ޚަބަރު

ކެލާ ދާއިރާގެ ޒުވާނުންނަށް އުފާވެރި ޚަބަރެއް އެމްޕީ ދެއްވައިފި

ކެލާ ދާއިރާގެ ޒުވާނުންނަށް އުފާވެރި ޚަބަރެއް އެމްޕީ ދެއްވައިފިއެވެ. އެމްޕީ ޢަބްދުﷲ ޝަރީފު ސޮއިކުރައްވާ އާންމުކުރެއްވި މި އުފާވެރި ޚަބަރުގައި ފްޓްސަލް އަދި ހޭންޑް ބޯލް މުބާރާތެއް ދާއިރާގެ ޒުވާނުންނަށް ޚާޢްޞަކޮށްގެން މި އަހަރުން ފެށިގެން ކުރިއަށް ގެންދާ ގޮތަށް ނިންމެވި ވާހަކަ ހާމަކުރައްވާފައި ވެއެވެ.

އެމްޕީ ޝަރީފު އާންމުކުރެއްވި މި ބަޔާނުގައި ފިއްލަދޫގައި ބާއްވާ މުބާރާތް މި އަހަރުގެ ޖުލައި 27 ގައި ފަށާނެ ވާހަކައާއި، މުބާރާތުގެ ޗެމްޕިއަން ޓީމަށް 25000 (ފަންސަވީސް ހާސް ރުފިޔާ) އާއި، ރަނަރއަޕް ޓީމަށް 15000 (ފަނަރަ ހާސް ރުފިޔާ) ގެ ފައިސާ އިނާމު ދެއްވާނެ ވާހަކަ ވެސް ބަޔާންކޮށްފައި ވެއެވެ.

އެމްޕީ ކަޕްގެ ނަމުގައި ބާއްވާ، މި މުބާރާތް ކުރިއަށް ގެންދަނީ ކުޅިވަރުގެ ހުނަރުވެރިކަން ޒުވާނުންގެ ކިބާގައި އިތުރަށް ތަރައްޤީކޮށް، ކުޅިވަރުގެ މައިދާނުގައި ދާއިރާގެ ރަށްތައް މިހާރަށް ވުރެ ބޮޑަށް ވިދާލާނެ ގޮތްތައް ފަހިކޮށްދިނުމުގެ މާތް މަޤްޞަދުގައެވެ. އަދި ދުންފަތުގެ އިސްތިޢުމާލުކުރުން ފަދަ ނޭދެވޭ ޢަމަލުތަކުން ދުރުވެ، ކުޅިވަރުގެ ތެރެއިން ޒުވާނުންގެ ދުޅަހެޔޮކަމާއި އަޚްލާޤަށް ހެޔޮ ބަދަލުތަކެއް ގެނައުމަކީ ވެސް މި މުބާރާތް ބޭއްވުމުގެ މުހިންމު މަޤްޞަދެކެވެ.

އެމްޕީގެ އުފަން ރަށުގައި ބޭއްވުމަށް އިޢުލާންކޮށްފައިވާ މި މުބާރާތްތައް، ދާއިރާގައި ހިމެނޭ ކެލާ އަދި ވަށަފަރުގައި ވެސް ވަކިވަކިން ކުރިއަށް ގެންދާ ގޮތަށް ޕްލޭންކޮށްފައިވާ ކަމަށް، އެމްޕީއާ ޙަވާލާދެއްވާ ފިއްލަދޫ ސްޓީރިންގ ކޮމިޓީގެ ރައީސް ޠާހާ ޖަމީލު ވިދާޅުވިއެވެ. 

ކެލާ ވަޙީދު

ތަޢުލީމީ ދާއިރާގެ ޚިދުމަތުގެ ދަތުރު ވަޙީދު ފެއްޓެވީ 1988 ވަނަ އަހަރު ޕްރައިމަރީ ޓީޗަރެއްގެ ގޮތުގައި ހއ. އަތޮޅު ތަޢުލީމީ މަރުކަޒުންނެވެ. އޭގެ ފަހުން އެ މަރުކަޒުގެ އެސިސްޓެންޓް ސްޕަވައިޒަރުކަމާއި، އެސިސްޓެންޓް ހެޑްމާސްޓަރުކަން ކުރެއްވިއެވެ. 11 އަހަރުގެ ޚިދުމަތަށް ފަހު އެ މަރުކަޒު ދޫކުރައްވާ 1999 ގައި އަމިއްލަ ރަށް ކަމުގައިވާ ކެލާ، ޝައިޚް އިބްރާހީމް ސުކޫލުގެ އެސިސްޓެންޓް ހެޑްމާސްޓަރުކަމަށް ބަދަލުވެ، ފަހުން އެ ސުކޫލުގެ ޑެޕިޔުޓީ ޕްރިންސިޕަލުކަން ވެސް ކުރެއްވިއެވެ. 2012 ވަނަ އަހަރު ކެލާ ސުކޫލުގެ ވަޒީފާއިން ވަކިވެ 7 އަހަރަށް ވުރެ ގިނަ ދުވަހު ޣިޔާޘުއްދީން އިންޓަރނޭޝަލް ސުކޫލުގެ ދިވެހި މުދައްރިސެއްގެ ގޮތުގައި މަސައްކަތްކުރެއްވިއެވެ. އެއަށް ފަހު ތަޢުލީމީ ދާއިރާ ދޫކުރެއްވީ ގާތް ގަނޑަކަށް 4 އަހަރު ދިވެހި މުދައްރިސެއްގެ ގޮތުގައި ކަލާފާނު ސުކޫލުގައި މަސައްކަތް ކުރެއްވުމަށް ފަހުގައެވެ. ޖުމުލަ 36 އަހަރު ތަޢުލީމީ ދާއިރާގައި ވަޙީދު ވަނީ މަސައްކަތް ކުރައްވާފައެވެ.

އިތުރު ލިޔުން

ކޮމެންޓްކުރުމަށް

ތިބޭފުޅާގެ އީމެއިލްއެޑްރެސް ޕަބްލިޝެއް ނުކުރާނެ Required fields are marked *

Back to top button