ޚަބަރު

ކޮންޓްރެކްޓަރުންނާ ޙަވާކުރެވިފައިވާ ބަނދަރުގެ ތެރޭގައި ކެލާ ބަނދަރު ހިމެނޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ

މި ސަރުކާރުން ކޮންޓްރެކްޓަރުންނާ މަސައްކަތް ޙަވާލުކޮށްފައިވާ ބަނދަރުގެ ތެރޭގައި ކެލާ ބަނދަރު ހިމެނޭކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިޢުލާންކުރައްވައިފިއެވެ. މި ކަން އެ މަނިކުފާނު އިޢުލާންކުރައްވާފައި ވަނީ 2025 މޭ 3 ވަނަ ދުވަހު، ނޫސްވެރިންނަށް ދެއްވި ތާރީޚީ ބައްދަލުވުމުގައެވެ.

ގާތް ގަނޑަކަށް 15 ވަރަކަށް ގަޑީއިރަށް ދިގުދެމިގެން ދިޔަ، ނޫސްވެރިންގެ ބައްދަލުވުމުގައި ބަނދަރުގެ މަސައްކަތް ކޮންޓްރެކްޓަރުންނާ  ޙަވާލުުކޮށްފައިވާ ކަމަށް އިޢުލާންކުރެއްވި 28 ބަނދަރުގެ ތެރޭގައި  ކެލާ ހިމެނިފައި އޮތެވެ.

މި ފަހަރު މި ކުރެވޭ ބަނދަރު މަސައްތަކުގެ ސަބަބުން ކެލާގެ ޤުދުރަތީ ނަލަ ގޮނޑުދޮށަށް އިތުރު ތާޒާކަން ލިބި، ގޮނޑުދޮށަށް ޖަމާވަމުން އަންނަ އަކިރީގެ ނުރައްކަލުން ސަލާމަތްވާނެ ކަމަށް އުންމީދުކުރެވެއެވެ.

އެމްޓީސީސީއާ ޙަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ މަސައްކަތް ކައިރި ތާރީޚެއްގައި ފެށި ނިމިގެން ދިޔުމަކީ ކެލާ ރައްޔިތުން ވަރަށް ބޮޑަށް އެދޭ ކަންކަމުގެ ތެރެއިން ކަމެކެވެ. ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ  ޒަޢާމަތުގައި ކެލާގެ ތަރައްޤީއަށް ހިމަނުންވާފައިވާ އެންމެހައި ކަންކަން ނިމިގެން ދިޔުމަކީ، ކެލާ ރައްޔިތުން ދެކެމުން އަންނަ ހުވަފެންތަކުގައި ޙަޤީޤީކުލަ ޖެހިގެންދާނެ ކަމެކެވެ.  

ކެލާ ވަޙީދު

ތަޢުލީމީ ދާއިރާގެ ޚިދުމަތުގެ ދަތުރު ވަޙީދު ފެއްޓެވީ 1988 ވަނަ އަހަރު ޕްރައިމަރީ ޓީޗަރެއްގެ ގޮތުގައި ހއ. އަތޮޅު ތަޢުލީމީ މަރުކަޒުންނެވެ. އޭގެ ފަހުން އެ މަރުކަޒުގެ އެސިސްޓެންޓް ސްޕަވައިޒަރުކަމާއި، އެސިސްޓެންޓް ހެޑްމާސްޓަރުކަން ކުރެއްވިއެވެ. 11 އަހަރުގެ ޚިދުމަތަށް ފަހު އެ މަރުކަޒު ދޫކުރައްވާ 1999 ގައި އަމިއްލަ ރަށް ކަމުގައިވާ ކެލާ، ޝައިޚް އިބްރާހީމް ސުކޫލުގެ އެސިސްޓެންޓް ހެޑްމާސްޓަރުކަމަށް ބަދަލުވެ، ފަހުން އެ ސުކޫލުގެ ޑެޕިޔުޓީ ޕްރިންސިޕަލުކަން ވެސް ކުރެއްވިއެވެ. 2012 ވަނަ އަހަރު ކެލާ ސުކޫލުގެ ވަޒީފާއިން ވަކިވެ 7 އަހަރަށް ވުރެ ގިނަ ދުވަހު ޣިޔާޘުއްދީން އިންޓަރނޭޝަލް ސުކޫލުގެ ދިވެހި މުދައްރިސެއްގެ ގޮތުގައި މަސައްކަތްކުރެއްވިއެވެ. އެއަށް ފަހު ތަޢުލީމީ ދާއިރާ ދޫކުރެއްވީ ގާތް ގަނޑަކަށް 4 އަހަރު ދިވެހި މުދައްރިސެއްގެ ގޮތުގައި ކަލާފާނު ސުކޫލުގައި މަސައްކަތް ކުރެއްވުމަށް ފަހުގައެވެ. ޖުމުލަ 36 އަހަރު ތަޢުލީމީ ދާއިރާގައި ވަޙީދު ވަނީ މަސައްކަތް ކުރައްވާފައެވެ.

އިތުރު ލިޔުން

ކޮމެންޓްކުރުމަށް

ތިބޭފުޅާގެ އީމެއިލްއެޑްރެސް ޕަބްލިޝެއް ނުކުރާނެ Required fields are marked *

Back to top button