ޚަބަރު

މިރޭގެ ގަދަ ހިފުމަށް ވަށަފަރު، ކެލާއާއެކު މާރަންދޫ، ދިއްދޫއާއެކު

ގޯލަޑަން ފުޓްސަލް ޗެލެންޖު 2025 ގެ ހއ. އަތޮޅުގެ ގަދަ ހިފުމަށް  މިރޭ ވަށަފަރު، ކެލާއާއެކު އަދި މާރަންދޫ ދިއްދޫއާއެކު ނުކުންނާނެއެވެ.

ވަށަފަރު ސެމީއަށް ދަތުރުކުރީ 5 ޓީމު ވާދަކުރި ގްރޫޕް ބީގެ 1 ވަނަ ޓީމުގެ ގޮތުގައެވެ. ގްރޫޕް ސްޓޭޖުގައި ކުޅުނު މެޗުތަކުން، އެ ޓީމުން ވަނީ ޖުމްލަ 10 ޕޮއިންޓް  ހޯދާފައެވެ. ވަށަފަރާ ބައްދަލުކުރާ ކެލާ، ސެމީއަށް ދަތުރުކުރީ ގްރޫޕް އޭގެ 2 ވަނަ ޓީމުގެ ގޮތުގައެވެ. ގްރޫޕު ސްޓޭޖުގައި ކެލާއަށް ލިބުނީ 7 ޕޮއިންޓެވެ.

ސެމީގައި  ވާދަކުރާ މާރަންދޫ ސެމީއަށް އައީ ގްރޫޕު އޭގެ 1 ވަނަ ޓީމުގެ ގޮތުގައެވެ. ގުރޫޕު ސްޓޭޖުގައި މާރަންދޫއިން ވަނީ 9 ޕޮއިންޓް ހޯދާފައެވެ. މާރަންދޫއާ ވާދަކުރާ ދިއްދޫ ސެމީން ޖާގަ ހޯދީ ގްރޫޕު  ބީގެ 2 ވަނަ ޓީމުގެ ގޮތުގައެވެ. އެންމެ ފަހުގެ އަތޮޅު ޗެމްޕިއަންކަން ވެސް ހޯދައިފައިވާ ދިއްދޫއަށް ގްރޫޕު ސްޓޭޖުގައި ލިބުނީ 9 ޕޮއިންޓެވެ.

މިރޭ 9.30 ގައި މިއިން ކޮންމެ ޓީމެއްގެ، ކޮންމެ ކުޅުންތެރިއެއް ފަދައިން ކޮންމެ ރަށެއްގެ ކޮންމެ ސަޕޯރޓަރަކު ވެސް، މިރޭ ދަނޑަށް ދާނީ ނުވަތަ ކުޅެން ނުކުންނާނީ، ރަށަށް ނުވަތަ ޓީމަށް ކާމިޔާބަށް އެދިއެވެ. ފުޓްބޯޅައިގައި ކޮންމެ ނަތީޖާއެއް ވެސް ނުކުމެ ދާނެއެވެ. ކުޅިވަރުގެ ރޫޙާ އެއް ގޮތަށް ޓީމު މޮޅުކުރުމަށް ޓަކައި، ކަށީގެ މަދުން ހިތްވަރު ނެރެ ސާބަސް ދިނުމަކީ ޓީމުތަކަށް ލިބޭނެ ވަރަށް މަތިވެރި ހިތްވަރެކެވެ. އެންމެން ވެސް ދަނޑަށް ދިޔުމަކީ، ތިލައުތުރު ނޫހުގެ ވެސް އެދުމެކެވެ.

ކެލާ ވަޙީދު

ތަޢުލީމީ ދާއިރާގެ ޚިދުމަތުގެ ދަތުރު ވަޙީދު ފެއްޓެވީ 1988 ވަނަ އަހަރު ޕްރައިމަރީ ޓީޗަރެއްގެ ގޮތުގައި ހއ. އަތޮޅު ތަޢުލީމީ މަރުކަޒުންނެވެ. އޭގެ ފަހުން އެ މަރުކަޒުގެ އެސިސްޓެންޓް ސްޕަވައިޒަރުކަމާއި، އެސިސްޓެންޓް ހެޑްމާސްޓަރުކަން ކުރެއްވިއެވެ. 11 އަހަރުގެ ޚިދުމަތަށް ފަހު އެ މަރުކަޒު ދޫކުރައްވާ 1999 ގައި އަމިއްލަ ރަށް ކަމުގައިވާ ކެލާ، ޝައިޚް އިބްރާހީމް ސުކޫލުގެ އެސިސްޓެންޓް ހެޑްމާސްޓަރުކަމަށް ބަދަލުވެ، ފަހުން އެ ސުކޫލުގެ ޑެޕިޔުޓީ ޕްރިންސިޕަލުކަން ވެސް ކުރެއްވިއެވެ. 2012 ވަނަ އަހަރު ކެލާ ސުކޫލުގެ ވަޒީފާއިން ވަކިވެ 7 އަހަރަށް ވުރެ ގިނަ ދުވަހު ޣިޔާޘުއްދީން އިންޓަރނޭޝަލް ސުކޫލުގެ ދިވެހި މުދައްރިސެއްގެ ގޮތުގައި މަސައްކަތްކުރެއްވިއެވެ. އެއަށް ފަހު ތަޢުލީމީ ދާއިރާ ދޫކުރެއްވީ ގާތް ގަނޑަކަށް 4 އަހަރު ދިވެހި މުދައްރިސެއްގެ ގޮތުގައި ކަލާފާނު ސުކޫލުގައި މަސައްކަތް ކުރެއްވުމަށް ފަހުގައެވެ. ޖުމުލަ 36 އަހަރު ތަޢުލީމީ ދާއިރާގައި ވަޙީދު ވަނީ މަސައްކަތް ކުރައްވާފައެވެ.

އިތުރު ލިޔުން

ކޮމެންޓްކުރުމަށް

ތިބޭފުޅާގެ އީމެއިލްއެޑްރެސް ޕަބްލިޝެއް ނުކުރާނެ Required fields are marked *

Back to top button