152ވަނަ ފިލާވަޅު : ރޯދަ ފާސިދުވާ ކަންތައްތައް (ރޯދަ ބާޠިލްވާ ކަންތައްތައް)

(5)ޙައިޟާއި ނިފާސްގެ ލޭ (ރަމަޟާންމަހު ދުވާލު ވަޤުތު) އައުން ( 4 މިނެޓް 30 ސިކުންތު)
(1)ރޯދަޔަށް ހުއްޓައި ދުވާލު ވަޤުތު ● ޙައިޟުވެއްޖެނަމަ : ނުވަތަ ● ނިފާސްވެރިވެއްޖެނަމަ :: ފަހެ އެހާރުން އެރޯދަ ބާޠިލުވެގެންވެއެވެ. އަދި އެރޯދަ ފަހުން ޤަޟާކުރަންޖެހޭނެއެވެ. ■ މުސްލިމުންގެ އިއްތިފާޤު
(2)ރަމަޟާންމަހު ދުވާލު ވަޤުތު ޙައިޟުން ޠާޙިރުވެއްޖެނަމަ ، އެދުވަހުގެ ބާކީ ބައިގައި ރޯދަ ޤެއްލޭ ކަންތައްތަކުންް ދުރުހެލިވެ ހުންނާކަށް ނުޖެހޭނެއެވެ.(މިޘާލު : ބައިދުވަހު ކައި ބޮއި ހެދިދާަނެއެވެ.) ■ޖުމްހޫރު (ޙަނަފީ ، މާލިކީ ، ޝާފިޢީ)
(3)ފަޖުރުގެ ކުރިން ( ފަތިސް ނަމާދު ވަޤުތުގެ ކުރިން( ފަތިސް ބަންޤީގެ ކުރިން) ޙައިޟުވެރިޔާ ޠާހިރުވެއްޖެނަމަ ، ރޯދަހިފުން ވާޖިބުވެގެންވެއެވެ. އެއީ ހިނައިގަތުން ފަޖުރުގެ ވަޤުތުގެ ފަހަށް ލަަސްކުރިކަމުގައިވީނަމަވެސްމެއެވެ.
(4)އަންހެނަކަށް 2 މަހު ވިދިވިދިގެން ރޯދަ ހިފަންޖެހިފައިވާ ވަނިކޮށް ( 2 މަސް ޖެހިޖެހިގެން ރޯދަ ހިފަންޖެހެނީ : އޮޅިގެން މަރާލެވުން ، ރަމަޟާންމަހު ދުވާލު ޖިމާޢުވުން …) ، އެދެމުދުގައި ޙައިޟު އައުމުން ( ރޯދަ ނުހިފުނަސް ) އަލުން އަނެއްކާ ޖެހިޖެހިގެން ރޯދަ ހިފަން ފަށާކަށް ނުޖެހޭނެއެވެ. ( އެބަހީ : ޙައިޟު އައުމުން އައި އެމެދުކެނޑުމަށް ޖެހިޖެހިގެން ހިފަން ފަށާފައިވާ ރޯދައަށް ޤެއްލުމެއް ނުލިބޭނެއެވެ. ޙައިޟަށްފަހު ނުހިފިހުރި ބާކީ ރޯދަތައް ހިފާނީއެވެ.) :■ މުސްލިމުންގެ އިއްތިފާޤު (އިބްނު މުންޒިރު އަދު އިބްނު ތައިމިއްޔާ (ރަޙިމަހުމާ ﷲ ) ނަޤުލްކުރައްވާ)
(މައުލޫމާތު ނެގިފައިވަނީ فقه العبادات ، القسم العلمي بمؤسسة الدرر السنية މިފޮތުން)
والله أعلم