ޚަބަރު

ކެލާ ޔޫތު ފޯރަމްގެ ސްޕޯރޓްސް އެކެޑަމީގެ ފުރަތަމަ ހޭންޑް ބޯލް މުބާރާތް ފެށިއްޖެ

ކެލާ ޔޫތު ފޯރަމްގެ ސްޕޯރޓްސް އެކެޑަމީގެ ފުރަތަމަ ހޭންޑް ބޯޅަ މުބާރާތް އިއްޔެ ހަވީރު ފެށިއްޖެއެވެ. ޔޫތު ފޯރަމްގެ ހޭންޑް ބޯޅަ ކޯޓުގައި ކުރިޔަށްދާ މި މުބާރާތުގެ ފުރަތަމަ ދެ މެޗް އިއްޔެ ހަވީރު ވަނީ ކުޅެވިފައެވެ. 

އިއްޔެެއިން ފެށިގެން މި މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ކުރިޔަށްދާ މި މުބާރާތުގައި  އިއްޔެ ހަވީރު ކުޅެވުނު މެޗުތައް ޝަރަފުވެރިކޮށްދެއްވީ ކެލާ ކައުންސިލުގެ މެންބަރު މަރިޔަމް ރިޝްވާއެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ ސީނިޔަރ ބައިގައި ވާދަކުރާ، ކަމަނަ ޓީމާއި ރަންކޮކާ ޓީމެވެ. މި މެޗު ކާމިޔާބުކުރީ ކަމަނަ ޓީމެވެ. ދެ ވަނަ މެޗުގައި ބައްދަލުކުރީ ޖޫނިޔަރ ބައިގައި ވާދަކުރާ ކަމަނަ ޓީމާއި ރަންކޮކާ ޓީމެވެ. މި މެޗު ކާމިޔާބުކުރީ ރަންކޮކާ ޓީމެވެ.

ސީނިޔަރ އަދި ޖޫނިޔަރއިން ކުރެ ކޮންމެ ބައެއްގައި 3 ޓީމު ވާދަކުރާ މި މުބާރާތުގައި މިޔަދު ހަވީރު ވެސް ދެ މެޗު ކުޅުމަށް ވަނީ ހަމަޖެހިފައެވެ. ހަވީރު ކުޅެވޭ މެޗުތަކުގައި ވާދަކުރަނީ ކަމަނަ ޓީމާއި ކަނބުލޮ ޓީމެވެ.

ކެލާ ޔޫތު ފޯރަމަކީ ކެލާ ތަރައްޤީގައި މުހިންމު ދައުރެއް އަދާކުރަމުން އަންނަ ޖަމްޢިއްޔާއެކެވެ. ޔޫތު ފޯރަމްގެ ސްޕޯރޓްސް އެކެޑަމީން އަންނަނީ ހުނަރުވެރި ކުޅިވަރު ކުޅުންތެރިން އުފެއްދާ ކުޅިވަރަށް ލޯބިކުރާ އަދި ޝައުޤުވެރިވާ ޖީލެއް ބިނާކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.

ކެލާ ވަޙީދު

ތަޢުލީމީ ދާއިރާގެ ޚިދުމަތުގެ ދަތުރު ވަޙީދު ފެއްޓެވީ 1988 ވަނަ އަހަރު ޕްރައިމަރީ ޓީޗަރެއްގެ ގޮތުގައި ހއ. އަތޮޅު ތަޢުލީމީ މަރުކަޒުންނެވެ. އޭގެ ފަހުން އެ މަރުކަޒުގެ އެސިސްޓެންޓް ސްޕަވައިޒަރުކަމާއި، އެސިސްޓެންޓް ހެޑްމާސްޓަރުކަން ކުރެއްވިއެވެ. 11 އަހަރުގެ ޚިދުމަތަށް ފަހު އެ މަރުކަޒު ދޫކުރައްވާ 1999 ގައި އަމިއްލަ ރަށް ކަމުގައިވާ ކެލާ، ޝައިޚް އިބްރާހީމް ސުކޫލުގެ އެސިސްޓެންޓް ހެޑްމާސްޓަރުކަމަށް ބަދަލުވެ، ފަހުން އެ ސުކޫލުގެ ޑެޕިޔުޓީ ޕްރިންސިޕަލުކަން ވެސް ކުރެއްވިއެވެ. 2012 ވަނަ އަހަރު ކެލާ ސުކޫލުގެ ވަޒީފާއިން ވަކިވެ 7 އަހަރަށް ވުރެ ގިނަ ދުވަހު ޣިޔާޘުއްދީން އިންޓަރނޭޝަލް ސުކޫލުގެ ދިވެހި މުދައްރިސެއްގެ ގޮތުގައި މަސައްކަތްކުރެއްވިއެވެ. އެއަށް ފަހު ތަޢުލީމީ ދާއިރާ ދޫކުރެއްވީ ގާތް ގަނޑަކަށް 4 އަހަރު ދިވެހި މުދައްރިސެއްގެ ގޮތުގައި ކަލާފާނު ސުކޫލުގައި މަސައްކަތް ކުރެއްވުމަށް ފަހުގައެވެ. ޖުމުލަ 36 އަހަރު ތަޢުލީމީ ދާއިރާގައި ވަޙީދު ވަނީ މަސައްކަތް ކުރައްވާފައެވެ.

އިތުރު ލިޔުން

ކޮމެންޓްކުރުމަށް

ތިބޭފުޅާގެ އީމެއިލްއެޑްރެސް ޕަބްލިޝެއް ނުކުރާނެ Required fields are marked *

Back to top button