސިސްޓެންޓް ހެޑްމާސްޓަރުކަމަށް ބަދަލުވެ، ފަހުން އެ ސުކޫލުގެ ޑެޕިޔުޓީ ޕްރިންސިޕަލުކަން ވެސް ކުރެއްވިއެވެ. 2012 ވަނަ އަހަރު ކެލާ ސުކޫލުގެ ވަޒީފާއިން ވަކިވެ 7 އަހަރަށް ވުރެ ގިނަ ދުވަހު ޣިޔާޘުއްދީން އިންޓަރނޭޝަލް ސުކޫލުގެ ދިވެހި މުދައްރިސެއްގެ ގޮތުގައި މަސައްކަތްކުރެއްވިއެވެ. އެއަށް ފަހު ތަޢުލީމީ ދާއިރާ ދޫކުރެއްވީ ގާތް ގަނޑަކަށް 4 އަހަރު ދިވެހި މުދައްރިސެއްގެ ގޮތުގައި ކަލާފާނު ސުކޫލުގައި މަސައްކަތް ކުރެއްވުމަށް ފަހުގައެވެ. ޖުމުލަ 36 އަހަރު ތަޢުލީމީ ދާއިރާގައި ވަޙީދު ވަނީ މަސައްކަތް ކުރައްވާފައެވެ.

އިތުރު ލިޔުން

ކޮމެންޓްކުރުމަށް

ތިބޭފުޅާގެ އީމެއިލްއެޑްރެސް ޕަބްލިޝެއް ނުކުރާނެ Required fields are marked *

Back to top button