149ވަނަ ފިލާވަޅު: ރަމަޟާންމަހުގެ މަތިވެރި ކަންތައްތައް އަދި ޚާއްޞަ ކަންތައްތައް

■ރަމަޟާންމަހުގެ މަތިވެރި ކަންތައްތައް
(1)ފާފަތައް ފުހެވުން (2) ފާފަތަކުގެ މަޣްފިރަތަށްވާ ސަބަބެއް (3) ސުވަރުގެއަށް ވަދުމަށްވާ ސަބަބެއް
■ރަމަޟާންމަހުގެ ޚާއްޞަ ކަންތައްތައް
(1)ކީރިތި ޤުރުއާން އެމަހުގައި ބާވައިލެއްވުން. (2) ﷲ ސުބުޙާނަހޫ ވަތަޢާލާ ބާވައިލެއްވި އެހެން ފޮތްތައް އެމަހުގައި ( ރަމަޟާންމަހުގައި ) ބާވައިލެއްވުން.
(3) ●އެމަހުގައި ސުވަރިގޭގެ ދޮރުކޮޅުތައް ހުޅުވުން : އަދި ● ނަރަކައިގެ ދޮރުކޮޅުތައް ލެއްޕުން.: އަދި ● ޝައިޠާނުން ( އާދަމްގެ ދަރިންނާއި އެންމެ އަދާވަތްތެރި ) ކަސްތޮޅު އެޅުވުން
(4)އެމަހުގައި ކުރާ ޢުމްރާއެއް ހައްޖަކާއި އެއްވަރުވުން ( ހެޔޮކަމުން )
(5)އެމަހުގައި ވާރެއެއް 1000 މައްސަރަށްވުރެ ހެޮޔަކަން ބޮޑުވުން ( އެބަހީ : އެރޭގައި ކުރާ ހެޔޮ ޢަމަލެއް 1000 މަހަށްވުރެ ގިނަ ދުވަހު ކުރުމުން ލިބޭ ހެޔޮކަން އެރޭގައި ކުރާ އެޢަމަލަށް ލިބުން…( 1000 މައްސަރު: 80 އަހަރަށްވުރެ ގިނަ…) އެއީ ލައިލަތުލް ޤަދްރި ވިލޭރޭ
(މައުލޫމާތު ނެގިފައިވަނީ ملخص فقه العبادات ، القسم العلمي بمؤسسة الدرر السنية މިފޮތުން)
والله أعلم