ކެލާގެ ނަލަނަލަ ކަނޑޫފާ

އަޙްމަދު ވަޙީދު ޢަލީ، ވެހި ހއ. ކެލާ
މި ހިތްގައިމު ނަލަނަލަ ކެލާ ފައު ތެރޭން
މި ހިތް ހާދަ އެދެޔޭ ނަފާތައް ލިބޭން
ޒިޔާރަތްކުރާ ދޫނި މަންޒިލް ތެރޭން
ހިޔާ ހޯދައޭ ގަސްގަހާ ފައު ތެރޭން
ކަނބިލި އެކިވަރުން ފެނި މިދާ ފައު ތެރޭން
އަނބިހިޝަރުބަތުގެ ފޮނި ބުއިންތައް ލިބޭން
ރަނޑޫތައް ބަރާކޮށް ގަހުން ނުކުމެލާ
ކަނޑޫ އަދި ރަނޑޫ ވެސް އެކީގާ ލިބޭން
މަދުން މިއަދު ފެނުނަސް ފަޅައި ކެލަވަކިން
ޢަދަދު މަދުވިއަސް ހުރި އުފާތައް ލިބޭން
ނުހަނު މީރު ރަހަތައް ލިބޭ ކުއްޅަވައް
އުހައުވެރި ގޮތެއްގައި ހުރޭ ހިތް ފުރޭން
ބުރެވި ތަކަފަތިން ފެނި މިދާ ރީތިކަން
ބުރަވި ހިތްތަކަށް ހެޔޮ ތަސައްލީ ލިބޭން
ދެވައްތަރުގެ ބޮޑަވަކި އުފާދިން ފަލުން
އެވޭލާ ހަނދާނެއް ހުރޭ އާ ވެވޭން
އިލާހިއްޔަ ޤުދުރަތުގެ ނިޢުމަތް މިތާ
ފިލައިގެން ނުގޮސް ފަހެ ހުރީމާ ލިބޭން