ދީން

148 ވަނަ ފިލާވަޅު: ރަމަޟާންމަސް ވަދެއްޖެކަން ޘާބިތުކުރުން (ހަތަރުވަނަ ބައި) 

■ (8)ހަނދުގެ ޚަބަރާއި މަސްތަކުގެ ޚަބަރު ނޭނގިވާ ފަރާތަަކަށް މިޝާލު (1) ޖަލަށްގައި ހައްޔަރުކޮށްފައިވުމުގެ ސަބަބުން، (2)  މުސްލިމު ޤައުމަކާޢި ހަނގުރާމަ އިޢުލާނުކޮށްފައިވާ  ކާފިރު ޤައުމެއްގައި ހައްޔަރުކުރެވިފައިވުމުގެ ސަބަބުން  ނުވަތަ (3) އެހެންވެސް ސަބަބަކަށްޓަކައި (ހަނދު ޚަބަރާއި މަސްތަކުގެ ޚަބަރު ނޭނގިވާ ފަރާތަަކަށް) :: މިހާލަތުގައި އެއިންސާނާ އަމިއްލައަށް މަސައްކަތްކޮށް (އިޖްތިހާދުކޮށް) ބޮޑަށް ބެލެވޭ ގޮތަކަށް ހަނދު ފެންނާނެއިރު ވަޤުތު ބެލުމަށްފަހު އެއަށްފްހޔި އެއްމަސްދުވަހު ރޯދަހިފާނީއެވެ.              (ރަމަޟާންމަހަށް)  (އެހެނީ އިންސާނާ ހަަައްޔަރުވުން ނުވަތަ އެހެންވެސް ސަބަބަކުން…..އަސްލު ރޯދަ މަހާއި ރޯދައިގެ ހަނދުފެނުންއިރު ނޭނގޭތީއެވެ.) ■ 4 މަޛްހަބު ، ގިނަ ޢިލްމުވެރިން 

■ (9)އެއިންސާނާ  (ހައްޔަރުވެފައިވާ އިންސާނާ ނުވަތަ އެޙުކުމަށް ގޮސްފައިވާ ފަރާތެއް (އެޚަބަރުތައް ނޭނގޭ  ( މަސްތަށް)) އަމިއްލައަށް މަސައްކަތްކޮށް (އިޖްތިހާދުކޮށް) ބޮޑަށް ބެލެވޭ ގޮތަކަށް ހަނދު ފެންނާނެއިރު ވަޤުތު ބެލުމަށްފަހު  ރޯދަ ހިފާނީިއެވެ.( ރަމަޟާންމަހަށްވާ ރޯދަ)  މިބޭފުޅާއަށް 4 ހާލަތެއްވެއެވެ.

(1)ފަހުން އެނގުނީ އެއިންސާނާ އެ ހިފި ރޯދަ އަސްލު ރަމަޟާންމަހާއި ހިފި ރޯދަ ބަރާބަރަށް ދިމާވާކަން ، މިހާލަތުގައި އެއިންސާނާގެ ރޯދަ ޞައްޙަވެގެންވެއެވެ.އެރޯދަތައް އިޢާދަކުރާކަށް ނުޖެހޭނެއެވެ. ■ 4 މަޛްހަބު 

(2)އެއިންސާނާ ވަނީ އޮޅުންބޮޅުމެއްގެ ތެރޭގައެވެ. އެއިންސާނާ ހިފި ރޯދަތަައް ރަމަޟާންމަހާއި (1) ދިމާވިތޯ : ނުވަތަ (2) ހިފުނީ އަސްލު ރަމަޟާންމަަސް އައުމުގެ ކުރިންތޯ : ނުވަތަ (3) ހިފުނީ ރަމަޟާންމަސް ފަހުންތޯ  ::: ނޭނގެއެވެ. ފަހުންވެސް އެކަން ނޭނގެއެވެ. މިހާލަތުގައި އެއިންސާނާގެ ރޯދަ ޞައްޙަވެގެންވެއެވެ.އެރޯދަތައް އިޢާދަކުރާކަށް ނުޖެހޭނެއެވެ ■ ޝާފިޢީ އަދި ޙަންބަލީ މަޛްހަބު ، މާލިކީންގެ ބަސްފުޅެއް 

(3)ފަހުން އެނގުނީ އެއިންސާނާ އެ ހިފި ރޯދަ އަސްލު  ހިފުނީ ރަމަޟާންމަހުގެ ކުރިންކަން   މިހާލަތުގައި އެއިންސާނާގެ ރޯދަ ޞައްޙަވެގެންނުވެއެވެ.އެރޯދަތައް އިޢާދަކުރާކަށް ޖެހޭނެއެވެ. ■ 4 މަޛްހަބު

(4)ފަހުން އެނގުނީ އެއިންސާނާ އެ ހިފި ރޯދަ އަސްލު  ހިފުނީ ރަމަޟާންމަހުގެ ފަހުންކަން   މިހާލަތުގައި އެއިންސާނާގެ ރޯދަ ޞައްޙަވެގެންވެއެވެ. އެރޯދަތައް  ފަހުން އިޢާދަކުރާކަށް ނުޖެހޭނެއެވެ.އެރޯދައެއް ޞައްޙަނުވާ ރޯދައެއް މެނުވީއެވެ.( މީޘާލު : 2 ޢީދުދެދުވަސް) ޞައްހަނުވާ ރޯދައެއްނަމަ ރޯދަތައް ފަހުން އިޢާދަކުރަންޖެހޭނެއެވެ. ■ 4 މަޛްހަބު

(އެއިންސާނާ ) ހައްޔަރުވެފައިވާ އިންސާނާ ނުވަތަ އެޙުކުމަށް ގޮސްފައިވާ ފަރާތެއް (އެޚަބަރުތައް ނޭނގޭ      (މަސްތަށް))  މަސްތަށް ނުވަތަ ދުވަސްތައް ދެނެގަތުމަށް އަމިއްލައަށް މަސައްކަތެއްނުކޮށް ރޯދަހިފައިފިނަމަ މިހާލަތުގައި ރޯދަ ޞައްޙަވެގެންނުވެއެވެ.ފަހުން އެރޯތަދައް ޤަޟާކުރަންޖެހޭނެއެވެ. އެއީ އެއިންސާނާ ހިފި ރޯދަ ރަމަޟާންމަހާއި ދިމާވިކަމުގައިވިޔަސްމެއެވެ. (ރޯދަ ޤަޟާކުރަންޖެހެނީ މަސްތައް އަދި ދުވަސްތައް ހޯދަން މަސަެްކަތް ނުކުރީމައެވެ: ފިޤުހު ޢިލްމުވެރިންގެ އިއްތިފާޤު)

(މައުލޫމާތު ނެގިފައިވަނީ ملخص فقه العبادات ، القسم العلمي بمؤسسة الدرر السنية މިފޮތުން)

والله أعلم

އިތުރު ލިޔުން

ކޮމެންޓްކުރުމަށް

ތިބޭފުޅާގެ އީމެއިލްއެޑްރެސް ޕަބްލިޝެއް ނުކުރާނެ Required fields are marked *

Back to top button