ޚަބަރު

ކެލާ ޔޫތު ފޯރަމް ސްޕޯރޓްސް އެކެޑަމީގެ ހޭންޑް ބޯޅަ މުބާރާތުގައި އިއްޔެ ކުޅެވުނު  މެޗްތައް  ކަމަނަ އަދި ކަނބުލޮ ކާމިޔާބުކޮށްފި

9  ޖުލައިން ފެށިގެން ކުރިޔަށްދާ  ކެލާ  ޔޫތު ފޯރަމް ސްޕޯރޓްސް އެކަޑަމީގެ ހޭންޑް ބޯޅަ މުބާރާތުގައި އިއްޔެ ހަވީރު ކުޅެވުނު  މެޗްތައް  ކަމަނަ އަދި ކަނބުލޮ ކާމިޔާބުކޮށްފިއެވެ. ކެލާ ޔޫތު ފޯރަމްގެ ހޭންޑް ބޯޅަ ކޯޓުގައި ކުރިޔަށްދާ މި މުބާރާތުގައި ސީނިޔަރ ބައިގައި އިއްޔެ ކުޅެވުނު މެޗު ކަމަނަ ޓީމު ކާމިޔާބުކުރީ ކަނބުލޮ ޓީމާ ބައްދަލުކޮށެވެ. ޖޫނިޔަރ ބައިގައި ވާދަކުރި ކަނބުލޮ ޓީމު މެޗު ކާމިޔާބުކުރީ ކަމަނަ ޓީމާ ބައްދަލުކޮށެވެ.

ކެލާ ޞިއްޙީ މަރުކަޒުގެ ފެމެލީ ހެލްތު އޮފިސަރ ސާދާ ޢަބްދުލްޢަޒީޒު ޝަރަފުވެރިކޮށްދެއްވި މެޗުތަކުގެ  ކުއީން އޮފް ދަ މެޗުގެ ގޮތުގައި ހޮވުނީ ސީނިޔަރ މެޗުން ކަމަނަ ޓީމުގެ އިސްރާއެވެ.  ޖޫނިޔަރ މެޗުގެ ކުއީން އޮފް ދަ މެޗަކީ ކަނބުލޮ ޓީމުގެ މީޝާ ސާހެވެ. ކުއީން އޮފް ދަ މެޗަށް ހޮވުނު ކުޅުންތެރިންނަށް އިނާމާއި ސެޓްފިކެޓް ހަވާލުކޮށްދެެއްވީ މެޗުގެ ޝަރަފުވެރި މެހުމާނެވެ.

މި މުބާރާތުގެ ދެ މެޗު މިޔަދު ހަވީރު ވެސް ކުޅެވޭނެއެވެ. އެ މެޗުތަކުގައި ބައްދަލުކުރާނީ ސީނިޔަރ އަދި ޖޫނިޔަރގެ ކަނބުލޮ އަދި ރަންކޮކާ ޓީމެވެ.

ކެލާ ޔޫތު ފޯރަމް ސްޕޯރޓްސް އެކަޑަމީއަކީ ކުޅުންތެރިން ބިނާކުރުމުގެ މަޤުޞަދުގައި ކެލާ ޔޫތު ފޯރަމުން 2017 ވަނަ އަހަރު، ސްޕޯރޓްސް ކޮމިޝަންގައި ރަޖިސްޓްރީކޮށްގެން ހިންގަމުން އަންނަ އެކަޑަމީއެކެވެ.

ކެލާ ވަޙީދު

ތަޢުލީމީ ދާއިރާގެ ޚިދުމަތުގެ ދަތުރު ވަޙީދު ފެއްޓެވީ 1988 ވަނަ އަހަރު ޕްރައިމަރީ ޓީޗަރެއްގެ ގޮތުގައި ހއ. އަތޮޅު ތަޢުލީމީ މަރުކަޒުންނެވެ. އޭގެ ފަހުން އެ މަރުކަޒުގެ އެސިސްޓެންޓް ސްޕަވައިޒަރުކަމާއި، އެސިސްޓެންޓް ހެޑްމާސްޓަރުކަން ކުރެއްވިއެވެ. 11 އަހަރުގެ ޚިދުމަތަށް ފަހު އެ މަރުކަޒު ދޫކުރައްވާ 1999 ގައި އަމިއްލަ ރަށް ކަމުގައިވާ ކެލާ، ޝައިޚް އިބްރާހީމް ސުކޫލުގެ އެސިސްޓެންޓް ހެޑްމާސްޓަރުކަމަށް ބަދަލުވެ، ފަހުން އެ ސުކޫލުގެ ޑެޕިޔުޓީ ޕްރިންސިޕަލުކަން ވެސް ކުރެއްވިއެވެ. 2012 ވަނަ އަހަރު ކެލާ ސުކޫލުގެ ވަޒީފާއިން ވަކިވެ 7 އަހަރަށް ވުރެ ގިނަ ދުވަހު ޣިޔާޘުއްދީން އިންޓަރނޭޝަލް ސުކޫލުގެ ދިވެހި މުދައްރިސެއްގެ ގޮތުގައި މަސައްކަތްކުރެއްވިއެވެ. އެއަށް ފަހު ތަޢުލީމީ ދާއިރާ ދޫކުރެއްވީ ގާތް ގަނޑަކަށް 4 އަހަރު ދިވެހި މުދައްރިސެއްގެ ގޮތުގައި ކަލާފާނު ސުކޫލުގައި މަސައްކަތް ކުރެއްވުމަށް ފަހުގައެވެ. ޖުމުލަ 36 އަހަރު ތަޢުލީމީ ދާއިރާގައި ވަޙީދު ވަނީ މަސައްކަތް ކުރައްވާފައެވެ.

އިތުރު ލިޔުން

ކޮމެންޓްކުރުމަށް

ތިބޭފުޅާގެ އީމެއިލްއެޑްރެސް ޕަބްލިޝެއް ނުކުރާނެ Required fields are marked *

Back to top button