151ވަނަ ފިލާވަޅު : ރޯދަ ފާސިދުވާ ކަންތައްތައް (ރޯދަ ބާޠިލްވާ ކަންތައްތައް)

(4)ހޮޑުލުން (ޤަސްދުގައި)
(1)ޤަސްދުގައި ( އަމިއްލަ އިޚްތިޔާރުގައި :: މިޘާލު : އިނގިލި ކަރުތެރެއަށް ލައިގެން) ހޮޑުލައިފިނަމަ :: ފަހެ އެއިންސާނާގެ ރޯދަ ޤެއްލިއްޖެއެވެ. ●އެއިންސާނާއަށް އެދުވަހުގެ ބަދަލުގައި އެހެން ދުވަހަކު އެރޯދަ ޤަޟާކުރުމެވެ.● އަދި ކައްފާރާއެއް ނުވެއެވެ. ■ 4 މަޛްހަބު
(2)އަމިއްލަ އިޚްތިޔާރާއިނުލާ ހޮޑު ލެވުން އިންސާނާގެ މައްޗަށް ގަދަވެގަނެ ހޮޑުލެވިއްޖެނަމަ :: ● ފަހެ އެއިންސާނާގެ ރޯދަ ޞައްޙަވެގެންވެއެވެ. ● އެއިންސާނާއަށް އެއްވެސް އެއްޗެއް ނުވެެއެވެ ■ 4 މަޛްހަބު
(3)ރޯދަވެރިޔާގެ ދަތްތަކުން ނިކުންނަ ލޭ އޭގެ ސަބަބުން ރޯދައެއް ނުޤެއްލޭނެއެވެ. އެލޭ ކަރުގެ އެތެރެއަށް ދިރުވަަައިލައިގެން ނުދާހާ ހިނދަކު ރޯދަ ނުޤެއްލޭނެއެވެ. ■ މުސްލިމުންގެ އިއްތިފާޤު (ނަޤުލްކުރައްވާފައި ވަނީ އިބްނު ޙަޒުމް (ރަޙިމަހު ﷲ ))
(މައުލޫމާތު ނެގިފައިވަނީ ملخص فقه العبادات ، القسم العلمي بمؤسسة الدرر السنية މިފޮތުން)
والله أعلم