ކެލާ ކައުންސިލްގެ ޤުރުއާން މުބާރާތް ފެށިއްޖެ

ކެލާ ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ، އެ ކައުންސިލްގެ ޤުރުއާން މުބާރާތް 1446 މިއަދު ހެނދުނު ފެށިއްޖެއެވެ. މި މުބާރާތުގެ ފުރަތަމަ ދަންފަޅި ޝަރަފުވެރިކޮށްދެއްވަނީ، ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު ޢިމާދެވެ.
70އަށް ވުރެ ގިނަ ދަރިވަރުން ވާދަކުރާ މި އަހަރުގެ ޤުރުއާން މުބާރާތުގައި، ބަލައިގެން ކިޔެވުމުގައި 6 އަހަރުން ދަށް، 9 އަހަރުން ދަށް، 12 އަހަރުން ދަށް، 15 އަހަރުން ދަށް، 20 އަހަރުން ދަށް އަދި 30 އަހަރުން މަތީގެ ބައިގައި ވެސް ދަރިވަރުން ވާދަކުރެއެވެ.
ހިތުން ކިޔެވުމުގެ ބައިގައި 4 އަހަރުން ދަށް، 6 އަހަރުން ދަށް، 9 އަހަރުން ދަށް، 12 އަހަރުން ދަށް އަދި 15 އަހަރުން ދަށުގައި ދަރިވަރުން ވާދަ ކުރެއެވެ .
މި ހިނގާ މާރިޗު މަހުގެ 3 ވަނަ ދުވަހާއި 4 ވަނަ ކުރިޔަށް ގެންދާ މި މުބާރާތުގެ ފަނޑިޔާރުކަން ކުރައްވަނީ ރާއްޖޭގެ ތަޖުރިބާކާރު 3 ބޭފުޅެކެވެ. ޝައިޚް އިބްރާހީމް ސުކޫލުގެ ހޯލުގައި ބާއްވާ މި މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް ހަމަހެހިފައި ވަނީ މި ހިނގާ މާރިޗުމަހުގެ 5 ވަނަ ދުވަހެވެ.